ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި އަޑު އުފުލަނީ. -- ފޮޓޯ | މިހާރު
06 އޮކްޓޯބަރ 2025 - 21:11
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުކުރެވޭ މީހަކަށް ސްޓްރޯކެއް ޖެހި ވާގި ނެތުމުން އެ މައްސަލައިގެ އިސްތިއުނާފު އަނބުރާ ގެންގޮސްފި އެވެ.
ހައި ކޯޓުން އެ ދައުވާ ބާތިލުކުރި ރިޕޯޓުގައި ބުނީ އެ ހާދިސާ ހިނގި ފަހުން 8 އަހަރު ފާއިތުވެފައިވާ ކަމަށާއި އެ މައްސަލަ އެ ކޯޓުގައި އިސްތިއުނާފްކުރި ފަހުން 4 އަހަރުވިޔަސް މައްސަލަ ނިމިފައި ނުވާ ކަމަށެވެ.
އެކަަމަކު އެ މައްސަލާގައި ދައުވާކުރާ މީހާއަށް ސްޓްރޯކެއް ޖެހުމުގެ ސަބަބުން ވާގިނެތި، މިވަގުތު ވެސް އޭނާއަށް އެޑްމިޓްކޮށްގެން އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ރިޕޯޓުގައި ވެ އެވެ.
އެހެންވެ، އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް އަނިޔާ ލިބުނު ކުއްޖާގެ މަންމަ، ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މައުލޫމާތު ދީފައިވާތީ އެ މައްސަލަ އިތުރަށް ނުގެންދަން ޕީޖީ އޮފީހުން ވެސް ނިންމާފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެެ.
އެ މައްސަލައާ ގުޅިގެން ދައުވާ ބާތިލުކުރަން ނިންމާފައި ވަނީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަން
07 October 2025
ހާސްކަނޑާލާ ފަހަރެއްގަ މާދަން ސްޓޮރޯކުން ތެދުވެ އެހެން ކުއްޖަކު ފެނި ހަމަ އެޢަމަލު ކުރަން ބޭނުން ވެދާނެ.
ޢައްޔުބޭ
07 October 2025
ފަނޑިޔާރުންނަކީ 'އިމޯޝަނަލް' ޑިސިޝަން މަގާ ބައެއް ނޫން. އެނގިގެންދިޔައީ މަޤާމަށް 3 ފަނޑިޔާރުންވެސް ކޮމްޕީޓެންޓް ނޫންކަން
ބައްޔޫބެ
07 October 2025
ކޮމެންޓެއް ކޮއްލަންވާނެ. ކުއްޖާގެ މަންމަ ބޭނުންވީއޭ އެއޮތީ. ގާޒީއާ ބެހޭ ކަމެއްނުން އެއީ
ޕިސް
07 October 2025
ކޮމްޕީޓެންޓޯ! ހެހެހޭ
ސާބިތުނުވާ އަނިޔާ
06 October 2025
ވައްތަރީ ފުރޭމު ކޮއްފަ ކުށްބޮޑުވެގެން ބިރުން މައްސަލަ ނަގަނީ ކަމައް.
ބަދަވީ
07 October 2025
އެވަރުގެ ކަމެއްގައި ފްރޭމް ކުރާ މީހަކު ބިރެއްނުގަންނާނެ. މީހަކު މަރަންވެސް ޖެހިލުމެއް ނުވާނެ