ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށަކަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.
28 އޮކްޓޯބަރ 2025 - 15:52
ރައީސްކަމުގެ ހުވާކުރެއްވި ފަހު، މިދިޔަ އެއް އަހަރާއި 11 މަސް ދުވަހުގެ ތެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފި އެވެ.
މިހާ ކުރު މުއްދަތެއްގައި ހުރިހާ ރަށަކަށް މީގެ ކުރިން ވަޑައިގަތް ރައީސަކީ މައުމޫން އަބްދުލްގައްޔޫމެވެ. އެ މަނިކުފާނު މީގެ 42 އަހަރު ކުރިން 1978 އިން 1983 އާ ދެމެދު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތެވެ.
ރައީސް މުއިއްޒު، ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭ ހުރިހާ ރަށަކަށް ވަޑައިގަތުން ފުރިހަމަވީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރިޔާސީ ދައުރު ތެރޭ ދެ ފަހަރު ވަޑައިގަތުމުގެ ވައުދާ އެއްގޮތަށް ޅ. އަދި ކ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު މެންދުރު ފަހު ތުލުސްދު އަށް ވަޑައިގަތުމާ އެކުގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. ތުލުސްދޫއަށް ވަޑައިގަތުމުން ރައްޔިތުން ނިކުމެ އެމަނިކުފާނާ ސަލާމް ކުރައްވަނީ.
ތުލުސްދު އަށް ވަޑައިގަތުމުން، ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ހުރިހާ ސިޓީއަކަށް ރައީސް މުއިއްޒަށް މަގާމުގެ ހައިސިއްޔަތުން ވަޑައިގެންނެވުނީ ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.
އެ އޮފީހުން ބުނީ ވެރިކަމުގެ ފުރަތަމަ އެއް އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ހުރިހާ ރަށަކަށް އެ މަނިކުފާނު ވަޑައިގެންފައިވާ ކަމަށާއި އެ މުއްދަތުގައި 63 ރަށަކަށް ދެވަނަ ފަހަރަށް ވެސް ޒިޔާރާތް ކުރައްވާފައިވާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. ތުލުސްދޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ގޮސް ތިބި ބަޔަކާ އެމަނިކުފާނު ސަލާމް ކުރައްވަނީ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒުގެ ދަތުރުފުޅުގެ ތެރެއިން ކޮންމެ ރަށެއްގެ ރައްޔިތުންނާ ވެސް ބައްދަލުކުރެއްވި ކަމަށާއި ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ވެރިންނާ ވެސް ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި ކޮންމެ ރަށެއްގައި ވެސް ތަަރައްގީގެ މަޝްރޫއުތައް ފެއްޓެވި ކަމަށާއި ބައެއް ރަށްރަށުގައި މަޝްރޫއުތައް ނިންމަވައި އިފްތިތާހު ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ހުރިހާ ރަށަކަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ދަތުރުފުޅު ކުރައްވައި ކޮންމެ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ފައްޓަވައި ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ ރާއްޖޭގެ އެންމެ މަތީވެރިއަކު ތާރީހުގައި ވެސް އަލަށް ކުރެއްވި މުހިއްމު ކަމެއްގެ ގޮތުގައި ރައީސް އޮފީހުން ސިފަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބެސްޓް
30 October 2025
ގަދަ ރައީސްއެއް!
އަމީން ފައިސަލް.
29 October 2025
މިހެންވެ ބުނަނީ ރަނގަޅު ވެރިން ހޮވިއްޖެ ނަމަ ރައްޔިތުން މަތިން ހަދާނެއް ނުނެތޭނެޔޭ. ހޮވުމުންވެސް ރައްޔިތުން ކައިރިޔަށް ދާ މަންޒަރު މި ފެންނަނީ.
ތިހާމް ހުސައިން
29 October 2025
ރައްޔިތުންގެ ރައީސްއެކޭ މިއީ. ރައްޔިތުން ކައިރިޔަށް މިދަނީ އަބަދުވެސް.
raajje
29 October 2025
އަޅުގަނޑުގެސުވާލަކީ ވަޢުދެއްވެގެންއިޝްތިހާރުކޮށްގެންނޫނީ ރައްޔިތުންނަށްދޭންޖެހޭހިދުމަތްދީގެންނުވޭތަ؟ ތަރައްގީގެ ޕުރޮޖެކުޓުތަކެއް ނުވަތަޕުލޭނެއްއޮންނާނެތާ، އެ ފޮލޯކޮށްބަލަ ކޮންހާވަޢުދެއްވާކަށްދޯ! ކަމެއްކުރަންނިންމާ އެކަންވުމުގެކުރިން މާބޮޑަށް އިޝްތިހާރުކުރުމަކީ ސިކުނޑިން ޑޮޕަމޭން އުފައްދާކަމެއް، އޭގެސަބަބުން އެކަންވުމުން ނުވަތަ ކުރެވުމުންލިބޭފަދަ ހިތްހަމަޖެހުމެއް އެކަންކުރާފަރާތައްލިބޭނެ، އެހެންވުމުން އެކަމެއްކުރަންދޭ ސަމާލުކަންގެއްލި ފަރުވާކުޑަވޭ
މެއްކު
29 October 2025
ރައީސްގެ ރިޔާސީ އެއްވައުދު އަނެއްކާވެސް ތިޔަ ފުއްދެވީ، ވައުދުގެ ފުއްދުމުގެ ނަތީޖާއަކީ ދައުލަތުގެ ބައިތުލްމާލުން އެތައް މިލިޔަން ރުފިޔާއެއް ޚަރަދުވުން، ރައްޔިތަކަށް ލިބުނު މޮޅެއް ގައުމަށް ވި ފައިދާއެއް ނެތް،
ދާއޫދު
29 October 2025
ތީ އުފާކުރަންޖެހޭ ކަމެއް ނޫން. ލަދު ކޮބާ؟ ތަކެތީގެ އަގު ދަނީ ބޮޑުވަމުން. ހުރިހަަކަމެއް ބޮއްސުންލަމުން.
ދާންދޫ
29 October 2025
ކޮން ލަދެއްގެ ވާހަކަ ތިޔަ ދައްކަނީ؟ ލަދުގަންނަންޖެހެނީ ކޮންކަމަކަށް؟ ރަށްތަކުގެ ރައްޔިތުންނަށް ރައީސްމީހާ ހަމަލޮލަަށް ފެނުމަކީވެސް ހާދަ އުފާވާކަމެކޭ. ދެންހެވޭ އެއްކަމެއް ނުވިއަސް
ކޮއްކޮމެން
29 October 2025
ތިޔަ ކުރެއްވިދަތުރުތަކުގެ ފީޑުބެކު ފެންނާނީ ދެއަހަރެއް ފަހުން. އޭރުން ރައްޔިތުން ނަތީޖާ ދައްކާނެ.
މަމެން
29 October 2025
ހައްހައްހާ! ކޮންފީޑްބެކެއް. މިހާރުވެސް ފީޑްބެކް ފެންނަން އެއޮތީ. ދެންއޮތީ ފަޅުރަށްތަކަށްކުރައްވާ ރަސްމީ ދަތުރުފުޅުތައް. ހަޖަމްކޮށްލައްވާ
މުޙައްމަ
29 October 2025
ތީ ދެން އެވަރުގެ ކަމެއްތަ ރައީސް އޮފީހުގައި ރައީސަކު ކުރާނެ މަސައްކަތެއް ނެތިއްޖެއްޔާ ތިހެން ރަށްރަށަށް ގޮސް ކައިބޮއިގެން އުޅެންވީނު ދޯ.. ހަމަޤަުއިމުވެސް ޒިންމާދާރު ރައީސަކަށް ތިޔަ ގޮތަކަށް ދަތުރު ތަކެއް ނުކުރެވޭނެ ޤަބޫލެއްނުކުރެވޭ.
ލުބްލާ2025
29 October 2025
އަސްލު އިހުލާސްތެރިކަމެއް އޮވެގެން ކުރި ދަތުރުތަކެއްތަ ނޫނީ ރިކޯޑު މުގުރާފަ ހެޑްލައިން ހަދަން ކުރި ދަތުރުތަކެއްތަ؟
އެކޮއި
29 October 2025
އެއް އަހަރާއި 11 މަސްތެރޭ ރެކޯޑެއް ޤާއިމުކޮށްފި. ތިޔަ ދަތުރުތަކަށް ކޮށްލި ޚަރަދުގެ ތަފްޞީލެއްވެސް ހާމަކޮށްލިނަމައެއްނުުން. އަދި ޤައުމުން ބޭރަށްވެސް ތިވަރަށް ދަތުރުކުރި ބޭފުޅަކު ވެރިކަމަށް ނާދޭ. އޭގެވެސް ޚަރަދު ތަފްޞީލު ހާމަކޮށްލިނަމަ ވަރަށް ސަޅިވީސް. މިހާ ޚަރަދުބޮޑު ތާކުންތާކުނުޖެހޭ ވެރިކަމެއް އަދިނުފެނޭ.