އދ. މާމިގިލީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒާ އެކު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
06 އޮކްޓޯބަރ 2025 - 23:11
އާ ގާނޫނުއަސާސީއަށް ފަހު ބަދަލުވި ވެރިކަންތަކަށް ބަލާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވުރެ އިހްލާސްތެރިކޮށް، އަދި ތާހިރުކޮށް ރާއްޖޭގެ ވެރިކަން ކުރެއްވި އެހެން ވެރިއަކު ނެތް ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އެކި ސަރުކާރުތަކުން ކަންތައްތައް ކުރި ގޮތް ވަރަށް ގާތުން ފެނިވަޑައިގެންނެވި ކަމަށެވެ. އެ ސަރުކާރުތަކާއި ރައީސް މުއިއްޒުގެ ވެރިކަމަށް ބަލާއިރު، އެމަނިކުފާނަށް ތައުރީފް ކުރަން ނުޖެހޭ ސަބަބެއް ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.
މަނިކުފާނު މި ގައުމު ބޭންކްރަޕްޓްކޮށްނުލާ، މި ގައުމު ކޮޅަށް ޖަހައި މިނިވަންކަމާ އެކީގައި އަޅުގަނޑުމެން އެކަކު އަނެކަކަށް ވާހަކަ ދައްކާލައިގެން އުޅެން ފުރުސަތު ގެނެސްދެއްވުމަށް ތިކުރެއްވި މަސައްކަތަށް އައްސަރިބަހާ ސާބަސް ނޫން އެހެން އިތުރު އެއްޗެއް އަޅުގަނޑު ނުދަންނަވާނަން.
"މިހާތަނަށް އަޅުގަނޑު ނުދެކެމޭ 2008 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ކުރެއްވި އެއްވެސް ބޭފުޅަކު، ޑރ. މުހައްމަދު މުއިއްޒަށް ވުރެ އިހުލާސްތެރިކަމާ އެކު ރައީސުލްޖުމްހޫރިއްޔާކަން މި ވޭތުވެދިޔަ ދެ އަހަރު އަދާކުރައްވުމުގައި އިހުލާސްތެރި ބޭފުޅަކު ތި ނޫނިއްޔާ ނުދެކެން،" އެމްޑީޕީގެ ސަރުކާރު ކޯލިޝަން ލީޑަރެއްގެ ގޮތުގައި ހުންނެވި ގާސިމް ވިދާޅުވި އެވެ.
ސިޔާސީ މަސައްކަތުގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ ގާސިމް ވިދާޅުވީ މުއިއްޒަކީ އެންމެ އިހުލާސްތެރި ވެރިޔާ ކަމަށް ވިދާޅުވަނީ ގިނަ ސަބަބުތަކާ ހެދި ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.
ގާސިމް ވިދާޅުވި ގޮތުގައި އެއްވެސް ބޭފުޅަކަށް ކުޑައިމީސްކޮށް ރައީސް މުއިއްޒު ވާހަކަ ދެއްކެވި އަޑެއް ނީވެ އެވެ. އަދި ސިޔާސީ މައްސަލަތަކާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި މަންޒަރު ފެނިވަޑައިގެންފައިނުވާ ކަމަށާއި ސްޕްރީމް ކޯޓުގައި ތަޅު އެޅުވުން ފަދަ އަމަލެއް ވެސް ހިންގަވާފައި ނުވާ ކަމަށެވެ.
"އެކަމަކު ވެރިކަންކޮށްފައި ތިބި މީހުން އެކަން ވެސް ކުރިއޭ އިނގޭތޯ [ސްޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި ސިޔާސީ މައްސަލަތަކުގައި މީހުން ހައްޔަރުކުރުން]،" ގާސިމް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ އެ ބޭފުޅުން ވާހަކަ ދައްކަވާއިރު ވެރިކަމުގައި ކުރެވުނު ކަންކަމާއި ނުކުރެވޭ ކަންކަން އެނގޭތޯ ސުވާލު އުފެދޭ ކަމަށެވެ.
އދ. ގެ ރަށެއްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒާ އެކު ގާސިމް ވެސް ބައިވެރިވެވަޑައިގަންނަވަނީ.
ގާސިމް ވިދާޅުވީ ފެހި ގާނޫނުއަސާސީއަށް ފަހު އުފެދުނު ފުރަތަމަ ވެރިކަމުގައި ވަނީ ރާއްޖޭގައި އެންމެ ތަޖުރިބާކާރު އެއް ފަނޑިޔާރު "ސިސްޓަމުން ނަގާލާފައި" ކަމަށެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ މެދު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަންކުރެއްވި ގޮތަށް އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވީ ސިޔާސީ ދާއިރާގެ އެއްވެސް ބޭފުޅަކު އެކަންކަން ހަނދާން ނުނެތޭނެ ކަމަށެވެ.
އެކި ވެރިކަންތަކުގައި ކޯޓުތަކަށް ބަދަލު ގެނެސް ނުފޫޒު ފޯރުވަން ކުރެއްވި ކަންކަމާ މެދު ގާސިމް މިރޭ ވަނީ ނުރުހުންފާޅުކުރައްވައިފަ އެވެ.
މި ވެރިކަމުގައި ސްޕްރީމް ކޯޓުން ބޭފުޅަކު އަމިއްލައަށް އިސްތިއުފާ ދެއްވީ ކަމަށާއި ދެން ތިއްބެވި ބޭފުޅުން "ކުށުގެ ވެށީގައި ބެދުމުން" އޭގައި ރައީސް މުއިއްޒު ކުރައްވާނީ ވަކި ކޮން ކަމެއްތޯ ގާސިމް ސުވާލު އުފެއްދެވި އެވެ.
އެކަމަކު ވެސް އަޅުގަނޑު މި ދަންނަވަނީ އަޑަށް ބާރު ލާފައި ކެރިހުރެގެން މަނިކުފާނަށް ވުރެ ތާހީރުކޮށް އަދި މިހާތަނަށް ވެރިކަން ކުރައްވަން އައި އެއްވެސް ބޭފުޅަކު މި 2008 ގެ ފަހުން ނާދެއޭ، -- ގާސިމް
ގާސިމް ވިދާޅުވީ އެކި ސަރުކާރުތަކުގައި ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވުމަށް ފަހު އެކަން ހަގީގަތަކަށް ހަދައިދީފައި ނުވާ ކަމަށެވެ. އެކަން ނުވީ ކީއްވެގެންކަން ސީދާ ވިދާޅުވާން އެނގިވަޑައިނުގަތަސް އޭރު ދައުލަތުގެ ދަރަނި ދިޔައީ އިތުރުވަމުން ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގަތްއިރު ދައުލަތް އޮތީ ވަރަށް ބޮޑަށް ދަރަނިވެ، ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ވެސް ނުދައްކަ އެވެ. އެ ހާލަތުގައި ވެސް ގައުމު ދަރަނިވެރިވިޔަ ނުދީ ހިފަހައްޓާލައިގެން ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ސާބަސް ހައްގު ކަމަށް ގާސިމް ވިދާޅުވި އެވެ.
"މަނިކުފާނު މި ގައުމު ބޭންކްރަޕްޓްކޮށް ނުލާ، މި ގައުމު ކޮޅަށް ޖަހައި މިނިވަންކަމާ އެކީގައި އަޅުގަނޑުމެން އެކަކު އަނެކަކަށް ވާހަކަ ދައްކާލައިގެން އުޅެން ފުރުސަތު ގެނެސްދެއްވުމަށް ތިކުރެއްވި މަސައްކަތަށް އައްސަރިބަހާ ސާބަސް ނޫން އެހެން އިތުރު އެއްޗެއް އަޅުގަނޑު ނުދަންނަވާނަން،" ގާސިމް ވިދާޅުވި އެވެ.
ވިލާ ކުންފުނީގެ ޗެއާމަންކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ޓެކްސް ބޮޑުކޮށް، ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުންޖެހޭ ގޮތަށް ހެދުމުން ވެސް އެއްޗެއް ވިދާޅުނުވީ، އެއީ ސަރުކާރުން ކުރަންޖެހޭ ކަމަކަށް ވާތީ އެވެ. އެ ފިޔަވަޅު ނާޅައި އިގްތިސާދު ރަނގަޅުކޮށްގެން ކުރިއަށް ދެވެން ނެތް ކަމަށް ގަބޫލުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޅުގަނޑު ވެރިކަމުގަ
07 October 2025
"އިހުލާސްތެރި މަސައްކަތެއް ކުރި މީހަކު އަޅުގަނޑު ވެރިކަމުގަ ހުއްޓަކައި ނުދެކެމޭ"
ގޮނުއަނގަ
07 October 2025
ރީކޯ މޫސަޔަށްވެސް އިބޫއަށްވުރެ އިޚްލާޞްތެރި ވެރިޔަކު ނެތް. ޢިބޫ ވެރިކަމުގައ ޤާސިމަށްވުރެ ގިނަ ރުފިޔާ މޫސާއަށް ދެއްވީތީ. މިވެރިކަމުގައިނޢެއަރޕޯޓް ބަދަލަށް ދެއްވާނެ ވަރު މިހާރު ވަނީ އިއުލާނު ކުރެވިފައި. މިބައި ލިބޭނެތީ މިވަރުކަމެއް ނެތިގެން އުޅުއްވުން އެއީ ރަނގަޅުވިކަމަކީ.
ކޮރަލް
07 October 2025
20 އަހަރު މަޖްލިސް އަށް ހޮވާ ދިނީމަ ވެސް ރަށުގެ ފަގީރުންނަށް އިމާރާތް ތަކެއް ހަދާ ނުދެވުނެވެ. ކަންތައް ތައް ކޮށްދެނީ ސަރުކާރު ތަކުންނެވެ. ރަށައް އިތުރު ތަރައްގީ އަންނާނީ ގާސިމް ނޫން މީހަކު ހޮވައިގެންނެވެ. ވ ހާލުގަ އުޅޭ މީޙުން ގިނަ އެވެ. ކުޑަ އާބާދީ އެކެވެ.
އަލިކާ ދިއްދޫ
07 October 2025
ގާސިމްއަށްވުރެއް އަނބިދަރިންނާއި މުވައްޒަފުންނައްވެސް ވަފާތެރި އެހެން ވެރިއެއް އޯނަރެއް ސިޔާސީ ލީޑަރެއްވެސް ނެތް.
ޑްރޭގަން
07 October 2025
ޤާސިމަކީ ކުރިން ވަރަށް ރަގަޅުމީހެއް އެހެންނަމަވެސް މިހާރު އޭނާ ރަގަޅުނޫނީ މީހުންނަށް ކޮށްދީފައިހުރިކަންކަމުގެ ކަލަގޮވާތީ! ޤާސިމް ބުނެގެން މިއަދު މާމިގިލީގެ ގިނަ ރައްޔިތުން މުއިއްޒުގެ އިސްތިޤްބާލަށް ނުކުތުމުން ބައެއްމީހުން ހިތަށްއަރާނެ ވަރަށް ބޮޑު ތާއީދެއް އެބައޮތޭ އެކަމަކު ބުނެލަންއޮތީ އިންތިޚާބެއްގައި ޤާސިމްއަކަށްދެން މާމިގިލިން ރަގަޅު ކާމިޔާބެއް ނުހޯދޭނެކަން. ގިނަ މީހުން ނުކުތީ ހިތާއި ދެކޮޅަށް.
ފިލިވަގު
07 October 2025
ދެން ފަހަރަކުން ތިބޭފުޅުން ހަމަ ތިގޮތަށް، ހިތާއި ދެކޮޅަށް، ގާސިމަށް ވޯޓު ދޭ މަންޒަރު ބަލަން އަޅުގަނޑުމެން ތިބޭނަން.
މިއަދު ވައިޖެހެނީ ހުޅަގުން އިރަށް
07 October 2025
އޭރަކު ވެރިކަމުގެ އޮންނަ ބައެެއްގެ ވެހިކަލަށް އަރައި ޓަޔަރު ފެޅެންދެން ވައިޖެހުން ނޫން އެހެންކަމެއްނެތް.
އައްލާ ބެއްޔާ
07 October 2025
ކާޑެއްދޫ އެއަރޕޯޓަށް އެއްކަމެއް ވެސް ނުކޮށް ބަދަލުގެ ގޮތުގައި 18 މިލިއަން ގާސިމަށް. އެއީ ތި ބުނާ އިހްލާސްތެރިކަމަކީ. ރަށްޔިތު މީހާގެ ދިރިއުޅުމަކަށް އައި ހެޔޮބަދަލެއް ނެތް. އޭރުވެސް މިހާރުވެސް ރަށްޔިތު މީހާ ބުރަ މަސައްކަތް ކޮށްގެން ބޮޑު ކުލި ދައްކައިގެން ކިރިޔާ ބަނޑުފުރާނަ މުންތި ކުރެވެނީ. ގާނޫންފާސްކޮށް ގަވާއިދު ހަދައި ސިޔާސަތުތައް އެބަރާވާ އެކަމަކު ޑޮލަރުގެ އަގު ދަނީ މައްޗަށް. ތަކެތި ވަނީ އަގުބޮޑު. އަދި ނުފެނޭ އެއްވެސް އުއްމީދެއް. ހުސް ވާހަކަ.
ކަރީމު
07 October 2025
މިގައުމުގައި ގާސިމުގެ ފައިސާއިން ކިޔެވި މީހުންނާއި، ގާސިމުގެ އެހީގައި ފުރާނަޔަށް ނުރަށްކާވާ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދިމީހުންނާއި، ގާސިމު އަތުން ފައިސާ ނަގާގެން ވިޔަފާރި ފަށާ ވިޔަފާރި ކުރާ މީހުންނާއި ގާސިމުގެ ފައިސާއިން ސިޔާސީކަންކަން ފަށާ މީހުން ލަދެއްނެތި ގާސިމަށް ބަވާއިރު އަރެން ހުންނަނީ ހައިރާންވެފަ. އަޖާއިބުވާކަމަކީ އެމީހުންނަށް ގާސިމު މާފުދޭކަން، މިމީހުން ގާސިމު އަމިއްލަ އެދުން ބޮޑު ވާހަކަ ދައްކާތީ އަހަރެން ހުންނީ އަންތަރީސް ވެފަ
ޗ5ތ5ތ
07 October 2025
މަނިކުފާނަށް ވަރަށް އިނގޭދޯ؟
ހަސަންރަހާ
07 October 2025
ގާސިމާ ހާދަ ވަރެކޭ ތިޔަ ކުރަނީ. ގުޅީފަޅުން ބޮޑު ބިމެއް ނަގަނިއްޔޯ ރަށުތެރޭ އެބަ ކިޔާ. ތެދެއް؟
އަލްފަންސޫރު
07 October 2025
މަނކިފާނަށް މާތްﷲ ހެޔޮ ގޮތްތަށް މިންވަރު ކުރައްވާށި އަދި ހެޔޮވިސްނުން ދެއްވާށި، އަޅުގަނޑަށް ފެންނަނީ ސިޔާސީ ދާއިރާއިން ދުރަށް ވަޑާގަންނަވަން. ކޮށްމެ މީހެއްގެވެސް އަގު ވަޒަން ކުރެވޭނީ އެމީހާ ނެތްދުވަހަކުން.