ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ފެންފުއްޓަށް ވަޑައިގަތުމުން ގާސިމް މަރުހަބާ ދަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
06 އޮކްޓޯބަރ 2025 - 18:36
ގައުމުގެ ތަރައްގީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާހާ ގިނަ މަސައްކަތްތައް ކުރެއްވި އެހެން ވެރިއަކު މި ގައުމުން އަދި ނުދެކޭ ކަމަށް ވިދާޅުވެ ރައީސަށް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ތައުރީފް ކުރައްވައިފި އެވެ.
އދ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ވަޑައިގަތީ މަޖިލީހުގައި ގާސިމް ތަމްސީލްކުރައްވާ މާމިގިލީ ދާއިރާގައި ހިމެނޭ ފެންފުއްޓަަށެވެ. ގާސިމްގެ އުފަން ރަށަކީ އެ އަތޮޅު މާމިގިއްޔެވެ.
ފެންފުށީގެ ރައްޔިތުންނާ އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ 2008 ވަނަ އަހަރު އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން، ރައީސް މުއިއްޒު ހަވާލުވުމާ ހަމައަށް ވެރިކަން ކުރެއްވި އެއްވެސް ވެރިއަކު ތަރައްގީގެ މިހާ ގިނަ މަޝްރޫއުތައް ހިންގާފައި ނުވާ ކަމަށެވެ.
މި ސަރުކާރު އައި ފަހުން ރައީސް މުއިއްޒުގެ ކުރިމަތިފުޅުގައި ހުރެ ވާހަކަ ދައްކަވަން ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ ތަރައްގީގެ ގިނަ މަޝްރޫއުތައް އޭނާ ވެސް ހިންގެވި ކަމަށެވެ.
"ދޮށީ މީހެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ތަރައްގީއަށް ވަރަށް ގިނަ ކަންކަން ކޮށްދިން މީހެއްގެ ހައިސިއްޔަތުން، އެފަދަ މަސައްކަތްތައް ކުރަމުންދާ މީހެއްގެ ހައިސިއްޔަތުން، 2008 ވަނަ އަހަރު ގާނޫނުއަސާސީ ބަދަލުވި ފަހުން ރައީސް [މުއިއްޒު] ވެރިކަމާ ހަވާލުވުމާ ހަމައަށް އަޅުގަނޑު ނުދެކެން މިހާރު މި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އެ ހިތްވަރާއި އަޒުމާއެކީ ކުރިއަށް އިހުލާސްތެރި ނިޔަތެއް އޮވެގެން މަސައްކަތް ކުރައްވަމުން ގެންދިޔަ އެއްވެސް ވެރިކަމެއް،" ގާސިމް ވިދާޅުވި އެވެ.
"ހުޝާމަދުކުރާށޭ ބައެއް މީހުން ބުނި ކަމުގައި ވީނަމަވެސް އަޅުގަނޑު މި ކުރަނީ ހުޝާމަދެއް ނޫން. އަޅުގަނޑު ހަމަ ހިތުގެ އަޑިން ގަބޫލުކުރެވިފައިވާ ކަންތައްތަކެއްގެ ވާހަކަ މި ދަންނަވަނީ."
ރާއްޖެ މިއަދު މިދެކޭ ތަރައްގީ ގެނައުމުގައި އުފުލާފައިވާ ބުރައަކީ ވަރަށް ދިގުކޮށް ދެއްކިދާނެ ވާހަކަތަކެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑަކީ މި ގައުމުގެ ކުރިއެރުމަށްޓަކައި ވަރަށް ގިނަ ގުރުބާނީތަކެއް ވަމުންދިޔަ އަދި މިހާތަނަށް ވެސް ވަމުންދާ މީހެއް. އަދި ގޮސްފައިވާ މީހެއް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުވޭ
08 October 2025
ހެހެހެ ޤާސިމޫ ތީދެން ބޮޑުވަރު ލޮލަށް ފެންނާކަށް ނެތް ތިބުނާ އެއްވެސް އެއްޗެއް. މި ޤައުމުން ފެންނަނީ ބުރިޖާ ދަރުމަވަންތަ ހޮސްޕިޓަލާ ފޭސްޓޫ ގައި ހުރި ޢިމާރާތްތަކާ ސަލްމާން މިސްކިތް
ޖިންނިޖިނާ
07 October 2025
ގާސިމް ވަރުގެ ދެފުއް ދެގޮތް ސިޔާސީ ވެރިއަކު މިހާތަނަށް ނުދެކެން...
އެކްސްްް
07 October 2025
މިހާ ގިނަ އަނގައިން ވާހަކަދައްކާމީހަކުވެސް ނުދެކެން.
ދިވެސް
07 October 2025
ބަޔަކު ގަބޫލު ކުރިޔަސް ނުކުރިޔަސް ގާސިމަކީ ރާއްޖޭގެ އިންސާނީ ވަސީލަތާއި އާއްމު އިޖުތިމާއި ޚިދުމަތާއި އަދި އިސްލާހީ މަސައްކަތުގެ ބޮޑެތި ގުރުބާނީ ވެފައިވާ މީހެއް. އަދި ރާއްޖެއަށް ލޯބިކުރާ ރައްޔިތުންނަށް ހެޔޮއެދޭ މީހެއް. މިކަން އަހަރެން ގަބޫލުކުރަނީ ހިތުގެ އަޑިން
އައިސަން
07 October 2025
ތިޢީ މާކުރީގެ ވާހަކައެއް. ކިތަންމެ ޚިދުމަތްރެރިޔަސް ޣައްދާރުވީމަ ކިޔާނީ ޣައްދާރު
ޒަމާން
08 October 2025
ދިވެސް ކަލޭ އޭނަކައިރީގަ ވަޒީފާގަ އުޅެނީ،.؟
ކާޑެއްދޫ މޫސާ
07 October 2025
ރައްޔިތުންނަށް މިހާރު އިނގޭނެ ގާސިމަކީ އެއިރަކު އޮންނަ ސަރުކާރަކުން ތިމާޔަށް މަންފާއެއް ވަންޏާ އެވަރެއް ނެތިގެން އުޅޭ މީހެއްކަން. މިސަރުކާރުގެ އަތުންވެސް ކާޑެެއްދޫ އެއާޕޯޓްއޭ ކިޔައިގެން 18 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދިކަން އަދިވެސް ރައްޔިތުން ހަނދާން އެބަހުރި އިނގޭތޯ.. އެއީވެސް ރައްޔިތުންނަށް ހެޔޮއެދިގެން ކޮށްދިން ކަމަކަށްވާނީ އެންމެފަހުން..
ފަރަންޖީ
07 October 2025
ތިހިންގާ މަޝްރޫޢުތަކަކީ އެއްވެސް އޮއްޓަރެއް ހުރިމަޝްރޫއުތަކެއްބާ؟ ރަސްމާލެ: ކުރިއަށް އޮތް 30 އަހަރުވެސް ކުރަންނުޖެހޭ ޚަރަދެއް. ކޮންމެ 5މިނިޓަކުން އެއަރޕޯޓެއް. 500 ދިވެހިން ހަމަނުވާ ރަށްރަށުގައި 100 މިލިއަނުން ޚަރަދު ކޮށްގެން ބިންހިއްކުން. އިޚްލާސްތެރިވިޔަސް ބޭކާރު ޚަރަދުތަައް ކޮށްގެން މިހާރުވެސް އިނދަޖެހެން ކައިރީގައި އޮތް ދައުލަތް އިނދަޖައްސާލުމަކީ ކާމިޔާބީއެއްކަމަށް ދެކޭނީ ގައުމު ހިންގަން ނޭނގޭތީ. އާކިރިގައި ތީގެ %80 ޕްރޮޖެކްޓު ފާށާފަ ނުނިމޭނެ.
ދޫހެނބެރި
07 October 2025
ގާސީމޫ ބަލަ، ރަށްރަށް އަރާ މީހުންގެ ފަރާތުން މަޢޫލޫތު ހޯދައިގެން ވާހަކަ ދައްކަބަލަ، ގިނަ މަޝްރޫޢުތައް ހިންގަނީ އަނގައިން ކަމަށް ވިޔަސް ހެޔޮތަ؟ ގާސީމު ބޭނުންވާކަންކަމާއި ފައިސާ ސަރުކާރުން ދިނީމާ އެއީ ހަކުރު ދެންޏާ ބޮޑުބޭބެ ވުން ނޫންތަ؟ ސޯޝަލް މީޑިޔާގައި އެހެން ދައުރުވަނީ ކޮޅުދާލީގެ ވާހަކަ ގާސިމުގެ.
އެކަލޯ 1
07 October 2025
ގާސިމްގެ ވާހަކަ އަޑުއަހާނެ ބަޔަކު އަދި ގަބޫލުކުރާނެ ބަޔަކު ނެތްކަން ވޭތުވެދިޔަ ރިޔާސީ އިންތިހާބުން އެނގިގެން ދިޔަ. ގާސިމްގެ މަގުބޫލުކަން ގެއްލެމުން ދިޔުމުގެ މައިގަނޑު ސަބަބީ އެމަނިކުފާނު ސީދާ ފެންނަން ހުންނަ ކަންކަމަށްވެސް އެހެންގޮތަކަށް ވާހަކަފުޅު ދެއްކެވުން. ޕުރޮޖެކްޓެއްގެ ނަމުގައި އެއްކަމެއްވެސް ނުހިނގާކަން އެންމެ ރައްޔިތުންނަށް އެނގޭ އިރު ގާސިމް ތިވިދާލުވަނީ ދިމާ އިދިކޮޅަށް
ހޮޓްކިންގ
07 October 2025
އެއްވެސް ރައްޔިތަކު ގަބޫލު ނުކުރާ ތިފަދަ ދޮގުވާހަކަ ދައްކާތީ ގާސިމް އަގު އިތުރަށް ވެއްޓުން ފިޔަވައި ދެން އެހެން ކޮންކަމެއްވާނެކަމެއްތޯ؟
ދޫލަ
07 October 2025
މީހެއްގެ ފަރާތުން ލިބެންއޮތް ލިބެމުން އަންނަ މަންފާއަކަށް ޓަކައި ދޮގު ސަނާ ކިޔުމަކީ ދީން ވެސް ހުއްދަ ކުރާ ކަމެއް ނޫން. ގާސިމަށް މަންފާ ނުލިބޭ ވެރިއެއް އެބަހުރިތަ؟ އެކަމަކު މިއަދު އެއިން މީހެއްގެ ބާރު ނެތީމާ އެއީ ހައްތާވެސް ގޯސް މީހުން. ވެރިމީހާގެ ސްޓޭޖުގައި އެހެން ވެރިން ނުބައިމީސް ކުރުމަކީ މުޖުތަމަޢަށް ދެވޭ ނުބައި މެސެޖެއް.
ނަދުރާ
07 October 2025
އަދިވެސް ބަދަލެއްގެ ގޮތުން ދައުލަތުން ހޯދި 18 މިލިއަން ޑޮލަރު މަދުވީ ކަންނޭގެ އެންނު.
2 މިނެޓްކަމެއް ތީ !!!
07 October 2025
ކުރާ އެއްޑިމާންޑް އަށް ސަރުކާރުފަޅިން ހިފަހައްޓާލިޔަސް ދެން ވާނެގޮތް ވަރަށް ސާފު ....