ތ.އަތޮޅުގެ އާރްޓީއެލް ހިދުމަތުގައި ބޭނުންކުރާ ލޯންޗެއް: މިއަދު އެ އަތޮޅުގައި މި ހިދުމަތް ފެށުމާ އެކު 11 އަތޮޅެއް ވަނީ މި ހިދުމަތުން ގުޅާލެވިފައި. -- ފޮޓޯ: މިހާރު
24 ސެޕްޓެމްބަރ 2025 - 19:37
ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ގޮތުގައި ފެށި "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރްޓީއެލް) ފެރީގެ ހިދުމަތް ތ. އަތޮޅުގައި މިއަދު ފަށައި އެ އަތޮޅުގެ ހުރިހާ ރަށެއް ގުޅާލައިފި އެވެ.
ތ. އަތޮޅުގައި އާރްޓީއެލް ފަށަން ނިންމިކަން އެމްޓީސީސީން އިއުލާން ކުރީ ވެސް މި މަހު އެވެ.
ފެރީގެ ހިދުމަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވޭމަންޑުއަށް ވަޑައިގެން އެ ރަށުގަ އެވެ.
އެމްޓީސީސީން ބުނީ ތ. އަތޮޅުގެ ހިދުމަތާ އެކު، އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް ފެރީން ގުޅުވާލެވުނީ ކަމަށެވެ.
ތ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް އެ އަތޮޅު ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެހެން ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: މިހާރު
އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު އެ ހިދުމަތް ބޭނުންކުރުމަށް ޓިކެޓް ނެގޭނެ އެވެ.
ތ. އަތޮޅުގައި އާރްޓީއެލް ފެށުމާ އެކު އެ ހިދުމަތް ދޭ އަތޮޅުގެ އަދަދު މިހާރު 11 އަށް އެރީ އެވެ.
އާރްޓީއެލްގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއު ގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ހަ ޒޯނެއް ކަނޑައަޅައިގެންނެވެ. އެ ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. ފެރީގެ ހިދުމަތުގެ އެ މަޝްރޫއު ފެށީ 2022 ވަނަ އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޫސާ ސިރާޖް
25 September 2025
ރައީސް މުއިޒްއަކީ ހުސްވައުދު ވާ ވެރިޔެއް ނޫންކަން މިއަދު މި ހާމަވަނީ. ވި ގޮތަށް ބުނި ގޮތަށް މިދަނީ ހަމަ މަސައްކަތް ހަލުވިކޮށް ކޮށް ނިންމަމުން.
ޝާޒިން ހަންނާން
25 September 2025
އިދިކޮޅަށް ފެނޭތަ ނަތީޖާ ނެެރޭތަން ސަރުކާރުން؟ މިއީ އަސްލު ކުރިން 2000ރ އިން ކުރާ ދަތުރު. ދެން ވާނީ 70ރ އަށް. މީ ރައްޔިތުން މުއްސަދިވުމަކީ.
އަހްމަދު ސަނީހް
25 September 2025
ރައީސް މުއިއްޒްއަށް ފަށްފަށުން ޝުކުރިއްޔާ. އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ލުޔެއް މިއީ.
ހުށާމްް
25 September 2025
ޝުކުރިއްޔާ ރައީސް މުއިއްޒު. ރައްޔިތުންނަށްޓަކާ ތި ކުރައްވާ މަސައްކަތްތަކަށް ސާބަސް.
ޑަރޭ
24 September 2025
ކޮބާހޭ ދާލު އާރު.ޓީ.އެލް ގެ ހިދުމަތް.
ޖަގޭ
24 September 2025
ޝުކުރިއްޔާ ރ.ސޯލިހު
ލައިޓް
24 September 2025
ފެކްޓް: ތިލަދުންމަތީގައި ފެރީގެ ހިދުމަތްލިބެނީ ( ހަބް ފިޔަވައި ) ހަފްތާޔަކު 3 ދުވަހު! ހިދުމަތް ދަނީ ދަށަށް! ޢެނބުރި ރަށުބަންދަށް ؟