ކުޅިވަރު

ރާއްޖޭގެ ދަނޑުގައި ތަޖިކިސްތާނުން ދިވެހި ޓީމު ތިން ލަނޑުން ބަލިކޮށްފި

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗު 3-0 ން ތަޖިކިސްތާނުން މިއަދު ކާމިޔާބުކޮށްފި އެވެ.

މި ދެ ޓީމުގެ ފުރަތަމަ ލެގު މެޗުގައި މިދިޔަ ބުރާސްފަތި ދުވަހު ތަޖިކިސްތާނުގެ ވެރިރަށް ޑުޝާންބޭގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 ންނެވެ.

މި މެޗަކީ ދެ އަހަރަށް ފަހު ދިވެހި ގައުމީ ޓީމުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. މީގެ ކުރިން ރާއްޖޭން އަމިއްލަ ދަނޑުގައި މެޗެއް ކުޅުނީ 2023 ގެ އޮކްޓޯބަރު 13 ގަ އެވެ.

ރާއްޖޭގެ 3،000 އަށް ވުރެ ގިނަ ސަޕޯޓަރުން ދަނޑަށް ވަން މެޗު ފަށައިގެން، މެޗުގެ ތެރެއަށް ދިވެހި ޓީމަށް ރަނގަޅަށް ނުވަދެވި އުޅެނިކޮށް ތަޖިކިސްތާނުން ލީޑް ނެގި އެވެ.

ތަޖިކިސްތާނުން ޖެހި ތިން ލަނޑުގައި ވެސް ފެނުނީ ރާއްޖޭގެ ޑިފެންސުން ހެދި ގޯސްތަކެވެ.

މެޗުގެ ހަތަރުވަނަ މިނެޓްގައި އެ ޓީމުގެ މަނޫޝާކިރް ޝަފަރޯވް (މަނޫ)، އެ ޓީމަށް ލީޑް ނަގައި ދިނީ ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ދިފާއު ކުރި ޕެނަލްޓީ ރާއްޖޭގެ ޑިފެންޑަރުންނަށް ވުރެ އަވަހަށް ލިބިގަނެ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

ރާއްޖޭގެ އޭރިއާގެ ތެރެއިން މުހައްމަދު އިރުފާން އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ ތަޖިކިސްތާނަށް ކާމިޔާބެއް ނުވި އެވެ.

އެ ޓީމުގެ ޕަރްވިޒްޖީޒަން އުމަރްބައޭވް ފޮނުވާލި ޕެނަލްޓީ ކީޕަރު ފައިސަލް ދިފާއު ކުރުމުން ބޯޅަ ރީބައުންސްވި އެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ވުރެ ކުރިން މަނޫ އޭރިއާ ތެރެއަށް ވެދެ ބޯޅަ ގޯލަށް ފޮނުވާލި އެވެ.

ފުރަތަމަ ހާފުގައި ދިވެހި ޓީމުން ވެސް ފުރުސަތުތަކެއް ހޯދި އެވެ. އެ ހާފުގައި ރާއްޖެ އަށް ފަހިވި އެންމެ ރަނގަޅު ފުރުސަތު ލިބުނީ މިޑްފީލްޑަރު އަހްމަދު އައިހަމް އަށެވެ. ކައުންޓަ އެޓޭކުގައި ކުރިއަށް އަރައިގެން އޭނާ ދިޔައިރު ތަޖިކިސްތާނުގެ ހަތަރު ޑިފެންޑަރުން އޭނާ ހުއްޓުވަން މަސައްކަތް ކުރި އެވެ.

އެ ޓީމުގެ ޑިފެންޑަރުންނަށް ފުރުސަތު ނުދީ އޭނާ ބޯޅަ ފޮނުވާލި ނަމަވެސް ގޯލާ އަމާޒެއް ނުވި އެވެ.

އޭގެ ކުރިން ރާއްޖޭގެ އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އަށް ވެސް ފުރުސަތެއް ލިބުނެވެ. އެކަމަކު އޭނާ އަށް ވެސް ގޯލާ ބޯޅަ ސީދާކުރެވޭ ގޮތެއް ނުވި އެވެ.

ހަސަން ރާއިފް އަހްމަދު (ހަންނަ) އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ތަޖިކިސްތާނުގެ އިސްކޮޅުން ދިގު ކީޕަރު އޮލެގް ބަކްލޯވް އަތުގައި ޖެހިފައި ކުރިއަށް ނުކުތް ބޯޅަ ނާއިޒު ހަސަން (ދާދު) އަށް ރަނގަޅަށް ފޮނުވާނުލެވި ބޯޅަ ދިޔައީ ބޭރަށެވެ.

ތަޖިކިސްތާނުގެ ދެވަނަ ލަނޑު ޝެރްވޯނީ މަބަޗައޭވް ޖެހީ ރާއްޖޭގެ ޑިފެންޑަރުން އޭނާގެ ކައިރީގައި ވިއްދާފައި ތިއްބަ އެވެ. ނަމަވެސް އޭނާގެ ހަމަލާ ހުއްޓުވުމުގައި ދިވެހި ޓީމަށް ކުރެވުނު ކަމެއް ނެތެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ.

ދެވަނަ ހާފުގައި ވެސް ރާއްޖޭގެ މިޑްފީލްޑަރު އައިހަމް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ތަޖިކިސްތާނުގެ ހާފުގެ މެދުތެރެއިން ފޭދޫ އިއްބެ، ދިން ބޯޅައިގައި އައިހަމް ކުރިއަށް ޖެހިލައި ފަޔަށް ހެޔޮވަރުކޮށް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިއަށް ވުރެ ވެސް މާމަތިންނެވެ.

ތަޖިކިސްތާނުގެ ތިންވަނަ ލަނޑު ވެސް ޖެހީ ޝެރްވޯނީ މަބަޗައޭވް އެވެ. އޭނާ ލަނޑު ޖެހީ ރާއްޖޭގެ ކުޅުންތެރިން ކުރިއަށް އަރާތިބި ވަގުތު ކައުންޓަ އެޓޭކުގައި ލިބުނު ބޯޅައިންނެވެ.

ބޯޅަ ހިފައިގެން ކުރިއަށްގޮސް ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަދެ، އޭނާ ބޯޅަ ފޮނުވާލީ އިރުފާން ކައިރިން ނައްޓާލުމަށް ފަހު އެވެ. އޭނާ އަތުން ބޯޅަ ހޯދަން އިރުފާން ޓެކުލު ވެސް ކުރި އެވެ. އެކަމަކު މަބަޗައޭވް ވަނީ ޓެކުލުގެ މަޅިން ވެސް ނެއްޓި ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

މެޗުގެ 79 ވަނަ މިނެޓްގައި ރާއްޖޭގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން)، ދިވެހި ޓީމުގެ ފޯވާޑްލައިން އެއްކޮށް ބަދަލުކޮށްލި އެވެ. ތަޖުރިބާކާރު އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު ރިޒުވާން (ރިޒޭ) އަދި 16 އަހަރުގެ އިލާން އިމްރާން ކުޅެން ނުކުތެވެ.

ތަޖިކިސްތާނުގެ ކީޕަރު ބަކްލޯވް އަށް ކިރިޔާވެސް ޗެލެންޖަކަށްވާރުގެ ސޭވްއެއް ކުރަން ޖެހުނީ ސެންޓޭ ޝާމިލުވެގެން އުފެއްދި ދެ ހަމަލާއިންނެވެ.

ސެންޓޭގެ ފުރަތަމަ ހަމަލާއަކީ އޭރިއާގެ ބޭރުން، އޭރިއާގެ ކަނާ ދިމާލުން ލިބުނު ހިލޭޖެހުމަކުން ފޮނުވާލި ބޯޅައެކެވެ. ސެންޓޭ ހިލޭޖެހުން ފޮނުވާލީ ގޯލްގެ މަތީ ކަނަށް އަމާޒުކޮށެވެ. އެ ބޯޅަ ކީޕަރު ބަކްލޯވް ޕަންޗުކޮށްފައި ކޯނަރަކަށް ފޮނުވާލި އެވެ.

އޭގެ ފަހުން ސެންޓޭ ނެގި ހުރަސް ރާއްޖޭގެ ކުޅުންތެރިން ބޮލުން ފޮނުވާލުމުން ބަކްލޯވް އަނެއްކާވެސް އެ ބޯޅަ ދިފާއު ކުރީ އުނދަގުލުންނެވެ. މިފަހަރުވެސް އޭނާ ބޯޅަ ސަލާމަތް ކުރީ ކޯނަރަކަށް ބޯޅަ ބޭރުކޮށްލައިގެންނެވެ.

މެޗުން މޮޅުވެ، ތަޖިކިސްތާނުން ވެސް ވަނީ 10 ޕޮއިންޓް ހޯދާފަ އެވެ. މި ގުރޫޕްގައި ދެން ހިމެނެނީ ފިލިޕީންސާއި ޓިމޯ ލެސްޓޭ އެވެ. ފިލިޕީންސުން ޓިމޯލެސްޓޭ ބަލިކޮށް 3-1 ބަލިކޮށް 10 ޕޮއިންޓް ވަނީ ހޯދާފަ އެވެ. ފިލިޕީންސް އެއްވަނައިގައި އޮތީ ފައިދާ ގޯލުންނެވެ. ހަތަރު ޓީމުގެ ތެރެއިން ޕޮއިންޓެއް ވެސް ނުލިބެނީ ރާއްޖެ އަށް އެކަންޏެވެ.

ރާއްޖެ އަށް ދެން މެޗެއް އޮންނާނީ އަންނަ މަހު 18 ވަނަ ދުވަހު އެވެ. މާލޭގައި ކުޅޭ މެޗުގައި ރާއްޖޭން ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.

11 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖެރާ

14 October 2025

ތަޖަކިސްތާނު ވަރަށް މޮޅު.. ކޮންގުރެޓްސް

The name is already taken The name is available. Register?

ީެިެިެި999

14 October 2025

3000 ވަދެ ތިބިތަ؟؟

The name is already taken The name is available. Register?

ބެލެނިވެރިން

14 October 2025

ސުޒޭން އައް ވީވަރު ދެއްތޯ ؟ ވަކި މޮޅުތަކެއްނުވި

The name is already taken The name is available. Register?

ހެލެނބެލި

14 October 2025

ފުޓުބޯޅަޓީމަށް ތަރުހީބުދޭން މާދަމާ އަނެއްކާ ކުޑަކުދިންގެ ހަވީރެއް ބާއްވާ.

The name is already taken The name is available. Register?

ކޮރަލް

14 October 2025

ކުޅުންވެސް ރަނގަޅެވެ. ހިއްވަރުވެސް ކުރި އެވެ. ސަޕޯޓް ވެސް ލިބުނެވެ. މެޗްތަޖުރިބާ މަދީ އެވެ. ގައުމީޓިމް އަށް މެޗްކުޅެން ލިބޭ ލެއް މަދީ އެވެ. އެހެން ހުރެފަ ވަރުގަދަ މެޗް އެއް ކުޅެން ފެށީމަ ޓީމް އެއްގެ ގޮތުގަ ކުޅުން ދަށްވާނެ އެވެ.

The name is already taken The name is available. Register?

ޚެކެކސކ

14 October 2025

ހަމަ ދަށީ، ނުކުޅެވޭ. ކޮއްޓުމަކީ އަދި މޮޅެއް ނޫން

The name is already taken The name is available. Register?

ޒަންޖަބީލު

14 October 2025

ރާއްޖެއަކީ އާބާދަިގޮތުން މާކުޑަ، ވަސީލަތްތައް މަދު ގައުމެއް. އަދި މޫސުންވެސް ވަރަށް ތަފާތު އެހެންވީރު އެމީހުން ތަފާތު މޫސުމެއްގައި އުޅޭ، ވަސީލަތް ގިނަ ޖާނުން ވަރުގަދަ ޓީމަކުން ބަލިވުމަކީ އަދި ބަލިވުމެއް ނޫން މިއީހަމަ ތަޖުރިބާއެއް، ގައުމަށް ގެނެވުނު ފަޚުރެއް...މާޔޫސްކަމެއް ނެތް. މުބާރާތްތަކު ބައިވެރިވަނީ ތަޖުރިބާކޮށްލަން ކަމާ ޓީމު ކުޅެނީ ވަސީލަތާއި އާބާދީ ތަފާތު ބަޔަކާއިކަން، އެނގެނީ ހަމައެކަނި ބަލިވުމުގެ ބަހަނާދައްކަންވީމަ

The name is already taken The name is available. Register?

މިރާދު

14 October 2025

މަނިކްފާން. ތަޖަކިސްތާނަކީ ނިސްބަތުން ފަޤީރު ބައެއް. ދިވެހިންގެ ކުޅުން ދައްވާ މައިގަނޑުއެއް ސަބަބަކީ ކުޅުންތެރިންގެ ޑިސިޕްލިން. ކުޅުމުގެ ޕެރެކްޓިސް އަށް އެކަނި ދިއުމާ، ކެއުމުގެ މިންގަނޑާއި، ނިދުން އަދި ވެލްބީއިންގެ މައްސަލަ. ބަހަނާ ހޯދައިގެން ދެއްކުމާއި، އަސްލަށް ވާހަކަ ދެއްކުމަކީ ދެކަމެއް.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް /

14 October 2025

އެއްގޮތަކަށް ވެސް ދިވެހި ޓީމަށް ފުޓްބޯޅަ ނުކުޅެވުނުތަން ފެނުނީ.ކުރި ހިތްވަރަށް ސާބަސް.

The name is already taken The name is available. Register?

1181

14 October 2025

އަމިއްލަ ދަނޑުގައި ކުޅުނަސް ހޯމް އެޑްވާންޓެޖެއް ނެތެއްނު. އެމީހުންގެ ދަނޑުގަަ 2 ގޯލު ވަތްއިރު އަމިއްލަ ދަނޑުގައި 3 ލަނޑު މިވަނީ.

The name is already taken The name is available. Register?

ދެރަ

14 October 2025

ރާއްޖެ ފުޓުބޯޅަ ހަލާކު ވެއްޖެ. ފުޓުބޯޅަ ބަލާ ހިތް ކެނޑިއްޖެ. ސަޕޯޓަރުން ވެސް ރާއްޖޭގެ ފުޓުބޯޅަ މަތިން ފޫހިވެއްޖެ. މި ހުރިހާ ޒިންމާ އެއް އެފްއޭއެމް ގެ އެކި ދައުރުގަ ތިބި ވެރިންނާއި، ފުޓުބޯޅަ ކުލަބް ތައް ހިންގަން ތިބި މީހުން ނަގަންޖެހޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454