އެމްއެމްއޭގެ އޮފީސް އިމާރާތް. ރިޒާވް ހަ ޕަސެންޓަށް ވަނީ އިތުރުވެފައި -- ފޮޓޯ: މިހާރު
17 އޮކްޓޯބަރ 2025 - 13:12
ދައުލަތުގެ ރަސްމީ ރިޒާވް ހަ ޕަސެންޓަށް އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަސް ނިމުނު އިރު ރަސްމީ ރިޒާވްގައި ހުރީ 976 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަހު އެ އަދަދު ހުރީ 927 މިލިއަން ޑޮލަރުގަ އެވެ. މިއީ 49 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. މިއީ މިއަހަރުގެ އޭޕްރީލް މަހަށް ފަހު މިހާތަނަށް ރިޒާވް އެންމެ ބޮޑަށް އުފުލުނު މަހެވެ.
އޭޕްރީލް މަހު ރިޒާވްގައި ހުރީ 999 މިލިއަން ޑޮލަރެވެ. ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔަ ކަމަށް ރެކޯޑުކުރެވިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އެ މަހު ރިޒާވްގައި ހުރީ 858 މިލިއަން ރުފިޔާ އެވެ.
ރަސްމީ ރިޒާވް އިތުރުވި އިރު، ރިޒާވުގެ ތެރޭގައި ހިމަނާ "އަދަ ފޮރިން ކަރެންސީ އެސެޓް" ވަނީ 0.5 ޕަސެންޓަށް ދަށްވެފަ އެވެ. އެއީ 116 މިލިއަން ޑޮލަރެވެ.
މިދިޔަ މަހުގެ ޔޫޒަބަލް ރިޒާވް ވެސް ވަނީ އިތުރުވެފަ އެވެ. މިވަގުތު ޔޫޒަބަލް ރިޒާވްގައި 194 މިލިއަން ރުފިޔާ އެބަހުއްޓެވެ.
ރާއްޖޭގެ ރިޒާވުން މިހާރު އެންމެ ބޮޑު އަދަދެއް ހޭދަކުރަނީ ދަރަނި އަދާކުރުމަށެވެ. މިދިޔަ މަހު ވަނީ ސުކޫކުގެ ކޫޕަން ރޭޓު ދެއްކުމަށް 50 މިލިއަން ޑޮލަރު ވެސް ދައްކައިފަ އެވެ.
ޖުލައި މަހުގެ ނިޔަލަށް ދަރަނި އަދާކުރުމަށް 213 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ބޭނުންކޮށްފައިވެ އެވެ. އަދި ތެލާއި ބޭހުގެ ހަރަދުތައް ހަމަޖެއްސުމަށް އެސްޓީއޯ އަށް ޖުލައި މަހުގެ ނިޔަލަށް 274 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ) ބޭނުން ކޮށްފައިވެ އެވެ.
ރިޒާވްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ލިބިފައިވާ 30 ބިލިއަން ރުޕީސް (343 މިލިއަން ޑޮލަރު) ގެ ކަރެންސީ ސްވޮޕް ފެސިލިޓީ ބޭނުން ކުރަން ވެސް އެމްއެމްއޭ އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކަރެންސީ ސްވޮޕްގެ އިތުރުން ރިޒާވްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެމްއެމްއޭ އިން ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބަދަލުތައް ގެނެސް، ޑޮލަރު ބޭންކްތަކަށް ޖަމާކުރާ އަދަދު އިތުރު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޱރ ވާނުވާ
18 October 2025
ހުޅުވާލާފަ ސިޓީއެއްގެ ޒަރިއްޔާއިންވިއަސް ބަލާދީބަލަ އައްޱޫ ބުރިޖުގެ ފަހުގެ މައުލޫމާތު. ރިޒާވް އިތުރުވީމަ ހީވަނީ އެކަމަށް ކޮންމެވެސް ޚަރަދެއް ކުރެވިދާނެހެން.
ޑޮލަރުސްތާން
18 October 2025
ޔޫރަޕްގެ 2 ވަނަ ފަންތީގެ ބޯޅަ ކްލަބްތަކުގަ ވެސް ތި އަދަދަށް ޑޮލަރު ހުރޭ.
ދޮން
18 October 2025
ދައުލަތުގެ ރިޒާވު ހީވަނީ ދިރޭ ރަހަކޮޅެއްހެން ދެކޮޅަށް ދުވެލަ ދުވެލައި ، ކަރުކަމެއްނެތް
އެކްޝަން
17 October 2025
ދައުލަތުގެ ރިޒާވް އިތުރުވުން މަމެންގެ ގައުމުގެ އިގްތިސާދު ކުރިއަށް ކަނޑާ ކަމުގެ އަލާމާތް ތަކޭ ފެނިގެންދަނީ މިގައުމުގެ އިގްތިސާދު ޑޮލަރަށް ވެފައިވާ ބަރޯސާ އަދި ޓޫރިޒަމަށް ވެފައިވާ ބަރޯސާ ބަދަލު ކުރަން އެބަޖެހޭ އެހެން ދާއިރާ ތަކަށް އެގޮތުން ބަލާއިރު ލައިޓް އިންޑަސްޓްރިއަލް ޕާރކްސް ހަދަން ހުޅުމާލޭގައި ކޮންމެ 2 ހެކްޓަރުގެ ބިމުގައި 50 ބުރީގެ އިމާރާތް ކުރާނީ ހަމައެކަނި ފްލޯރ ސްޕޭސް ވިއްކާގޮތަށޭ އެއިރުން ހުރިހާ ކުއްޔެއް ލިބޭނީ ދައުލަތަށޭ އިޓްސް ޓައިމް
އުދުހޭ
17 October 2025
މިވަގުތު ޔޫޒަބަލް ރިޒާވްގައި 194 މިލިއަން ރުފިޔާ އެބަހުއްޓެވެ. %99 ތަކެތި އިމްޕޯޓްކުރާ ގައުމެއްގައި ރުފިޔާއަކީ ޔޫޒަބަލް އެއްޗެއްނޫން، އެއީ ކަރުދާސް.
ހީވޭ
18 October 2025
ވ ހީވޭ އެއީ ލިޔުމުގެ ކުށެއް ހެން؟ ބޮޑަށް ހީވަނީ 194މިލިއަން ޑޮލަރުހެން؟
ދަރަނިބޯތައް
17 October 2025
ދަރަނި އިތުރުނަންޏާ ދައްކަންޖެހޭ ދަރަނިވެސް ދުވަހުން ދުވަހައް އިތުރުވާނެ. ދަރައްޏަކީ ދެވައްތަރެއްގެ އެއްޗެއް އެއީ ރަނގަޅުދަރަންޏާ ގޯސްދަރަނި ގައުމުގެ އާމްދަނީ އިތުރުވާނެ ދަރަންޏަކީ ރަނގަޅު ދަރަނި، އާމްދަނީ އައްފައިދާ އެއްނުވާނެ ދަރަންޏަކީ ގޯސް ދަރަނި ފަހުން މިބުނި ބައި ބޮޑުތަނުން އިތުރުވާތީ މައްސަލައަކީ. އެކަމުގެ ތަކުލީފު އުފުލަންޖެހެނީ ރައްޔިތުން.
ދެރަ
17 October 2025
ޢަވަހަށް ވިއްސަކަށް ސިޔާސީ މަގާމު އިތުރުކޮށް ކަމެއް ނެތި ހިލޭ ބަޔަކަށް ކާންދޭން ފަށާ، ނޫނި އެމްޕީންތައް ލައްވާ ވައްކަން ކުރުވާ
ކުރާށޭ
17 October 2025
ދައުލަތުގެ ރިޒާރވް 1 ބިލިއަން ޑޮލަރަށް ހަދާ އަދި ރާއްޖޭގެ ދަރަނި ސުމަކަށް ގެންނަ ރައީސް އެއީ ބިނާކުރަނިވި ވެރިކަމެއް ރައްޔިތުންނަށް ކޮށްދެވޭނެ ރައީސަކީ މިކަމަކީ މުސްތަހީލް ކަމެއް ނޫނޭ ރާއްޖޭގެ އިގްތިސާދުގެ ޑޭޓާ ބޭސް ދަނެގެން އެކަން ކުރާނަމަ މާލެ ސަރަހައްދުގެ އިގްތިސާދުގެ ޑޭޓާ ބޭސް ގައި ހިމެނޭ ޑޭޓާ މައިންކުރާއިރު ވަރަށް ރީއްޗަށް ފެނިގެންދެއޭ މާލެ ސަރަހައްދުގެ ބިމުގެ ޕޮޓެންޝަލް އަދި ވެލިއު އެޑްވަމުން ދަނީ އާދަޔާއި ޚިލާފަށް މައްޗަށޭ މި މޮޑެލް ބޭނުން
އަފްރާސިޔާބު
17 October 2025
އެއްޗެއް އިތުރުވާއިރު ޑޮލަރުން ޖަހާފައި މަދުވާ އިރު ރުފިޔާ އިން ރިޕޯޓު ކުރީމާ އެވަނީ އޮޅުވާލުންދޯ؟
ޖައްސާޖައްސާ
17 October 2025
މުއިއްޒުގެ ސަރުކާރުގެ ކާމީޔާބުކަމަށްވާނީ އަހަރު ނިމެންވާއިރަށް ދައުލަތުގެ ރިޒާރވް 1 ބިލިއަން ޑޮލަރަށް ހަދާ ހުޅުމާލޭ އިރުން އޮތް ފަޅުހިއްކާ އެތަނުން ބިންތައް ވިއްކައިގެން 500 މިލިއަންޑޮލަރު ދައުލަތުގެ ރިޒާރވްއަށް އަންނަ އަހަރު ލެވޭގޮތަށް ހަދާ ޑޮލަރެއްގެ އަގު އަންނައަހަރު 10 ރުފިޔާއަށް ހެދުމަށް ޓަކައި އިންޑިއާ އަދި ޗައިނާ އާއި ދެމެދު ކުރާ ހުރިހާ މުދަލުގެ ވިޔާފާރި ތައް ދިވެހިރުފިޔާ ދީފައި އެގައުމުގެ ކަރަންސީ ބޭނުންކޮށްގެން ވިޔާފާރިކުރެވޭ ގޮތް ހެދުމޭ