ރައީސް ޑރ. މުހައްމަދު މުއިއްޒަު މާމިގިލި ރައްޔިތުންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
07 އޮކްޓޯބަރ 2025 - 00:15
މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ހުރިހާ ހިދުމަތެއް ލިބޭގޮތަށް ހަދަން މި ސަރުކާރުން މަސައްކަތް ކުރަނީ އެ ރަށްރަށުގައި ދިރިއުޅޭ މީހުން އަތޮޅުގެ މައި ރަށަށް ނުވަތަ މާލެއަށް "އަޅުދާސްތުވެގެން" ތިބެން ބޭނުން ނުވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މާމިގިލީގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގައި އޭޓީއެމް ބަަހައްޓާތީ އިދިކޮޅު ފަރާތްތަކުން ފާޑުވިދާޅުވާ ކަމަށެވެ. އެކަމަކު އޭޓީއެމް އަކީ ކިހާ ބުރަ ދަތުރެއްގެ ނިމުން ކަން އެ ރަށެއްގެ ރައްޔިތުންނަށް އިހްސާސްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށްދޭ އެފަދަ ހިދުމަތްތަކާ ހެދި ސަރުކާރަށް މަލާމާތް ކުރިއަސް ކޮންމެ ރަށެއްގައި ވެސް އަސާސީ ހިދުމަތްތައް ލިބެން ޖެހެ އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ވީހާވެސް ލުއި ވާނެ ގޮތަކަށް އަސާސީ ކަންކަން، އަޅުގަނޑު ގަބޫލުކުރަނީ އެއީ އަސާސީ ކަންކަން ކަމުގެ ގޮތުގައި، ގާއިމް ކޮށްދޭން. އަބަދު މާލެއަށް ނުވަތަ އެ އަތޮޅުގައި އޮތް ދުރު ރަށަކަށް ގޮސްގެން އެ އަޅުދާސްތުވުން، އެ ތަހައްމަލް ކުރަން ޖެހޭ ދަތިކަން އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރަށްރަށުގައި ބަހައްޓާ އޭޓީއެމާއި އައިޑީކާޑާއި ޕާސްޕޯޓް ދޫކުރުން ފަދަ ހިދުމަތްތަކުގެ އިތުރުން އުމްރާނީ ތަރައްގީއަކީ އިންވެސްޓްމަންޓެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލެ އާއި އަތޮޅުގެ މައި ރަށަށް ބަރޯސާވުން ކުޑަކުރަން ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒުން ސީދާ ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއާ މުއާމަލާތްކުރެވޭނެ ނިޒާމެއް ވެސް ގާއިމުކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހަންމަދާ
07 October 2025
އެހެންވެގެންތަ މާލޭގަ ސްކޫލެއް ދަރިވަރަކަށް ބަދަލުކޮށްނުލެވެ. ރަށްރަށުން އަންނަ މީހުންނަށޭ ބުނީ އިސްކަންދެނީ. އެއަށް ފަހު މާލެ ހުޅުމާލެ ސްކޫތައް ބަދަލު ކުރެވެނީ. މިކަން ކަން މިހެން ހިނގާހާ ހިނދު ތިޔަބުނާ ކަމެއް ނުކުރެވޭނެ.
އަފްރާސިޔާބު
07 October 2025
ތީވަރަށް އުފާކުރަންޖެހޭ ޚަބަރެއް.
ގެދޮރޭ
07 October 2025
ކަލޯ އިންތިޚާބެއް ބޯމަތިވެގެންނާންނަންޏާ އެއްވެސް ރައްޔިތަކަށް އެއްވެސް ކަމެއް ކޮށްދޭނެކަމަށް ނުބުނާތި. ދޮގު ހަދަމުން ގޮސް ފޯވެގެންދާއިރުވެސް ދޮގު. މިފަހަރު ރަށްރަށަށް ތި ގޮސް ކޮށްދޭންބުނާ ކަންކަންކުރަން ކުރިއަށްއޮތް 3 އަހަރުގެ ބަޖެޓް އެއްކޮށްބޭނުންކުރިއަށް ފައިސާ މަދުވާނެކަމަށް ރަށްރަށުގެ މީހުންބުނާތީ އިވޭ. ގަޅިހެއްދުން ނޫންކަމެއް ނުކުރޭ.
އައްލާ ބެއްޔާ
07 October 2025
ދިވެހި ރާއްޖެ މީ އާދަޔާ ހިލާފު ގައުމެއް. ރާއްޖޭގެ އާބާދީގެ 1/3 އުޅެނީ ކުދި ކުދި ކޮޓަރި ތަކުގައި ، މާލޭގައި ބޮޑު ކުއްޔަށް އަމިއްލަ ގެދޮރެއް ނެތި. އެކަމަކު ސަރުކާރުން ގޮސް 100 މީހުން ހަމަ ނުވާ ފަޅު ރަށްރަށުގައި ބޮޑެތި ބަނދަރު ހަދާ އެއަރޕޯޓް އަޅާ ރަށް ހިއްކާ މިހަދަނީ. ތި ގޮތަށް ފައިސާ އިސްރާފު ނުކޮށް ތި ފައިސާ އިން ހުޅުމާލޭގައި ފްލެޓް އަޅާފައި ރަށްޔިތުންނަށް ދިނީމަ ގައުމަށް ވެސް ރަށްޔިތުންނަށް ވެސް މާ ފައިދާވާނެ.
ޕީޕީ
07 October 2025
އަތޮޅު ވެރިކަން ކުރާ ރަށް ރަށް އުވާލުން ތީ އަހަރެން މުއިޒުއަށް އެންމެ ސަޕޯޓު ކުރާ އެއްކަމެއް. އެކަން ކުރަން މިހާރުވެސް ލަސްވެއްޖެ. ވަރަށް ދުއްޕާން ކަމެއް ތީ. ލޯނެއް ނަގަންވެސް ދާންޖެހީ އަތޮޅުވެރި ރަށަށް. ސޮއިކޮށްލުމަށް ލޯންޗުގަ ހުންނާނެއް ށ. ގޮއިދޫއިން ށ. ފުނަދުއަށް ގޮސްފަ. އެކަމު ކުޅުދުއްފުށި އޮންނަނީ މާކައިރީގަ. ބެންކް ކާޑެއް ހެދިއްޔާ އެ ފޮނުވަނީ ފުނަދުއަށް. ވެރިކަން ކުރާ ރަށޯ.
މާލޭގެ577
07 October 2025
މާލޭގައި ފުލެޓުއަޅާހިދަކު ތިޔަހެނެއް ނުކިޔޭނެ.
ޒިންދާ ބައުދީ
07 October 2025
ކަމަކު ނުދޭ މިހާރު ތިޔަ ދައްކަވާ ވާހަކަޔެއް. ކެންޕޭނު ދުވަސްވަރު ވަރަށް ވިސްނުންތެރިކަމާއެކު ވަކި އާބާދީތަކަކަށް ޓާގެޓުކޮށްގެން ކުރިޔަށް ގެންދިޔައީމަ ފެނުނު ނަތީޖާވެސް.
މިސްކީނު
07 October 2025
ބަލަ އޭޓީއެމެއް ބަހައްޓައިގެން އެއްވެސް މީހަކު އެއްޗެކޭ ނުކިޔާ، މީހުން ކިޔަނީ އޭޓީއެމެއް ހުޅުވަން ރައީސް ހިމެނޭހެން ވިހި ތިރީސް މީހުންގެ ވަފުދެއް ކޮންމެ ރަށަކަށް ދަތުރު ކުރާތީ އެވާހަކަ، އޭޓީއެމް ގެނެސް ބަހައްޓަން ކުރާ ޚަރަދަށްވުރެ ބޮޑު ޚަރަދެއް އެބަ ކުރަންޖެހޭ އޭޓީއެމްގެ ރިބަން ކަނޑަން، ބީއެމްއެލްގެ މުޅި ބޯޑާއި ސީނިއަރ މެނޭޖްމެންޓް ކުރާނެ ކަމެއްނެތިގެން ކޮންމެ މަހަކު 10 ދުވަހު އޭޓީއެމް ހުޅުވުމުގަ، މީ ބޮޑުވަރު
މަ ބުނޫ
07 October 2025
ވިދާޅުވި ބަހުގެ މާނައެއް ނޭނގުނޭ ! އެރަށެއްގެ ބަޔަކަށްވއަނެއްރަށަށް ނުގޮސްވާނެކަމުގެ ނަމޫނާއަކަށް ވ ރަކީދޫ އދ.ދިއްދޫ ހދ. ހިރިމަތަދޫ މީންކޮއްމެރަށެއްގައި ބައިނަލް އަގުވާމީ ވައިގެބަނދަރަކާއި ސީޕޯރޓަކާއި ކޮލެޖް ޔުނިވަސިޓީ ، ކުދި އަދި ބޮޑެތި ބަލީގެ ހޮސްޕިޓަލްތަށް 2026 ގެ ބަޖަޓުގައި ނިމަނާލުމަށްފެނެއެވެ. މަނިކުފާނުގެ ދުރުވިސްނުމާއި ގެންނަވާ ހެޔޮބަދަލަށް އަންސަރިބަހާއިސާބަހެވެ. މިއަހަރު 98 ހާސް ބިދޭސީންވެސް އަލަށް އެތެރެވެވިއްޖެތާއެވެ. މަރުޙަބާއެވެ.