އީޕީއޭގެ ޑިރެކްޓާ ޖެނަރަލް އިބްރާހިމް ނައީމް.
02 އޮކްޓޯބަރ 2025 - 18:22
ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ޒިންމާތައް ކުރިން ހަވާލު ކޮށްފައިވާ އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް 14 އަހަރުގެ ހިދުމަތަށް ފަހު އެ އިދާރާ އިން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އީޕީއޭގެ ނަން އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް ބަދަލުކޮށް، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާތަކެއް އެ އޮތޯރިޓީއާ ހަވާލުކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
އެ އޮތޯރިޓީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ 2011 ވަނަ އަހަރުން ފެށިގެން އީޕީއޭގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި ނައީމް ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ. ނައީމަށް އިތުރު ކާމިޔާބީ އަށް އެދި ކޮށްފައިވާ އެ ޕޯސްޓުގައި ވަނީ އޭނާ އެ އިދާރާ އަށް ކޮށްދެއްވި މަސައްކަތްތައް ހަނދާން ކުރާނެ ކަމަށާއި އެ މަސައްކަތުގެ އަގުވަޒަންކުރާ ކަމަށެވެ.
ނައީމަކީ އީޕީއޭގައި ހުންނަވައިގެން، އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެއްދެވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ތިމާވެށީގެ ތަޖުރިބާކާރެކެވެ. ހާއްސަކޮށް ރާއްޖޭގެ ތިމާވެއްޓަށް އަސަރު ކުރާ ކަންކަން ހުއްޓުވައި، މީހުން ހޭލުންތެރި ކުރުވަން ބޮޑެތި މަސައްކަތްތަކެއް އޭނާ ކުރެއްވި އެވެ.
އީއާރުއޭގެ ހިންގުމަށް ގެނައި ބަދަލުގެ ދަށުން އެ ތަނުގެ އެންމެ އިސްވެރިޔާގެ މަގާމަކީ ޗީފް އެޑްމިނިސްޓްރޭޓަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ. އެ މަގާމަށް އައްޔަންކުރީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ހައްސާން މުހައްމަދު އެވެ.
ޑިސެމްބަރު 18، 2008 ގައި އުފެއްދި އީޕީއޭ މިހާތަނަށް ހިންގަމުން އައީ ރައީސް އައްޔަން ކުރައްވާފައިވާ ހާއްސަ ގަވަނިން ބޯޑެއްގެ ލަފާގެ ދަށުންނެވެ. އެ ބޯޑުގައި ހަތް މެމްބަރަކު ތިއްބެވި އެވެ. ނަމަވެސް، އީޕީއޭ އަށް ގެނައި ބަދަލާ އެކު، އެ އިދާރާ މިހާރު ހިންގަނީ ސީދާ މިނިސްޓްރީގެ ދަށުންނެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކައުންސެލަރު...
03 October 2025
އަނެއްކާ އަނެއް ސްޓޭޓް މިނިސްޓަރު...
މުޑަހަންޖާ
02 October 2025
ގަސްގަހާގެއްސާ ގޮނޑުދޮށާ ކަނޑުފަޅާއި މަސްމަހާމެހި ހިމާޔަތްކުރަން ބަލާއިރު އޮފިސް ހުންނަނީ ކ.މާލޭގައި، ތިމާވެށީގެ މާބޮޑު ކަމެއް ނެތް ރަށެއްގައި ތިއޮފިސްތަކު ވެރިންނާ މުއައްޒަފުން ތިބެގެން އެކަން ރަނގަޅަކަށް ނުކުރެވޭނެ. އެހެން ރަށަކަށް ތިއޮފިސްތައް ބަދަލުކުރުން މުހިންމު.
ދޮންކަރާ
02 October 2025
ނައީމު ގައުމަށް ތިކޮށްދެއްވި ޚިދުމަތަށް ޝުކުރިއްޔާ. ތިމާވެށީގެދާއިރާގެ ތިކަހަލަ ޚިދުމަތްތެރިންގެ ޚިދުމަތް ބަލައިންގަންނަވަރަކަށް ގައުމުގެ ގިނަމީހުންގެ ވިސްނުމެއް އަދިނުދޭ. ސަރުކާރުތަކުން ބޭނުމެއްނުވޭ އީޕީއޭގެ ބާރާއި ބަޖެޓުދޭކަށް. ރައްޔިތުން ބޭނުމެއްނުވޭ ތިމާވެށްޓާހެދި "ތަރައްޤީ" ހުއްޓޭކަށް. ގިނަ ބަޔަކު އަދި ވިޔަފާރިވެރިން ދެކެނީ އީޕީއޭއަކީ ބޮޑު ހުރައްހެއްކަމަށް. މިގެއްލޭއެއްޗެއްގެ މުހިންމުކަން އިހުސާސްވާނީ އެގެއްލުނީމަ.
ވަރައްސޮރީއޭ
02 October 2025
މާ ލަސްވެއްޖެ 14 އަހަރުން ވީކަމެއް ނެތް ކޮންމެ ސަރުކާރަކުން ބޭނުންވާ ގޮތައް ކަންކަން ކޮއްލާ އެއްވެސް އާރެއްބާރެއް ނެތި ހެދިހާ ގޮތަކަށް ހުރުމަށް ވުރެން
އޮނަރަބްލް އަފީފު ދީދީ
02 October 2025
ދިވެހިރައްޔިތުން މަރަށްފުރާނައަށް ބެލުމެއްނެތި ނިކުމެ ކ.މާލޭގައިއޮތް 30 އަހަރުގެވެރިކަން ވައްޓާލާފަައި މަލްޓިޕާޓީ ޑެމޮކްރަޓިކް ނިޒާމެއް ހޯދައިގަތް ކަމަށްވިޔަސް އަދިވެސް ކ.މާލޭ ޤަބީލާތަކުގެ ވަކިތަކުން މިދައުލަތް ސަލާމަތްނުވި. ތިމާވެށީގެދާއިރާއިން މަތީތައުސީލް ޙާސިލްކުރައްވަައިގެން އެތައް އަހަރެއްގެ ތަޖުރިބާއާއި އެކު އީޕީއޭ ގެ އެންމެ އިސްވެރިޔާގެ ގޮތުގައި އިޙްލާސްތެރި ކަމާއިއެކު މަސައްކަތް ކުރިމީހާވެސް ބޮޑެއްގެ ބާރާއި ނުފޫޒުން ގެއަށް ފޮނުވާ ލައިފި.