09 އޮކްޓޯބަރ 2025 - 20:14
އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނުން އެ ގައުމުގެ އަމިއްލަ ދަނޑުގައި ކުޅޭ 2-0 ން ރާއްޖެ ބަލިކޮށްފި އެވެ.
ތަޖިކިސްތާނުގެ ދެ ލަނޑު ވެސް އެ ޓީމުން ޖެހީ ފުރަތަމަ ހާފުގަ އެވެ.
އެ ޓީމުގެ ފުރަތަމަ ލަނޑު އަށްވަނަ މިނެޓްގައި ޖެހީ ޝަހްރާމް ސެމިއޭވް އެވެ. އޭނާ ލަނޑު ޖެހީ ރުސްތަމް ސޮރިއޭވް ނަގައިދިން ބޯޅައިންނެވެ.
އެ ޓީމުގެ އާ ކޯޗު ގޯރާން ސްޓެވާނޮވިޗް މަގާމާ ހަވާލުވެ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން މަސައްކަތް ކުރީ މަތިން ބޯޅަތަކެއް ދީގެން ހަމަލާ އުފެއްދުމަށެވެ.
އެ ބޯޅަތައް ދިފާއުކުރުމުގައި ރާއްޖޭގެ ޑިފެންޑަރު އަދި ކެޕްޓަން ސަމޫހް އަލީ (ސަމުއްޓޭ) އާއި ކީޕަރު މުހައްމަދު ފައިސަލު ވެސް ރަނގަޅު ސޭވްތަކެއް ދޭތެރެ ދޭތެރެއިން ކުރި އެވެ.
ތަޖިކިސްތާނުގެ ދެވަނަ ލަނޑު މެޗުގެ 30 ވަނަ މިނެޓްގައި ޖެހީ ޝަބާނީ މަބާތުޝޯވް އެވެ.
ދެވަނަ ހާފުގައި ތަޖިކިސްތާނުން ކުޅުނީ ހަމަޖެހިލައިގެން ތިބެ އެވެ. ފުރަތަމަ ހާފުގައި ރާއްޖޭގެ ފަހަތަށް ބާރުބޮޑު ކުރި ވަރަށް ވުރެ ދެވަނަ ހާފުގައި އެ ޓީމުން އުފެއްދި ހަމަލާތަށް ވެސް މަދެވެ.
މުޅި މެޗުގައި ވެސް ރާއްޖޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ހަސަން ރާއިފް އަހްމަދު (ހަންނަ) އޭރިއާގެ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.
ދެވަނަ ހާފުގައި ތަޖިކިސްތާނުގެ ހަމަލާތައް ދިފާއުކުރަން ފައިސަލް ރަނގަޅު މަސައްކަތެއް ކުރި އެވެ.
މި ދެ ޓީމުގެ ދެވަނަ ލެގް މެޗުގައި އަންނަ އަންގާރަ ދުވަހު ކުޅޭނީ މާލޭގަ އެވެ.
ކޮލިފައިންގައި ރާއްޖެ އާއި ތަޖިކިސްތާނު ހިމެނޭ ގުރޫޕްގައި ދެން އޮތީ ފިލިޕީންސާއި ޓިމޯލެސްޓޭ އެވެ.
މިއަދު ފިލިޕީންސުން ޓިމޯލިސްޓޭ ބަލި ކުރީ 4-1 ންނެވެ. ފިލިޕީންސާއި ތަޖިކިސްތާނުން ވެސް ވަނީ ނުވަ ޕޮއިންޓް ހޯދާފަ އެވެ. ފިލިޕީންސުން އެއްވަނައިގައި އޮތީ ފައިދާ ލަނޑުން ކުރި ލިބޭތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުރުމަގު
10 October 2025
ހަގީގަތަށް ބުނާނަމަ، ރާއްޖެ މެޗަކުން ބަލިވީމަ ކޯޗުންނަށް ކުޅުންތެރިންނަށް އެކަނި ފާޑުކިއުން އިންސާފެއް ނޫން. އެފްއޭއެމް ގެ ލީޑަރޝިޕުން ހިންގި ކަރަޕްޝަނުގެ ސަބަބުން މުޅި ފުޓުބޯޅަ އޮތީ ވަޅުޖަހާފަ. ވާދަވެރި ލީގެއް ނެތް. ގައުމީޓީމު ނަގަނީ ލީގުގެ ތެރެއިން. މިކަންކަމަށް ބެލުމެއް ނެތި މެޗަށް އެކަނި ފޯކަސްކުރުމަކީ ނޭފަތުކުރިއަށްވިސްނުން. އުއްމީދުކުރަނީ އާލީޑަރޝިޕުން ފުޓުބޯޅައަށް ކުރިއެރުން ގެންނާނެކަމަށް.
ކައްޕި19
10 October 2025
ހެއޮނުވާނެ! ތިކަންދެންހުއްޓާލާފަ ރާއްޖެއައިސް ފުޓްސަލް ނޫނީ ހޭންޑްބޯލް މުބާރާތްތަކުގައި ބައިވެރިވޭ! ބޮޑުބޯޅަ ކުޅޭނެކަމެެއްނެތް! ޕްރެކްޓިސް ނިންމާލާފައި މަސްބުރި ރިހަޔާރޮއްޓާއި 2 ފޮށި ސިނގެރޭޓްބޮއެެގެން އުޅެވޭވަރަށް ފިޓްނަސް ބެހެއްޓީމަ ހުންނާނީ ރަނގަޅަށް!
އަބުޖީ
10 October 2025
ރާއްޖެ މި ކުޅޭ ގޮތް ގަނޑު ބަދަލު ކޮށްބަލަ. އަސްލު ރާއްޖެ އަށް ވެފަ މިއޮތް ގޮތަކީ، އައްޑިހައިގެ ފަހުކޮޅާއި، ނުވަދިހައިގެ ކުރީކޮޅު، ރާއްޖޭގެ ފުޓްބޯޅަ ކުޅެން އުޅުނު ބަޔަކު އެބަޔަކު ކޮންޓްރޯލް ދަށަށް ގެނެސްގެން އުޅޭ ކަމެއް. އެމީހުން ކުޅޭ ސްޓައިލަށް ކުޅެން މިޖެހެނީ. މޮޅެތި އެކަޑަމީ ތަކެއް ހަދައިގެން، ކޮން ކަމެއް ވަނީ. އެތާ އެކަޑަމީ ތަކުގަވެސް، ކޯޗުން ނަށް މި ތިބެނީ ، މި ބުނާ ސްޓައިލްގެ މީހުން. ހަމައަށް 2 ޕާސް ނުޖެހޭ. ކީއްކުރަން ކުރާ ކަމެއްތަ މީ...
މަހިބަދޫ ކަންނެލި ކީޕަރު
10 October 2025
ގުރު ލައިގެން މޮޅެއް ނުވި ދޯ މިފަހަރަކު. ޕަކާސް. އޯކޭވާނެ. އަދިވެސް އޮފިޝަލުން ކޮޅު މަދުހެން މަށަށް ހީވަނީ. ގޯލް ކީޕިން ޓްރޭނަރުންނަށްވެސް ރިޓަޔާ ކޮށްފަ ތިބި ހުރިހާ ކީޕަރުން ލައިބަލަ.
ބިލަރޫސީ
10 October 2025
ރާއްޖެއަކަށް ހަޤޤީ ކާމިޔާބެއްނުލިބޭނެ އަޚުލާޤެއްނެތް ކުޅުންތއރިންތަކެއް ލައިގެން. އަދި އަބަދު ތިބެނީ އަމިއްލަތަށް މާމޮޅުވެފައި. އެހެންމީހުން ވަރަށް މަސައްކަތްކޮށްގެން ރީތިކުޅުމެއް ދައްކަނީ. ދެންހަމަ ކޯޗުންއަރައިބުނާނެ ވަރަށް ރަނގަޅަށް ކުޅުނޭ ނިންމާނުލެވުނީޔޭ. އެނިމުނީ. ކިހާރީތި
ނޫޑުލިސް
11 October 2025
ތީ ވަރައް ބޮޑު ހަގީގަތެއް. އަދި ބުނެލަން ބޭނުން އެހައް ދުވަހު އެންމެ ހަތަރު އަހަރައް ހުކުމް ކުރި ބައްސާމު އާ އޭނަގެ ބާވެރިން އެވަނީ މިގައުމުގެ ފުޓުބޯޅަ އެތައް ޖީލަކައް ފަހަތައް ޖައްސާލާފަ. އެ ބައްސާމު ނޫން އެތައް ބަޔަކު އޭގަ ހިމެނޭ
ރަދީފްއޮފިޝަލް /
09 October 2025
ހެހެހެހެ.ކޮންމެވެސް އެހެން ކަމެއް ކުރެވޭތޯ އުޅެބަލަ.ކިރިޔާވެސް ކަމެއް ހުރި ބަޔަކާ ޖެހޭއިރަށް މެޅިފަ ތިތިބެނީ.