ޕްލާސްޓިކް ތަށިތަކެއް ބަހައްޓާފައި: ހުޅުމާލޭ ގޮނޑުދޮށް ސާފުކޮށް ދެ ޓަނުގެ ކުނި ވަނީ ނަގާފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
07 އޮކްޓޯބަރ 2025 - 12:24
ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރުމަށް ހިންގި ހަރަކާތެއްގައި 2 ޓަނުގެ ކުނި ނަގާފައިވާ ކަމަށް އެ ރަށް ބަލަހައްޓަމުން އަންނަ އެޗްޑީސީން ބުނެފި އެވެ.
އެޗްޑީސީން ބުނީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް އާއި ޕާލޭ މޯލްޑިވްސްއާ ގުޅިގެން ހިންގި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން 2.1 ޓަނުގެ ކުނި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ނަގާފައިވާ ކަމަށެވެ.
އެޗްޑީސީން އާންމުކުރި ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ގޮނޑުދޮށުން ވަނީ 252.7 ކިލޯގެ ރިސައިކަލް ކުރެވޭ ޕްލާސްޓިކް ނަގައިފަ އެވެ. އެހެނިހެން ޕްލާސްޓިކްގެ ގޮތުގައި 115 ކިލޯގެ ސާމާނާއި ދަގަނޑު ނުވަތަ އެލުމިނިއަމްގެ ބާވަތްތައް ހިމެނޭ 63 ކިލޯގެ ސާމާނު ނަގާފައިވެ އެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ ހަރަކާތުގައި 52 ކިލޯގެ ބިއްލޫރި އާއި އެހެނިހެން ކުނީގެ 1.6 ޓަނުގެ ކުނި ހުޅުމާލެ އިން ނަގާފައިވެ އެވެ.
Together, we made our coastlines cleaner through Coastal Clean-up 2025.
— Housing Development Corporation (@hdcmaldives) October 6, 2025
Heartfelt thanks to @MOPAMaldives , @parleymv and Ripple Effect for their valuable assistance in effectively segregating the collected waste.#NationalTourismDay#CoastalCleanup2025#DhuniyeMagey#WithHDC pic.twitter.com/WHt0rqe2nW
އެ ހަރަކާތުގައި ހުޅުމާލޭގެ ފޭސް 1 އާއި ހުޅުމާލޭ 2 ގެ މޫދު ކައިރި އާއި ބްރިޖު ހިމެނޭ ސަރަހައްދު ސާފުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަހުރުވެރިވޭ
08 October 2025
ދިވެހީންނަކީ ސެންޓަށް ބޮޑު ޚަރަދުކޮށް އައްޗިކޮށް އުޅޭ ބައެއް. ޖެހުނު ތަނަކަށް ކުނި އަޅަމުން، އަރިދަފުސް ފޮޅަމުން ކުޅު ޖަހަމުން އުޅޭ ފަހުރުވެރި ބައެއް. ކީއްތަވާނީ ކޮންމެ މީހަކުވެސް އެމީހެއްގެ ސިޓިންރޫމަށް ނުންޏާއި ކުޅާއި އަރިދަފުސް ފޮޅާނަމަ.
ކަތުރު123
08 October 2025
ތިކަމުން ދޭހަ ވަނީ އެޗްޑީސީ ގެ ނާގާބިލުކަން. ޙުޅުމާލޭގެ ގޮނޑުދޮށް ހިމެނޭހެން ކުނިކަހައި ސާފް ކުރުމަށް ގިނަބައިވަރު މުވައްޒަފުން ތިބޭ. އަދި ހަމަ އެވަރަށް ސުޕަވަޒަރުން ވެސް ތިބޭ. ކީއްބާ އެމީހުން ކުރަނީ؟
އާދަނު33
07 October 2025
ދިވެހީން ތަހުޒީބުވެފައިވާ މިންވަރު ހުޅުމާލޭ ގޮނޑުދޮށުންނާއި ކޮފީ ހަޓުތަށް ކައިރިންފެނެއެވެ.
ހާދަމަދޭ
07 October 2025
އިހަކަށް ދުވަހު އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ނިކުމެ 4000 އަކަފޫޓޫ ސަރަހައްދެއް ސާފުކޮށް 250 ޓަނު ކުނި ކުނިކޮށްޓައް ޖަމާކުރި. އެސިޓީގައި ހުންނަ ގަހުން ފައިބާ ފަތްތަކާއި ގްރީންވޭސްޓް ނިކަން ބަރުކަމަށް ބުނާތީ އިވޭ. ރައްޔިތުން ވާވައްދަން ކައުންސިލް އިން ރަސްމީކޮށް މިފަދަ މައުލޫމާތު ފަތުރާއިރު ހުޅުމާލެއިން މިލިއަން ޓަނު ނެގިކަމަށް އެޗްޑީސީއިންވެސް ބުނަންވީތާ.
ރެގިސްޓްރާ.
07 October 2025
ގޮޑުކުރާ އާބާދި އެރުވީމ ވާނީ އެހެން.
ރާވެރިބެ
07 October 2025
ގޮޑުދޮށަށާ އެތަން މިތަނަށް ކުނިއަޅާފަ މިގޮތަށް ދޭތެރެ ދޭތެރެ އިން ޓަނު ޓަނުން ކުނިނެގުން ހުއްޓެން ޖެހޭ. އެމީހަކު ކާއެއްޗެއް ނުވަތަ ބޯ އެއްޗެއް އަޅާފަ ހުރި ކޮތަޅު ނުވަތަ އެހެނިހެން ކުނި އެމީހަކު ޖެހެނީ ކުނި އަޅާ އެއްޗެއް ފެންނަންދެން އެމީހަކުގެ އަތުގަ ގެންގުޅެން. ތަންތަނަށް ކުނި އަޅާމީހުން ވަގުތުން ޖުރިމާނާކޮށް ފައިސާ އަތުލެވޭނެ ގާނޫނޭއް ވަރަށް ބޭނުން. ފުލުހުން ކުރަންވީ ކަމަކީ މިއީ. މީހުން މުޒާހަރާ ކުރީމަ ހުރަސް އަޅަންވީކީ ނުން.
ހަމީރާ
07 October 2025
ގޮނޑުދޮއްތައް ގޮނޑުކުރަނީ އަމިއްލައަށް. ކައިރިގައި ޑަސްބިން ހުއްޓަސް ޑަސްބިނަށް ނުލާނެ. ބަންގްލަދޭސް ދިވެހިން އިންޑިއަން ނޭޕަލް ސޭމް. ޔޫރަޕް މިހުން ކުނި ނާޅާ.
ކިހާދެރަ
07 October 2025
ތަރުބިއްޔަތެއް ، ތަހުޒީބެނެތް ޖީލެއް މިއޮތީ އުފެދިފައެވެ. ކިޔެވިކިޔެވިހެން ވަނީ ކާފަރޭ ކިޔާއަޑުއިވެއެވެ. ތިފެންނަނީ އުނގެނޭ ތަޢުލީމަކީ އެއްވެސް ތަރުބިއްޔަތެއްނެތް އެއްޗެއްކަމަށް ވެފައި، ތަންފީޒީ އިދާރާތައް ފެއިލްވެފައިވާ މަންޒަރެވެ. ތަރުބިއްޔަތެއްނެތި ދެވޭ ތަޢުލީމައި، ތަންފީޒުނުކުރެވޭ އިދާރާތައް ހުުންނަތަން ތަން ގާއި އޮންނާނީ ވަލުޖަނަވާރުގެ އުސޫލެވެ.
ބަސް
07 October 2025
މީގެއިންދޭހަވަނީ ފަރުދުން ގެ ގައިގައި ޒިންމާ އުފުލުމާއި، ރިވެތި އަޚްލާު އަށަގެންފައި ނެއް މިންވަރެވެ. ތަހުޒޯބުގެ މަގަށް މީހުން ހޭލުން ތެރި ކުރުވުމަށް 1980 ގައި ސިންގަޕޫރުން ހިންގި ކަހަލަ ކާރޓަސީ ކެމްޕެއިން ކެންޑިނޭޅި ހިންގަންޖެހޭ.
ގޮނޑު
07 October 2025
ދިވެހިން ކިޔަވައިގެން ދަސްކޮށްގެން މިކުރަނީ ނުބައިކަމެއްކަން ގޯސްކަމެއްކަން ރަނގަޅަށް އެނގިތިބެގެން ކުނި އަޅަނީ. ނޭނގިގެނެއް ނޫން. ނުބައިނުލަފާ ކަމުން. ގޮތްކުޑަކަމުން. ބިދޭސީން ކިތަންމެ ޖާހިލު ނަމަވެސް، ދިވެހިން މިގައުމުގައި ސާފުތާހިރުކޮށް އުޅޭނަމަ އެމީހުންނަށް ދަސްވާނީ ސާފުތާހިރުކޮށް އުޅެން. ލެއްވިހައި ކުލައަކާއި މީރުވަސް ދުވާހައި ސެންޓެއް ޖަހައިގެން ގޮސް ތިބެގެން ތަންތަނަށް ކުނި އަޅައި ގޮނޑަކަށް ހަދަނީ ހަމަ ދިވެހިން.