އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގެ ސުލްހައިގެ ސަމިޓުގައި ބައިވެރިވާން މިހާރު ވަނީ ނިންމާފައި. -- ފޮޓޯ: އޭއެފްޕީ
13 އޮކްޓޯބަރ 2025 - 14:53
މިސްރުގެ ޝަރުމުއްޝައިޚްގައި މިއަދު ފަށާ ޣައްޒާގެ ސުލްހައިގެ ސަމިޓުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ބައިވެރިވާނެ ކަމަށް މިސްރުން އިއުލާނުކޮށްފި އެވެ.
މިސްރުގެ ރައީސް އަބްދުލް ފައްތާހް އައް ސީސީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިސްވެ ބާއްވާ ސަމިޓުގައި ޔޫރަޕާއި އަރަބި އިސްލާމީ ގައުމުތަކުގެ ވިއްސަކަށް ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އެކަމަކު އީރާނުން ވަނީ އެ ގައުމަށް ހަމަލާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާ ބަޔަކާ އެކު ކުރާނެ މުއާމަލާތެއް ނޯންނާނެ ކަމަށް ބުނެ އެ ސަމިޓުގައި ބައިވެރިނުވާން ނިންމައިފަ އެވެ.
އިޒްރޭލުން ކުރިން އޮތީ މި ސަމިޓުގައި ބައިވެރިނުވާން ނިންމައިފަ އެވެ.
އެކަމަކު މިހާރު އިޒްރޭލުގައި ހުންނެވި ޓްރަމްޕު، ސީސީއަށް ގުޅުއްވައި ސަމިޓުގައި ނަތަންޔާހޫ ބައިވެރިވާން އެއްބަސްވެފައިވާ ކަމަށް ވަނީ އަންގަވައިފަ އެވެ.
ޣައްޒާ ސަމިޓަކީ އިޒްރޭލާއި ހަމާސް އިން ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުން ދާއިމީކޮށް، މުޅި މެދުއިރުމައްޗަށް ދާއިމީ ސުލްހައެއް ގެނައުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށް އެމެރިކާ އާއި މިސްރުން ވަނީ ބުނެފަ އެވެ.
މި ސަމިޓުގައި ބަހްރެއިން، ޖޯޑަން، ކުވައިތު، އޯމާން، ތުރުކީ، ޔޫއޭއީ، ސައިޕްރަސް، ފްރާންސް، ޖަރުމަން، ގްރީސް، ހަންގޭރީ، އިޓަލީ، ސްޕެއިން، ޔޫކޭ، އަރްމީނިއާ، އަޒަރްބައިޖާން، އިންޑިއާ، އިންޑޮނީޝިއާ، ޕާކިސްތާންގެ އިތުރުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް، އަރަބި ލީގު އަދި ޔޫރަޕިއަން ކައުންސިލުން ބައިވެރިވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަދީ
13 October 2025
މިވަރުން އުޅޭއިރުވެސް ރާއްޖެ ތަމްސީލުކުރަން ބޭފުޅަކު ނުގެންދިޔައީ ކީއްވެބާ؟
raajje
13 October 2025
އިރާނުންބުނެފައިމިވަނީ ވަރަށްރަނގަޅުވާހަކައެއް "އީރާނުންބުނީ އެގައުމަށް ހަމަލާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާ ބަޔަކާ އެކު ކުރާނެ މުއާމަލާތެއް ނޯންނާނެ ކަމަށް" މުސްލިމުން އިޒުރޭލާއެކު ސުލްހަވާކަށްނުޖެހޭނެ، ކޮންސުލްހައިގެ އެއްބަސްވުމެއްތަ؟ ފަލަސްތީނުގެބިންފޭރިގެންތިބޭބަޔަކާ ސުލްހަވާންޖެހޭތަ؟ ތިހެންދޫދޭތީޔޭ އިޒުރޭލުގެބާރުގަދަވެގެން ތިއުޅެނީ! އަހަރެންގޮސް އެންންމީހެއްގެތަނަކަށްވެރިވެގަނެ ދެންނުނިކުންނާނަމޭބުނީމާ އެމީހުންޖެހޭނީސުލްހަވާންތަ؟ ވަޓަޖޯކުދޯ
ޕަޕެޓް
13 October 2025
އެެހެންވީމާ ނަތަންޔާހޫއަކީ ޓްރަމްޕް ގެންގުޅޭ ޕަޕެޓެއްތާ
އާދަންފުޅު
13 October 2025
ތީ ތިތާތިބި އެންމެން ދުނިޔޭގެ ލޮލުގެކުރިމަތީގާ ކުޅެލާ ޑުރާމާއެއް. ފަލަސްތީނުމީހަކު ނެތީ ކީއްވެބާ؟ އެމީހުން ސުލްހަ ބޭނުންނުވަނީތަ؟
ހިލާނުކެރޭނެ
13 October 2025
ނަތަންޔާހޫ ނުދާނަމޭ ބުނީ
ސަސި
13 October 2025
ސުލަހަ ވާހަކަ ދައްކަންތަ ނޫނީ ސެލެބުރޭޓްކުރަންބާ؟
ސދފސދަފ
13 October 2025
ޓުރަންޕު އާދޭސްކޮށްގެން