ފަލަސްތީނަށް ތާއީދުކޮށް އދ.ގެ މައި މަރުކަޒު ބޭރުގައި ބޭއްވި މުޒާހަރާގައި ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ރޮއިޓާސް
27 ސެޕްޓެމްބަރ 2025 - 08:38
އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގެން އުޅުއްވާ ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ، ފަލަސްތީނަށް ތާއީދުކޮށް ނިއު ޔޯކްގައި ބޭއްވި މުޒާހަރާއެއްގައި ބައިވެރިވެ ވަޑައިގަތުމުން އެމެރިކާއިން ވިސާ ކެންސަލްކުރަން ނިންމައިފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ "މިއަދުގެ ވަގުތެއްގައި، ކޮލަމްބިއާގެ ރައީސް [ގުސްޓާވީ ޕެޓްރޯ] އެންވައިސީ [ނިއު ޔޯކް ސިޓީ] ގެ މަގެއްގެ މަތީ ހުރެ، ސިފައިން އަމުރުތަކަށް ތަބާނުވުމަށް ގޮވާލައި ހަމަނުޖެހުމަށް ހިތްވަރުދީފައިވާތީ" ޕެޓްރޯގެ ވިސާ ކެންސަލްކުރަން ނިންމީ ކަމަށެވެ.
އެ ޕޯސްޓްގައި ޕެޓްރޯ ކުރެއްވި އަމަލެއްގެ ތަފްސީލެއް ނެތެވެ. އެކަމަކު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޕެޓްރޯ ވަނީ ފަލަސްތީނުގެ ހައްގުގައި އަޑު އުފުލުމަށް ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒު ބޭރުގައި ބޭއްވި އެއްވުމެއްގައި ބައިވެރިވެ ވަޑައިގެން، ވާހަކަ ދައްކަވައިފަ އެވެ.
އެމެރިކާއިން ވަނީ މިފަހަރު އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި އެހެން ބައެއް އިސް އޮފިޝަލުންނަށް ވެސް ވިސާ ނުދީފަ އެވެ. އެހެންވެ އައްބާސް އދ. އަށް ބަޔާން ފޮނުއްވީ ވީޑިއޯއަކުންނެވެ.
އދ.ގެ އާންމު މަޖިލީހުގެ ހަތަރުވަނަ ދުވަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމާ އެކު އެތައް ގައުމަކުން ވަނީ ބައްދަލުވުން ދޫކޮށް ނުކުމެގެން ގޮސްފަ އެވެ. ނަތަންޔާހޫގެ ވާހަކައިގައި ވަނީ ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް ހުޅަނގުގެ ގައުމުތަކުން ނިންމީ "ލަދުވެތި ނިންމުމެއް" ކަމަށް ސިފަކޮށް ފާޑު ކިޔައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
1206
28 September 2025
އެމެރިކާ ކުރިމަތީގައި ބަސްބުނަން ނުކެރޭ ބަޔެއް. ކީއްކުރާ ބަޔެއް. އެޅިހާ ބަތަކަށް ރިހަވެފައި ތިބި މުސްލިމުންތަކެއް މިގައުމުގައި ވެސް މި ތިބީ.
ވައިޓްހައުސް
27 September 2025
އެމެރިކާއާއި އިޒްރޭލޭ ކިޔާ ޓެރަރިސްޓް ގްރޫޕަކީ ދުނިޔޭގެ ސުލްހަމަސަލަސްކަމަށް މިއަދު އޮތްް އެންމެ ބޮޑު ނުރައްކާ! އެންމެ ނުބަައި، ނުރައްކާ ދެބައިމީހުން
މަބުނީ
27 September 2025
ރާއްޖެއިން ތިޔަތަނަށް ދިޔަ ބަގަ މީހުންނަށް ނުކެރުނުދޯ މިކަހަލަ ގަޓު ހުރި ކަމެއް ކޮށްލަން. ދެން ނަތަންޔާހޫ ވާހަކަ ދައްކަން ފެށީމަ ނުކުތިއްޔޭ ކިޔައިގެން ކޮން ހާ ހާސަރެއްދަމާކަށް. ނުކެރޭނެ މިކަހަލަ ކަމެއް ކުރާކަށް ބިރުންވެސް.. ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އަށް ސެލިއުޓު ކުރަން.
1206
28 September 2025
އެމެރިކާ އާއި އިސްރާއީލުގެ ސަރުކާރަށް އެމެރިކާގެ ފަސްގަނޑުގައި ފެންވަރުގައި ބަވައިލެއްވި ގަޓުހުރި މަދު ވެރިންގެ ތެރެއިން ވެރިއެއް. ޚަލީލު ސްޕީޗް ހީވަނީ ދެ ލޯބިވެރިޔަކު މާ ފޮޅުވަން ދެއްކި ވާހަކައެއް ހެން.
އަހުމަދު މުހައްމަދު އަލީ
27 September 2025
އެމެރިކާ ކުރީމަ އޯކޭ . އެހެން ގައުމަކުން ކޮށްފިއްޔާ އދ ގެ އުސޫލާ ޚިލާފޭ ކިޔާ ހަޅޭ ލަވަން ފަށާނެ. އޭގެ ފަހަތުން ގޮޑި ކޮށްކޮ ސަރުކާރުތަކުން ދުވަން ފަށާނެ. ލަދުވެތި ކަމެއް ވެސް ނެތް !!!