އިސްލާމިކް ޔުނިވާސިޓީގެ ލީގަލް ކްލިނިކް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
06 އޮކްޓޯބަރ 2025 - 20:00
ލައިސެންސިން ޓްރެއިނިން ޕްރޮގްރާމް ހިންގުމަށްޓަކައި ބާ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ފުރަތަމަ ލީގަލް ކްލިނިކް އިސްލާމިކް ޔުނިވާސިޓީގައި ހުޅުވައިފި އެވެ.
ބާ ކައުންސިލުން ހުއްދަ ދީފައިވާ ރާއްޖޭގެ ހަމައެކަނި ކްލިނިކް ހުޅުވައިދެއްވީ އައިޔޫއެމްގައި މި ކްލިނިކް ވުޖޫދުކުރަން މީގެ ދެ އަހަރު ކުރިން އިސްކޮށް މަސައްކަތް ފެއްޓެވި، އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
އާންމުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކްލިނިކް ހުޅުވައިދެއްވުމަށް ފަހު އުއްތަމަ ފަނޑިޔާރު ވިދާޅުވީ އައިޔޫއެމްގެ ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯގެ ކުޑަ ޓީމުން މިވަރުގެ މަސައްކަތެއް ކުރުމުން ހާމަވަނީ އެއީ ގާބިލް ބޭފުޅުން ތިއްބެވި ތަނެއް ކަމަށެވެ.
އެ ކުއްލިއްޔާގެ ލެކްޗަރާއެއްގެ ގޮތުގައި މީގެ 11 މަސް ކުރިއާ ޖެހެންދެން މަސައްކަތް ކުރެއްވި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަލަށް ހުޅުވުނު ކްލިނިކަކީ ދަރިވަރުންނަށް ރަނުގެ ފުރުސަތެއް ކަމަށާއި ލޯ ފާމްތަކުގެ ކިޔުގައި ތިބެންޖެހޭ ތިބުން ދެން ނިމުމަކަށް އަންނާނެ ކަމަށެވެ.
"މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ތިޔަ ދަރިވަރުން ހާސިލް ކުރަން ޖެހޭނެ. މިއީ ހަމައެކަނި އައިޔޫއެމްގެ ދަރިވަރުންނަށް ލިބޭނެ ފުރުސަތަކަށް އެކަންޏެއް ނޫން ވެގެންދާނީ. ދިވެހިރާއްޖޭގައި ގާނޫނު ކިޔަވާ އެހެން ދަރިވަރުންނަށް ވެސް މި ފުރުސަތު އޮންނާނީ ހުޅުވިފައި،" ޣަނީ ވިދާޅުވި އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ލީގަލް ކްލިނިކް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނީ ދާއިރާއަށް އާންމުން ހޭލުންތެރިކުރުމަކީ ވެސް ކްލިނިކަށް ކުރެވިދާނެ ކަމެއް ކަމަށެވެ. ހަމައެއާ އެކު، ގާނޫނީ ލަފާ ހޯދަން ދަތިވާ ނިކަމެތިންނަށް މި ކްލިނިކް ވާން ޖެހޭނީ އެއްވެސް އިސްތިސްނާއެއް ނެތި ހިދުމަތް ފޯރުކޮށްދޭ ތަނަކަށް ކަމަށާއި އޭރުން ވާނީ ވަރުގަދަ އިޖުތިމާއީ ހިދުމަތަކަށް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އައިޔޫއެމްއިން ބުނި ގޮތުގައި މި ކްލިނިކަކީ ގާނޫނީ ދާއިރާއިން ކިޔަވައި ނިމޭ ދަރިވަރުން، އަމަލީ މައިދާނަށް ނުކުތުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ލައިސެންސިން ޓްރިއިނިން ޕްރޮގްރާމް ފުރިހަމަކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެޅިގެންދިޔަ އުއްމީދީ ބިނާއެކެވެ.
މި ކްލިނިކްގެ ސަބަބުން، ތަޖުރިބާކާރު ގާނޫނީ ވަކީލުންގެ ބެލެހެއްޓުމުގެ ދަށުން ގާނޫނީ ދަރިވަރުންނަށް އަމަލީ ގޮތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ގާނޫނީ ނިޒާމު އިތުރަށް ހަރުދަނާވެ، އާލާވުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅަކަށް ވެސް ވާނެ ކަމަށް ޔުނިވާސިޓީން ބުންޏެވެ.
އިސްލާމިކް ޔުނިވާސިޓީގެ ލީގަލް ކްލިނިކް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
"..އަދި މިއީ ގާނޫނީ ފަންނުގެ ހުވާ ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރުމަށް ގާނޫނީ ދާއިރާއިން ކިޔަވާފައިވާ ދަރިވަރުންނަށް ލިބިގެންދާނެ ފަހި ފުރުސަތެއް،" އައިޔޫއެމްއިން ބުންޏެވެ.
ގާނޫނީ ފަންނުގެ ދަރިވަރުންނަށް ޕްރޮގްރާމް ހިންގުމުގެ އިތުރުން ކްލިނިކުން އާންމުންނަށް ޕްރޮބޯނޯ އުސޫލުން ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އައިޔޫއެމްއިން ބުންޏެވެ. އެހެންކަމުން މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ހޯދަން ދަތިވެފައިވާ އާންމުންނަށް މިއީ ރަނުގެ ފުރުސަތަކަށް ވެގެންދާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.
މި ލީގަލް ކްލިނިކް ހިންގުމަށްޓަކައި އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރެއްގެ ގޮތުގައި އައްޔަންކޮށްފައިވަނީ ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯގެ ލެކްޗަރާ އަދި ކުރީގެ އެސިސްޓަންޓް ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ފަޒްނާ އަހުމަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިރާ
07 October 2025
ރަގަޅު ޑީންއެއް އަޔަން ކުރުމުގެ ހެޔޮ ބަދަލު ފެނުމުން ދަނީ. މަރުހަބާ
އަސްލުވާގޮތް
07 October 2025
ފެކަލްޓީ އޮފް ޝަރީޢާ އެންޑު ލޯ ގެ ޑީންއަކަށް ހުންނަންޖެހޭނީ ލޯ ޕުރެކްޓިސްކޮށްފައިވާ ފަރާތެއް. އެހެން ނޫނީ ތިޔަ ތަނެއް ނުހިނގާނެ. އައިޔޫއެމް އިން އެބަދަލު ގެނައީމަ މިއޮށް ފެންނަނީ ތަފާތު. ޤައުމީ ޔުނިވާރސިޓީ އިން އެމަގުން ހިނގަން އެބަޖެހޭ. ދުވަހަކު ޤާނޫނީ ދާއިރާގައި ޕުރެކްޓިސް ނުުކުރާ މީހުންތަކަކަށް ތަން ހިންގަން ދިނީމާ ވާނެ ހައެއްޗެއް ވެފަ އެއޮތީ އެމްއެންޔޫއަށް
އިންސާފުގާރު
07 October 2025
އިސްލާމީ ޔުނިވަރސިތީގެ ތަފާތު މީޓިންތަކާއި، އަހަރީ ބައްދަލްވުންތަކާއި، މިފަދަ ކްލިނިކްތަށް ހުޅުވިގެންދާއިރު، އިސްލާމީ ތައުލީމާއި ސަގާފަތުގެ އެންމެ މުހިއްމު ބާހާ ކަމުގައިވާ އަރަބި ބަހަށް އިސްކަންނުދޭކަން ފާހަގަކުރެވޭ. އިސްލާމީ ޔުނިވަރސިޓީގެ ހުރިހާ ހަފްލާއަކުންވެސް ނަންތަށް ޢަރަބި ބަހުންވެސް ހުރުމަކީ، ތިޔަ ޔުނިވަރސިޓީން އިސްލާމީ ތައުލީމަށް ބަހައްޓާ ޤަދަރު ހާމަވާނެކަމެއްކަން ޔަގީން.
ށސ11
08 October 2025
ހަމައެގޮތަށް ހުޅަނގުގެ ހެދުންއެޅުންވެސް ދޫކޮށްލަންއެބަޖެހޭ
ބޮޓޫކް
06 October 2025
އެންމެ ފުރަތަމަ ކަމަކަށް ފަރުވާ ބޭނުމީ ރޯނުއެދުރުން ލައްވާ ގާނޫނު ހަދާ މައްސަލައަށް ގާނޫނީ ފަރުވާއެއް ހޯދުން. މިކަމާހެދި ބޮލުގަ ރިއްސާ ނުނިދިފަ މިއޮންނަނީ.
ބިންތޫރު
07 October 2025
ތިޔަ ކަހަލަ ކަންތައްތަކަށް ބޭނުންވާ ބޭސް ގެނެސްދިނުމަށް މިހާރު ވަނީ ކުންފުންޏެއް އުފެއްދިފަ، އަދި އެ ބޭސް ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން އާސަންދައިން ލިބޭނެ،
ބޮޓޫކް 2.0
07 October 2025
ކޮން ބައެއް ވޯޓު ލައިގެން އެ ރޯނުއެނދުރުން ހޮވާފަ ތިބީ؟
ކޮވެލި
06 October 2025
ދެން އެމްއެންޔޫގެ ލޯ ސްކޫލަށް ކިހިނެއް ހަދަނީ. އެއީ ކިހާވަރެއްގެ ތަނެއް. މިހާރުވެސް ކިޔަވައިގެން ބާރ އެގްޒާމުން ފާސްނުވާ ކުދިން އެތިބީ. އެކުދިންނަށް ސިޔާސީ ވަޒީފާ ވަރަށް ފަސޭހައިން ލިބޭ ދޯ.
ކުޑަ ކޮވެލި
07 October 2025
އެމްއެންޔޫ އަށް ކޮންކަމެއްތަ ވަނީ. ތިޔަތަނުގެ ހިންގުންތެރިން އިސްތިއުފާ ދީފަ ގެއަށް ދާންވީ. އައިޔޫއެމް އިން މިވަރު ކޮށްލާއިރު ޤައުމީ ޔުނިވާރސިޓީއަށް ލަދެއް. ފެކަލްޓީ ހިންގަނީ ކޮންބައެއްތަ؟ ހާދަ ކަޑައޭ.