ރައީސް ތުލުސްދޫއަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ދަންނަވަނީ: އެރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް
28 އޮކްޓޯބަރ 2025 - 16:09
އެކި ރަށްރަށުގެ މީހުން އާބާދުކޮށްފައިވާ ކ. ތުލުސްދޫއަށް އިތުރަށް މީހުން އެއްފަސް ކުރާނީ އެ ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖައްސައި ދިނުމަށްފަހު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބައެއް ރަށްތަކަށް ރައީސް ފެށްޓެވި ދަތުރުފުޅުގެ އެންމެފަހު މަންޒިލެއްގެ ގޮތުގައި މިއަދު ތުލުސްދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ އެ ރަށުގައި ދެން އެންމެ އަވަހަށް ކުރިއަށް ގެންދަން އޮތް މަޝްރޫއުއަކީ މަގު ހެދުމުގެ މަޝްރޫއު ކަމަށާއި އެކަން ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ.
އެ މަގުތައް ހެދުމަކީ އެ ރަށުގެ ރައްޔިތުންނާއި ރަށަށް ހިޖުރަކުރާ މީހުންނަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހިއްކާފައި އޮތް ބިމުން ގޯތި ދޫކޮށް، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ ވެސް ރައްޔިތުން ބޭނުންވާ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެކަމާ ގުޅިގެން ކަންތައްތަކެއް ރާވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އާބާދީ އެއްފަސްކުރުމުގައި ތުލުސްދޫއަކީ ކާމިޔާބު ރަށެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްފަހު، ޖާގަ އޮތް މިންވަރަކުން ތުލުސްދޫއަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތައް އެރަށަށް ގެންދިއުމަކީ ސަރުކާރުން ބޭނުންވާ ކަމެއް ކަމަށެވެ.
"މި ރަށަކީ އާބާދީ އާއި އެއްފަސްކުރުމުގައި ވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ރަށެއް. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިގޮތަށް ތަރުހީބުދޭ ވެލްކަމްކުރާ ރައްޔިތުންތަކެއް އުޅޭ ރަށެއްކަން އަޅުގަނޑަށް އެނގޭ،" އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އާބާދީ އެއްފަސް ކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ތުލުސްދޫގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށެވެ.
"އޭގެ އިތުރަށް ދެން ޖާގަ އޮތް މިންވަރަކުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބޭނުންވަނީ އިތުރަށް ވެސް އާބާދީ އާއި ތަަރައްގީ އެއްފަސްކުރުމުގެ މަޝްރޫއުތައް މި ރަށުގައި ހިންގަން. އެކަން ކުރިއަށް ގެންދާނީ މި ރަށުގެ ރައްޔިތުންގެ މަޝްވަރާ އާއި ހިޔާލާ އެއްގޮތަށް."
ގެސްޓްހައުސްގެ ވިޔަފާރި ވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ތުލުސްދޫއަކީ މިހާރު ވެސް އެހެން ބައެއް ރަށްރަށުގެ މީހުން އާބާދުވެ އުޅެމުން އަންނަ ރަށެކެވެ.
ރައީސް ވަނީ ތުލުސްދޫގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އެޅުމާއި އެރަށުގެ ހުޅަނގު ފަރާތުގައި އިތުރު ބަނދަރެއް އެޅުމާއި ބީއެމްއެލްގެ ބްރާންޗަކާއި ޑޮލަރު އޭޓީއެމްއެއް ވެސް އެރަށުގައި ގާއިމުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތިބިޔާން މުހައްމަދު
29 October 2025
މިގައުމުގައި އައި އެއްމެ ޕްލޭނާއެއްކޮށް ކަންކަން ރާޥާ ވެރިޔަކަށް ހުރީ ޑރ.މުއިޒް. އެނޫން ވެރިޔެއް ނުދެކެން ރައްޔިތުން އެދޭ ގޮތަށް ކަންކަން ހަމަޔަކަށް އަޅުވަން އުޅޭ ވެރިޔެއް. ރައްޔިތުންގެ އަޑު އެބަ އެހާ
އަފާފް ސައީދު
29 October 2025
މިސަރުކާރުން ކަންކަން ކުރަނީ ރަނގަަޅަށް. ވަރަށް ތަރުތީބު އަސްލު ކަންކަން ދާގޮތް.
ބޭބެގެ ނަސޭހަތް
29 October 2025
މީ ޖޯކު ޖަހަންވީކަމެއްނޫން. މިހާރުވެސް ރަތްމަންދޫ މީހުން ތިރަށަށްދާން ރައީސަށް ކުރި އާދޭހުގެ އަޑުއަހާފައި މަށަށްވެސް ރޮވުނު. އެންމެ މުދާ ގިނަވާނީ ތިމަންނަގެއޭ 4 ކޮޓަރީގެ 4 ގެ ހުންނާނެއޭ ބުނިމީހާގެ ގޯތީގައި ގެއެއް ނުހުރެއޭ މީހަކުބުނާތީއެހިން. އޭނަގެގޯތީގައި ހުންނަނީ ގުދަނެކޯ. ކޮންމެސްމީހަކު މިކަންބަލާލާފަ ރިޕްލައިކޮށްލަބަލަ މިކޮމެންޓަށް. ތުލުސްދޫ މީހުން ރެޑީވޭ މަރްހަބާކިޔަން. އެމީހުން ހަމަ ރޮނީ ޕލޒ ޕލޒ
އަސް
28 October 2025
ފަލާހު އޯކޭ ވީތޯ ހިލޭ ބިންދޭން، ތީކީ ބިން އަގު ހެޔޮރަށެއްނޫން.
ޢަރުތަ
28 October 2025
އެމަނިކުފާނު ވިދާޅުވީ "ހިއްކާފައި އޮތް ބިމުން ގޯތި ދޫކޮށް، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ ވެސް ރައްޔިތުން ބޭނުންވާ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެކަމާ ގުޅިގެން ކަންތައްތަކެއް ރާވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ". މިހާރުވެސް ހިއްކާފަ އޮތް ބިމުން ގޯތި ދެމުން އަންނަކަން ރައީސް އަށް ހަމަ ނޭގެނީބާ، ނޫނީ އިތުރު ފުޅެއް ހައްދަވާލީބާ!
އަނެއްކާ ޓަނަލް ނިންމަން އޮއްވަ ؟
28 October 2025
ރައީސް ނަޝީދުގެ ތަސައްވުރު އެފަޅިޔަށް އެންމެ ރަނގަޅީ
ކައްޒާބުދޮންތުއްތު
28 October 2025
ބަލަ ކީއްވެހޭ އެހެން ރަށްރަށުމީހުން ތުލުސްދޫއަށް އަންނަންޖެހެނީ. އޭޓީއެމާ މަލްޓިޕާޕާސް ހޯލާ އެއާޕޯޓާ ހެލުކޮޕްޓަރުތައް ޖައްސާ ޕުލެޓުފޯމުތައް ހުއްޓާ ތުލުސްދޫއަށް ދާންޖެހޭ ސަބަބެއް ނުވިސްނޭ.
އަފްރާސިޔާބު
28 October 2025
އެއީ އެރަށްތަށުގެ މީހުންނަށް ތަރައްގީ ގެނެސް ދޭނަމޭ ބުނީމާ އެމީހުން ހެވިފައި ވޯޓުދޭނެތީ އެކަންކަން ވެދާނޭކަމަށް ބަލައި. ކުރީސަރުކާރުތަކުން ހިއްކާފައި ފަށާފައިވާ މަސައްކަތްތައް ފެނުނީމާ އެރަށަށް އެހެން މީހުން ބަދަލު ކުރުމަކީ ކުރެވިދާނެ ކަމަށް ބަލާފައި.
ދޮންކަރާ
28 October 2025
ހިލޭބާ ދެނީ؟ ޕީއެންސީ ލީޑަރު ވިދާޅުވީ ހިލޭ ދޭ ބިންތައް އަތުލަން ޖެހެޔޯ! އޭރުންނޯ ދައުލަތައް ބިލިއަނުން ފައިދާވާނީ.
ޢަރުތަ
28 October 2025
ހިއްކި ބިމުން މިހާރުވެސް އަންނަނީ ގޯތި ދެމުން، މުޑިބުރި ޖަހާ އިންވަކިކޮށް ރޯނުވެސް އެހެރީ ދަމާފަ ހަމަ ހިލޭ، ތުލުސދޫއިން ހިލޭ ބިންދެވޭ، މާލެ ސަރަހަދުން (ހުޅުމާލެ) ހިލޭ ބިން ދިނުމަކީ ޤާނޫނީ ކުށެއް.
އަފްރާސިޔާބު
28 October 2025
އެއީ ކުރީސަރުކާރުން ހިއްކާފައިވާ ތަންތަންވީމާ ހިލޭދެނީ. މިސަރުކާރުން ހިއްކާތަންތަން ވިއްކާނީ. ނުދޭނަން ހިލޭއަކު.
އެކްސް މޭޔަރު
29 October 2025
މިސަރުކާރަށް އިނގޭނެ ވަރަށް ރަނގަޅަށް، ޕާކިން އިން ޖެނެރޭޓްކުރެވުނު ވަރުވެސް. އެހެންވީމަ ކިހިނެއް އެހާފަސޭހައިން ދޫކޮށްލާނީ.
ވައުދުފުޅު
28 October 2025
ވާހަކަ މަދުކުރައްވާ އަމަލުން ނިކަން ދައްކަބަލަ
ރަށްވެހި
28 October 2025
ތިލަހިސާބު އެއްކޮށް ހިއްކާލީމަ ފުންހިސާބު އެއޮތީ ގުދުރަތީ ބަނދަރަކަށްވެފަ.