ރައީސް މުއިއްޒު މިއަދު ހެނދުނު ނޫމަރާ އަށް ވަޑައިގަތުމުން އެ ރަށުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
13 އޮކްޓޯބަރ 2025 - 12:20
ރާއްޖޭގެ ހުރިހާ ރަށެއްގެ ލެބޯޓްރީގައި، އެ ރަށެއްގެ ފެންވަރުގައި އަންނަ އަހަރު ނިމޭއިރު ޓެސްޓުތައް ހެދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުގައި ހުރިހާ ރަށެއްގައި ލެބޯޓްރީ ހެދުމުގެ މަސައްކަތް ފެށި ނަމަވެސް އެ ވެރިކަމުގެ ދައުރު ނިމުނުއިރު ހުރިހާ ރަށެއްގައެއް ނާޅަ އެވެ. ހުރި ތަންތަނުގައި ވަސީލަތްތައް ވެސް ހަމައެއް ނުވެ އެވެ.
ރައީސް މުއިއްޒު ށ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ ރަށް ނޫމަރާ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ސިއްހީ ދާއިރާ އަށް މި ސަރުކާރުން ވަރަށް ބޮޑު އިސް ކަމެއް ދޭ ކަމަށެވެ.
ރައީސް މުއިއްޒު ނޫމަރާގެ ރައްޔިތުންނާ މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ލެބޯޓަރީގެ ހިދުމަތް ދިނުމަށް އެދެމުންދާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ހަދައި ނިންމާނެ ކަމަށެވެ.
"މިހާރު މި އޮތީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދެ އަހަރު ތެރޭގައި، މި ހިނގާ އަހަރާއި އަންނަ އަހަރާއި ދެ އަހަރު ތެރޭގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކޮށް ނިންމައިދިނުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ ތަންތަނަށް ބޭނުންވާ ވަސީލަތްތަކާ އެކު، ނިންމައިދޭނެކަން ފާހަގަ ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ އޭގެ ދަށުން ނޫމަރާގައި މިހާރު ހުރި ލެބޯޓަރީއަށް ބޭނުންވާ ހުރިހާ ވަސީލަތެއް ވެސް ހަމަކޮށް ނިންމައިދޭނެ ކަމަށެވެ.
ރައީސް މުއިއްޒު ނޫމަރާގެ ކައުންސިލް މެމްބަރުންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އޭގެ އިތުރުން ލެބޯޓަރީތަކުން އެ ރަށެއްގެ ފެންވަރުގައި ހެދޭ ހުރިހާ ޓެސްޓެއް ހެދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ވައުދުވެވަޑައިގެންފައިވާ ކަންކަމާއި އިތުރު ކަންކަން ވެސް އެ މަނިކުފާނުގެ ސަރުކާރުން ކޮށްދޭނެ އެވެ.
ރައީސް މުއިއްޒު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށަކަށް ވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢާދަނުބެ
14 October 2025
ޙެޔޮނުވާނެ ދެން ތިބޭފުޅާ އިތުރު ކަންކަންކޮށްދޭނެ ކަމައްތިފަދަ ވައުދު ނުވޭ ވަޑައިގަންނާ ކޮންމެ ރަށަކު އެތައް ބައިވަރު ތަންތަނުގަ ބިންގާއަޅާ އެތްވެސްތާކު މަސަތްކަތެއްނުކުރޭ
ކުދުބެއްޔާ
13 October 2025
"އަންނަ އަހަރު ނިމޭއިރު ހުރިހާ ރަށެއްގެ ލެބޯޓްރީން ރަށު ފެންވަރުގެ ޓެސްޓުތައް ހެދޭނެ".......... މީގަ މިބުނާ "ރަށުފެންވަރު" މިނިސްޓްރީގެ އެއްވެސް ލިޔުމަކުން އާއްމު ކުރެވިދާނެތޯ!!!!! ބެއްޔާއަށް ވިސްނޭ ރަށުފެންވަރަކީ ސިއްހީ ހިދުމަތް ރަށުން ނުލިބިގެން މާލެ އަންނަށް މަޖްބޫރު ވުމެވެ.
ހެހހެ
13 October 2025
މެޑިކަލް ލެބޯޓްރީ އެއްގަ ރަށު ފެންވަރުގަ ހަދާޓެސްޓް ތަކެއްނުހުންނާނެ، އިންޓަރނޭޝަނަލް ސްޓެންޑަރޑް ތަކާ ޢެއްގޮތައް ޓެސްޓްތައް ހަދަންޖެހޭނީ
ރަށުދަރި
13 October 2025
ރަށްރަށަށް ރައީސް ވަޑައިގަތުމުން ދަންނަވާ ކަންތައް 1. ފުޓްޗެލް، ވޮލީ، ބަށިކޯޓު. 2. ފެނާއި ނަރުދަމާ 3. ބަނދަރުހެދުން، ބިންހިއްކުން. 4. ލެބޯޓްރީއަކާއި ސިއްހީ ޚިދުމަތް. 5. ދެތިން ކްލާސް ރޫމް. މިއިން މި އެނގެނީ ރައްޔިތުން ކުޅިވަރާއި މަޖަލަށް އަދި ދުނިޔެވަންތަ ވެފައިވާ މިންވަރު. ލާމަރުކަޒީ ގާނޫނޫގައި ލައިބްރަރީ ފަދަ ޢިލްމީ ވަސީލަތްތައް ގާއިމު ކުރުމުގެ ވާހަކަ އޮތަސް އެފަދަ ކަންކަމަށް ރައްޔިތުންގެ ވިސްނުމެއް ނެތްކަން.
ދިއްދޫމީހާ
13 October 2025
ޝުކުރިއްޔާ ޝުކުރިއްޔާ އެހެންވިމާ ރަށުފެންވަރަށް ބަލަންޔާ އަހުން ރަށުން ހެދޭނީ ޑެންގޫ ޓެސްޓް އެކަނިދޯ؟؟
ރާވެރިބެ
13 October 2025
ކޮބައިތޯ "އެރަށެއްގެ ފެންވަރުގައި ހެދޭ" ޓެސްޓް ތަކަކީ؟ ހުރިހާ ޓެސްޓް ތަކެއް ނެހެދުނަސް ރަށުފެންވަރުގެ ޓެސްޓްތަކަކީ ކޮބާކަން އެރަށެއްގެ ރައްޔިތުންނަށް އެގުނީމަތާ އެމީހުންނަށް އެގޭނީ އެއީ ކޮންފެންވަރެއްގެ ރައްޔިތުންކަން ނުވަތަ ކޮން ފެންވަރެއްގެ ރަށެއް ކަން.
ސީ އެން އެން
13 October 2025
އަންނަެަހަރު ނިމޭއިރު އެނގޭނެ އެރަށެއްގެ ފެންވަރަކީ ކޮބައިކަން. ލެބޯޓްރީ ޓެސްޓް ހެދެން ނެތިއްޔާ އެއީ އެއްވެސް ފެންވަރެއްނެތް ރަށަކީ.
އަފްރާސިޔާބު
13 October 2025
ރަށު ފެންވަރަކީ ހުންއައީމާ ހުން ދަނެގަނެވޭނެ ފެންވަރު. ބޮޑުކަމު ދެވުނީމާ ބޮޑުކަމު ދިއުމުގެ ފެންވަރު. މަރުވީމާ މަރު ދަނެގަނެވޭނެ ފެންވަރު. އަސްލުގައި މާލޭ މީހުންނަށް އެތަނުގެ ފެންވަރު ނޭގުމޭ މައްސަލައަކީ.
ހަސަން. ދި
13 October 2025
ކޮބާ ރަށުފެންވަރުގެ ޓެސްޓަކީ. ޢަދި އަލަށް މި އަޑު އެހީ. ޢަނެއްކާ ހަކުރު ޓެސްޓް ކުރާ މެށިނެއް ދީފަ ހަކުރު ޓެސްޓް ހެދޭނެއޭ ތަ ތި ބުނަނީ.
އަފްރާސިޔާބު
13 October 2025
އެވެސް ކުޑަކަމެއްނޫން. ހަކުރު ހުރީމާ ހަކުރު އެބަހުއްޓޭބުނުންވެސް. ނެތިއްޔާ ނެތްކަން. ދެން އެލިބޭތަނަކަށް ދަންޏާ ހިނގައިދާނެ ނުން. އަހަރެމެންނަށް ކޮންކަމެއް.
އަބްސީ ޑޮން
13 October 2025
މުޅި ރާއްޖޭގައި އޭޓީއެމް އަޅާފަ އަނެއްކާ ރައީސް މުއިއްޒު އެ ފެށީ ރައްޔިތުން ވަރަށް އެދޭ ކަމެއް ރައީސް މުއިއްޒު މި ރާއްޖެ އަނެއް ލެވަލް އަށް ގެންދާން
އޮޅުވާލި
13 October 2025
"ރަށު ފެންވަރުގެ ޓެސްޓު" ތަންކޮޅެއް ސާފުކޮށް ރައްޔިތަކަށް ދޭހަވާގޮތަކަށް ބުނެބަލަ! ނޫނީ ރަށު ފެންވަރުގެ މުސާރަ ރަށު ފެންވަރުގެ އެހީ ރަށު ފެންވަރުގެ ބޭސްފަރުވާ ....
އޮނަރަބްލް އަފީފު ދީދީ
13 October 2025
ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭން އެކުލަވާލާ އެއަށް ޤާނޫނީބާރު ދޭނެކަމަށް ރައީސް އިޢުލާންކުރުމުން 187 ރަށުގައި މީހުން އުޅުމުގެބަދަލުގައި ކުރިއަށްއޮތް 20 އަހަރުގެ ބަޖޭޓް އަމާޒުހިފާނީ ރާއްޖެ އެއްފަސްކޮށް އެންމެގިނަވެގެން 50 ރަށުގައި މީހުން ދިރިއުޅޭގޮތަށް ކަންކަން އިންތިޒާމް ކުރަންހެން ހީވިޔަސް ފެންނަމުންދަނީ އާބާދީގައި 500 މީހުން ހަމަނުވާ (ބިން ހިއްކައިގެންވެސް ބިން ބޮޑުކުރެވެންނެތް) ރަށްތަކުގައި އެއަރޕޯޓް ފަދަ ބޮޑެތި އިންވެސްޓް ކުރަމުންދާތަން؟!