އާ އަހަރާ ގުޅިގެން ހުޅުމާލޭގައި ބޭއްވި ޝޯއެއް: ފަންނުވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން.--ފޮޓޯ: ފަޔާޒް މޫސާ | މިހާރު
28 ސެޕްޓެމްބަރ 2025 - 13:51
ރާއްޖޭގައި ޕާފޯމިން އާޓްސް އާއި ވިޝުއަލް އާޓްސްގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް އުސޫލެއް ހަދައިފި އެވެ.
ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް އިން ހެދި މި އުސޫލުގެ މަގްސަދަކީ ރާއްޖޭގައި ފަންނުވެރި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ، އެ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، ފަންނުވެރިން ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބުނެފައިވެ އެވެ.
ފަންނުވެރިންގެ ދާއިރާތައް ދަފްތަރުކޮށް ބެލެހެއްޓުމުގެ އިތުރުން އެ މީހުންގެ ދާއިރާތަކާ ގުޅޭ ދިރާސާތައް ހެދުމާއި ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް މި ދަފްތަރު ބޭނުންކުރާނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.
ފަންނުވެރިންގެ ގިންތިކުރެވޭ މައިގަނޑު ދާއިރާތަކެއް ވެސް އެ އުސޫލުގައި ބަޔާންކުރެ އެވެ.
ޕާފޯމިން އާޓްސްގެ ތެރޭގައި ހިމެނެނީ މިއުޒިކާއި ނެށުމާއި ތިއޭޓާ އާއި ކުޅިވަރާއި ބޮޑުބެރާއި ބަނޑިޔާ ޖެހުން ފަދަ ސަގާފީ ކުޅިވަރުތަކެވެ. އަދި ވިޝުއަލް އާޓްސްގައި ހިމެނެނީ ޕެއިންޓިން އާއި ކުރެހުމާއި ކެލިގްރަފީ އާއި ރިހިނެގުން (ސްކަލްޕްޗާ) އާއި ފޮޓޯގްރަފީ އާއި ޑިޖިޓަލް އާޓް ފަދަ ކަންކަމެވެ.
އެ އުސޫލުގެ ދަށުން ދަފްތަރުކުރުމަށް ހުށަހެޅޭނެ ޝަރުތުތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި އުމުރުން 18 އަހަރުވެފައިވާ އަދި 18 އަހަރުނުވާ ނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހުށަހަޅަން ޖެހެ އެވެ. އެންސީއޭގެ ވެބްސައިޓު މެދުވެރިކޮށް އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ދަފްތަރު ކުރެވިފައިވާކަން އަންގައިދޭ ލިޔުމެއް ދޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.
އެ ދަފްތަރު އަހަރަކު އެއް ފަހަރު އަޕްޑޭޓްކުރާނެ ކަމަށާއި ނުކުރާ ނަމަ ދަފްތަރުން އިންއެކްޓިވް ކުރާނެ ކަމަށް ބުންޏެެވެ. އަދި ދަފްތަރުގައި ހިމެނޭ މީހުންގެ މައުލޫމާތު ސިއްރުކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޅި އަލީ
28 September 2025
ޓިކްޓޮކް ތަރިންނަށް ޖާގަ އެބަ އޮތްތޯ!
ޝިޓް ހެފަންސް...ބަޓް ދިސް އިޒް ޓޫ މަޗް!
28 September 2025
ދަފުތަރެއް އެކުލަވާލުން، ސިގިރެޓްބުއިން މަނާ ނޯޓިއްއެއް ތަނެއްގައި ހަރުކުރުން ފަދަ އޭގެފަހުން އެއާއި ވިދިގެން އަންނަ އެއްވެސްކަމެއްގައި އަޅަންޖެހޭ ފިޔަވަޅެއް ނޭޅި މޮނިޓާނުކުރެވި ދިއުމުން ބަލާބަ ގައުމަށް މިއަދު ވަމުންދާގޮތް. ގަވާއިދަ ހުރުމަތްތެރިކޮށް ހިތާއެކަކުވެސް ނެތް. ކަޓްޖައްސަނީ، ކަޓްނަގަނީ، ކެވުނުތަނަކުން ކަނީ، މިހާރު ފެނަކަ ދޮވެ ހުސްކޮށްފައި އެއޮތީ، އަމުދުން ބިލިއަނުން ފައިސާ ނަގައިފިޔާ ސާބިތެއްނުވޭ،،،އަދިބުން މެން އެއުޅެނި އުފަލުގައި
ކެސްބައިވާރޭފެން
28 September 2025
ވަރަށް ރަގަޅުކަމެއް، އެކުދިން އެތިބީ އަޅާލާނެ ބަޔަކުނެތި ގެއްލިފައި، ގިނަ އިނާޔަތްތަކުންނާއި އެހީތަކުން މަހުރޫމުވެފައި. މައުމޫނުގެ ދައުރުން ފެށިގެން ބެރުޖަހަފެށި އެތައްބައެއްގެ އަތުގައި ކުރަލައި ރިޓަޔާމެންޓުގައި މޮކެހެއްވެސް ނުލިބުނު އެތައްހާސް ބަޔަކު އުޅެނޭ. އެކަމަކު ދެން ބެޓާރ ލޭޓް ދެން ނެވާރ!
ސަނީސައިޑްބޮންޑް
28 September 2025
ތިދަފްތަރު އެކުލަވާލުމުގެކުރިން ވައިޓްކޮލާރ ވަގުންގެދަފްތަރެއް އެކުލަވާލުން މިޤައުމުގެ މުސްތަޤްބަލަށްޓަކައިމާމުހިންމު.