ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާ މީހުންގެ ގުރު އިސްކާމިކް މިނިސްޓްރީގެ އޮފިޝަލުން މިއަދު ނަގަނީ.---ފޮޓޯ: ފަޔާޒް މޫސާ | މިހާރު
09 އޮކްޓޯބަރ 2025 - 15:10
ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު ހައްޖަށް ފޮނުވާ މީހުން މިއަދު ގުރުއަތުން ކަނޑައަޅައިފި އެވެ.
ކުރިއަށް އޮތް ފަސް އަހަރު ދުވަހު 1،000 މީހުން ދިވެހި ސަރުކާރުގެ ހަރަދުގައި ހިލޭ ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. އެހެންވެ، ސަރުކާރުގެ ހަރަދުގައި ފަގީރުން ހިލޭ ހައްޖަށް ފޮނުވަން ފެށީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ވަނީ 50 މީހުން ފޮނުވައިފަ އެވެ.
މިއަހަރު ހައްޖަށް ފޮނުވާ 50 މީހުން ކަނޑައަޅަން މިއަދު ގުރުއަތު ނެގީ އިސްލާމީ މަރުކަޒުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާ މީހުންގެ ގުރު އިސްކާމިކް މިނިސްޓްރީގެ އޮފިޝަލުން މިއަދު ނަގަނީ.---ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިނިސްޓްރީން ބުނީ ގުރުއަތު ނެގީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން މިއަހަރު މުދަލު ޒަކާތް ބެހިއިރު އެ ލިސްޓުގައި ތިބި 2،853 މީހުންގެ ތެރެއިން އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ކަމަށެވެ.
ފަގީރުންގެ ލިސްޓުގައި އެ އުމުރުގެ މީހުންގެ ގޮތުގައި ތިބީ 433 މީހުންނެވެ. ނަމަވެސް ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ 63 މީހުންނާއި ސިއްހީގޮތުން ގާބިލްކަން ނެތް 103 މީހަކު ލިސްޓުން އުނިކޮށްފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެހެންވެ، ގުރުއަތު ނެގީ 267 މީހުންގެ މެދުގަ އެވެ.
ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާ މީހުންގެ ގުރު އިސްކާމިކް މިނިސްޓްރީގެ އޮފިޝަލުން މިއަދު ނަގަނީ.---ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ނަމަވެސް ގުރުއަތުން ހޮވުނު 50 މީހުންގެ ތެރެއިން އެއްވެސް މީހަކަށް ހައްޖަށް ނުދެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ފުރުސަތު ދޭނެ އިތުރު 25 މީހަކު ކަނޑައަޅަން ވެސް މިއަދު ވަނީ ގުރުއަތު ނަގައިފަ އެވެ.
މިނިސްޓްރީން ބުނީ މިފަހަރު ލިސްޓުގައި ތިބި މީހުންނަކީ ފަގީރުންގެ ތެރެއިން ހައްޖަށް ދިއުމަށް ޝަރުތު ހަމަވާ މީހުންތޯ ރަށްރަށުގެ ކައުންސިލްތަކުން ޔަގީން ކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް މާލެ އައުމުގެ ދަތުރުފަތުރުތަކުގެ ހަރަދާއި ހައްޖަށް ފުރަން މާލެ އައިސް ތިބޭ ތަނަށް ދައްކަންޖެހޭ ފައިސާ ވެސް ސަރުކާރުން ދައްކައިދެ އެވެ.
މިނިސްޓްރީން ބުނީ ގުރުއަތުން ހޮވުނު ފަރާތްތަކުގެ ލިސްޓާ މެދު އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިލާސާ
11 October 2025
ދައުލަތުގެ ފައިސާ އަކީ އަހަރެންވެސް ހިއްސާވާ ފައިސާ ،މަ ރުހޭކަމެްނޫން ތިގޮތަށް ފައިސާހަރަދުކުރަން. ތީ ތިކަން އޮންނަގޮތެއްނޫން.
އަބްޑޫޅް +
10 October 2025
މިހާރު ކަލޭމެން "ގުރު ނެގުން" ހުއްޓާލީތަ؟ ގުރު ނަގައިގެން ދިޔުމުގެ ބަދަލުގަ، ގުރު އަތުލައިގަނެގެން ފިލައިގެން ދިޔުން ފަހަރެއްގަ ރަނގަޅު ވެދާނެ.
ޢަޒްލާ
10 October 2025
މީގަ ފަގީރު މީހާއަކީ ކާކުތޯ އެގެން އެބަޖެހޭ މީހަކާ އިނދެގެން ބޮޑެތި ދަރިންތިބި މީހުން ފަގީރު ވަނޤޏާ މަސައްކަތެއް ނުކޮށް ތިބޭ އެންމެނަކީވެސް ފަގީރުން ފުރަތަމަ ފަގީރުން ކަމަށް ކަނޑައަޅާ އުސޫލެއް މުޅިމީޑިއާގަ އިޢުލާން ކޮއްބަލަ
ދަލޭކަ ގޯތި މުހަންމާ
09 October 2025
ދީނުގައި ހައްޖު އޮންނަނީ ކެރި ކުޅަދާނެކަން ލިބިހުރި މީހާއަށް. މިގޮތަށް ހައްޖު ކުރެވޭނެތޯ ފަތުވާ ކޮމެޓީއަށް ލިޔަން ފެނޭ.
އުދުހޭ
09 October 2025
ސަރުކާރު ބޮޑުތަނުން ދަރައި ބިލްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކި އެތަށް މަހެއްވެގެންދާ ހާލަތުގައި އޮއްވާ ހައްޖަށް ފޮނުވުމަކީ އެންމެ ރަގަޅުގޮތް ކަމަކަށް ނުވިސްނޭ. ދީނީ ބޭފުޅަކު މިކަތް އޮތްގޮތް ސާފުކޮށްދީބަލަ.
އެޗް އެމް
09 October 2025
ގުރު ނަގައިގެން ކުރާ ހައްޖު ކަމުދޭތަ؟
raajje
09 October 2025
5 ލައްކަވެސް ހަމަނުވާ ގައުމެއްގަ އެވަރުގެބޮޑު ޓުއަރިޒަމް އިންޑަސްޓުރީއެއްއޮތްއިރު ވަކިބަޔަކުހޮވަންޖެހޭތަ ހައްޖަށްފޮނުވަން؟؟ ގައިބާރުދޫވެ މީހާބުރާންތިނާރަނީސް މިސާލަކަށް 45 އަހަރުފުރިފާވާ ކޮންމެދިވެހިރައްޔިތަކަށްވެސް ސަރުކާރުގެ ހަރަދުގައި އެމީހަކުދާންބޭނުންނަމަ ހައްޖަށްދެވެންވާނެ، ނުފޮނުވޭންވީސަބަބެއްނެތް، ވާގޮތަކީ ރާއްޖޭގައިއެއްވެސްކަމެއް ދިވެހިންނަށްއެންމެފައިދާހުރިގޮތަށް މެނޭޖުކުރެވެމަކުންނުދޭ، ރިޒޯޓުތަކުގެވެސްކޮންޓުރޯލްއޮތީބޭރުކުންފުނިތަކުގަ
އަބްދުﷲ.
09 October 2025
ސަރުކާރުން ހައްޖަށް ފޮނުވާ ބަޔަކު ފޮނުވާށެވެ. ނަމަވެސް ހައްޖު ކިއުގެ ކުރިއަށް ލައިގެން ނުވާނެއެވެ. ހައްޖު ކިއުގައި މިތިބީ މުއްސަދިންނެއް ނޫނެވެ. ވަރަށް ދުވަހު ވަރަށް ބުރަކޮށް މަސައްކަތްކޮށް ވަރަށް ހާލުން އެއްކުރި ފައިސާ ދައްކައިގެން ކިއުގައި ޖެހިގެންތިބި ނިކަމެތިންނެވެ. އެހެންކަމުން ވަކިބަޔަކު ކިއުގެ ކުރިއަށް ލުމަކީ ސަރުކާރުން ކުރާ ވަރަށް ބޭއިންސާފު އަމަލެކެވެ. ކަނޑައެޅިގެންދޭ އަނިޔާއެކެވެ.
ޞަލާހު
09 October 2025
ޙައްޖަށް އަވަހަށް ދާންބޭނުން ނަމަ މި ގައުމުގައި ކަންކުރާން އޮތް މަގީ ތިމާ އުޅޭ ވަޒީފާއަކުން ކެނޑި، މަގުމަތީ ސަލާންޖަހައިގެން ލިބޭ ކާއެތިކޮޅަކުންނާއި އުނު އޮރިޔާން ނިވާކޮއްލަން މީހުން ދިއްކޮއްލާ ހެދުމަކުން ފުއްދާލައިގެން ހައްޖައް ދެވެންދެން ފަގީރުކަންމަތީއުޅެ ތި ބުނާ ލިސްޓެއްގައި އަވަހައް ޖެހުމެވެ.
ސަސި.
09 October 2025
ހައްޖު ވާޖިބު ނުވާ ބަޔަކު އެތަށް ހާސް ބަޔަކު ހައްޖައްދާން ފައިސާދައއްކާ ކިޔުގަ ތިބިއިރު އިތުރަށް އެންމެޖާގައެއްގެ ނުހޯދޭއިރު ކެމްޕެއިން ވައުދު ފުއްދަން މިކަން ކުރުމަކީ ދެރަކަމަެއް.
ވޒދވދސ
09 October 2025
ޙައްޖު ވާޖިބު ނުވާކަން އެނގެނީ ކިހިނެތް
ރިޕްލައިންގ ޓު ވޒދވދސ
09 October 2025
ޙައްޖު ވާޖިބު ވަނީ ޙައްޖަށްދާނޭ މާލީ ތަނަވަސްކަން ހުންނަ މީހާ އަށް. ފަޤީރުން ފަޤީރުންނަށް ވަނީ އެ ތަނަވަސްކަން އެމީހުންގެ ނެތީމަ. ވީމާ ފަޤީރުންނަށް ޙައްޖު ވާޖިބެއް ނުވާނެ.
raajje
09 October 2025
ވޒދވދސ: ސަރުކާރުގެހަރަދުގައި ހައްޖަށްފޮނުވާމީހުންނަކީ ހައްޖުވާޖިބުވާނެބައެއްނޫންކަން އެއްވެސްއޮޅުމެއްނެތި ވަރަށްސާފުދޯ، އެއީ ހައްޖުވާޖިބުވަނީ އެމީހެއްގެކިބައިގާ ހައްޖަށްދިއުމުގެ ތަނަވަސްކަންހުރީމަކަމަށްވާތީ، ސަރުކާރުގެ ހަރަދުގައި ހައްޖަށްދިއުންވާޖިބެއްނޫން، ނަމަވެސް މިގޮތަށްވެސް ގޮސް ކުރާހައްޖު ހަމަރަނގަޅުވާނެ، ވާޖިބުވާނީތަނަވަސްކަންހުރިނަމަ، އަމިއްލައަށް ފައިސާދެއްކޭވަރުގެ ތަނަވަސްކަންހުރެ ސިއްހަތުތަންދޭނަމަ މިފަދަމީހުނަށް ހައްޖުވާޖިބުވާނެ
ބައިކތޔބގރ
09 October 2025
ރިޕްލައިންގ ޓު ވޒދވދސ އަށް. ފަގީރު މީހާޔަށް ހައްޖަށް ދާނެ ފުރުސަތު ފަހިވުމުން އޭނަގެ އެ ކެރިކުޅަދާނަކަން އެހުރީ ލިބިފައި. އޭނަގެ މައްޗަށް ހައްޖު ވާޖިބުވާނެ އޭރުން.