ލ. ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
21 އޮކްޓޯބަރ 2025 - 00:40
އަމިއްލަ ކުންފުނިތަކަށް ސަރުކާރުގެ އެކި ކުންފުނިތަކާއި މިނިސްޓްރީތަކުން ދައްކަންޖެހި ނުދައްކާ ހުރި ހުރިހާ ފައިސާއެއް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭ ދައްކައި ނިންމާނެ ކަމަށާއި އެކަން ކުރާނީ ފައިސާ ޗާޕު ނުކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިރޭ ފޮނަދޫގައި ބޭއްވި ޖަލްސާގައި، އެ ރަށުގައި ފަށާ މަޝްރޫއުތަކާ ބެހޭ ގޮތުން ތަފްސީލްތައް ދެއްވުމަށް ފަހު ރައީސް ވިދާޅުވީ ފައިސާ ދައްކަންޖެހޭ ކަމަށް ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ކަނޑައެޅިފައި ހުރި ހުރިހާ ބިލްތަކަކަށް ފަސް ހަފްތާ ތެރޭ ފައިސާ ދައްކާނެ ކަމަށް މި މަހު ކުރީކޮޅު އިއުލާނުކުރެއްވި ގޮތަށް އެކަން ހަމަޖެހޭނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މި ހިނގާ 30 ދުވަހުގެ ތެރޭގައި ކޮށްފައިވާ ބިލްތައް ފިޔަވައި ދެން ހުރި ހުރިހާ ބިލެއްގެ ފައިސާ ފަސް ހަފްތާ ތެރޭ ދައްކާ ނިންމާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު އެތައް ހާސް މިލިއަން ރުފިޔާއެއްގެ ބިލްތައް، އަމިއްލަ މީސްމީހުންގެ ކުންފުނިތަކަށް އަދާކުރަންޖެހިފައި ހުރި ކަމަށެވެ. ރައީސް ސިފަކުރެއްވި ގޮތުގައި، ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ބިލްތައް ހުރީ "ފުނިޖެހިފަ" އެވެ.
"އަޅުގަނޑުމެން މިހާރު ބަލައިލާއިރު ވެސް ދެ ބިލިއަނެއްހާ ރުފިޔާ އެބަހުރި. ދެ ހާސް މިލިއަން ރުފިޔާ،" ރައީސް ވިދާޅުވި އެވެ.
މިއަދާ ހަމަޔަށް އައި އިރު ވެސް އެތައް ބިލެއް ދައްކާފައިވާ ކަމަށާއި މިހާރުވެސް އަންނަނީ ދައްކަމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިއްޔެ ހަވީރު ފޮނަދު އަށް ވަޑައިގަތުމުން އެ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ބިލްތައް އަދާކޮށް ނިންމަވާނެ ކަމަށް ވިދާޅުވި މުއްދަތު ހަމަވާން ކައިރިވެފައި ވާއިރު އެކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މުއްދަތުގައި އެކަން ވާނެ ކަމަށެވެ
"... މި ދެންނެވި ފައިސާ ކުރިއަށް އޮތް ހަފްތާއެއް، ދެ ހަފްތާއެއް ތެރޭ އިރާދަކުރެއްވިއްޔާ އަދާކޮށްދޭނަން. އެ ޔަގީންކަން އަޅުގަނޑު އަނެއްކާވެސް ހުރިހާ ފަރާތްތަކަށް ދެން،" ވީ އެއްވެސް ވައުދެއް ދޫކޮށްނުލައްވާނެ ކަމުގެ ޔަގީންކަމާ އެކު ރައީސް ވިދާޅުވި އެވެ. "މިކަން އަޅުގަނޑު މި ކުރަނީ އަޅުގަނޑު ވީ އަނެއް ވައުދު ވެސް ފުއްދަމުން. އެއީ ފައިސާ ޗާޕު ނުކޮށް. ފައިސާ ޗާޕުނުކޮށް މި ކުރަނީ."
ރައީސް ވަނީ އިގްތިސާދީ ހާލަތު ވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
"އިގްތިސާދު އިންތިހާއަށް ގޯސް ދަރަޖައެއްގައި އަޅުގަނޑުމެންނާ ހަވާލުވި އިރު އޮތް އޮތުން ބަދަލުކުރެވި، ރަނގަޅުވަމުން ރަނގަޅުވަމުން މި ދަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިއްޔެ ހަވީރު ފޮނަދު އަށް ވަޑައިގަތުމުން އެ ރަށުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މިރޭ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ އަތްމަތި ތަނަވަސްވާނެ އެވެ. އެއީ ރައީސް ވިދާޅުވި ގޮތުގައި އެކި ސިނާއަތްތައް ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި ކޮންސްޓްރަކްޝަން ދާއިރާގެ ކުންފުނިތަކަށް ސަރުކާރުގެ މަސައްކަތްތައް ލިބެން ފަށާނެތީ އެވެ.
"އެހެންވެ، ރައްޔިތުންނަށް، ކުރިއަށް އޮތް މަދު ދުވަސްކޮޅު ވެގެންދާނީ މިފަދަ ގިނަ ކަންތައްތަކެއް ހަމަޖެހި އަތްމަތި މުއްސަނދިވެގެންދާ ދުވަސްތަކެއް އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދުމަށި
21 October 2025
ޕެންޝަން ފަންޑުގައި ސެންޓްރަލް ބޭންކުން އިންވެސްޓް ކުރަމާއި އިންވެސްޓްމަންޓް ކުންފުންޔަކުން އިންވެސްޓްކުރަމާ ވަރަށް ބޮޑުތަފާތެއް ހުރެއެވެ، ސެންޓްރަލް ބޭންކުގެ އެސެޓްގެ ގޮތުގައި ނެތް އަދަދަކުން އިންވެސްޓް ކުރެވޭނީ ޗާޕްކޮށްގެނެވެ. އިންވެސްޓްމަންޓް ކުންފުނިން ކުރާނީ ސަރކިއުލޭޝަންގަ ހުރި ފައިސާއެވެ. މިހާރު ކުރަން ތިއުޅޭކަމުން ސަރކިއުލޭޝަން ފައިސާ އިތުރުވަނީއެވެ. އެއީ ފައިސާ ޗާޕްކުރުން ނޫން ދެން ކޮންކަމެއް ހެއްޔެވެ.
ފޮރި
21 October 2025
ސެންޓްރަލް ބޭންކުގެ ރިޒަރވްގައި ނެތް ފައިސާއެއް އެ ތަނުން އިންވެސްޓް ކުރެވޭނީ ފައިސާ ޗާޕްކޮށްގެންކަން އެންމެ އާދައިގެ މީހާއަށްވެސް އެނގޭނެއެވެ. ޕެންޝަން ފަންޑުގައި އެމްއެމްއޭއިން އިންވެސްޓް ކުރާ ފައިސާ ދައުލަތަށް ބޮންޑެއް ގޮތެއް ދީ ދައުލަތުން އެފައިސާ ބިލްތަކަށް ފައިސާ ދެެއްކުމަށް ބޭނުން ކުރުމުގެ ނަތީޖާއަކީ ކޮބާކަން ރައީސަށް އެނގިވަޑައި ނުގަންނަވަތީތޯ ނޫނީ ދޮގާއި އޮޅުވާލުމުގެ ބޮޅަށް އިތުރު ބޮޅެއް ލައްވަނީތޯ.
އަބުދުލް ޤާދިރު
21 October 2025
ޗާޕެއް ނުކުރޭ. ޕެންޝަން ފަންޑާއި،. މަނިޓަރީއާއި ބީ.އެމް.އެލް އިން ފައިސާ ބްރޯކުރަނީ. ސަޅިއެއްނުން.
ަސދަސދަސދ
21 October 2025
ސަޅިވާނެ ޗާޕް ނުކޮށް ޕްރިންޓް ކޮށްލައިފިއްޔާ، ޓެކްނޮލޮޖީ ބްރޯ
އުދުހޭ
21 October 2025
2 ބިލިޔަން ރުފިޔާ ޕްރިންޓްކޮށްފިއްޔާ އޭއި ބުނާގޮތުން ޑޮލަރުގެ ރޭޓް 24ރ އަށް އަރާނެ.
ހަސަންދީދީ
21 October 2025
ފެންޝަން ފަންޑުގަ ހުރި ފައިސާ ބޭނުން ކުރަން އަހަރަމެން ނޭދެން, ކިތަންމެ ބަޮޑުކަމެއް އަހަރަމެންނަށް ފިމާވިޔަސް އަހަރަމެނަށް ނުދީ ތި ސަކަރާއި ޖަހާކަށް ހުއްދަ އަހަރަމެން ދޭކަށް ބޭނުމެއް ނޫން, އޭގަ 2 ބައި ކުޅަ އެއްބައި އަދި އަމުދުން ބޭނުން ކޮށްގެން ނުވާބެ, އެފްޑީސީ އެޕާޓްމަން އެޑްވާންސް ދައްކަންވެސް އެ ބޭނުންކުރަން މިސަރުކާރުން އެއްބަސް ނުވީ މިޖަރީމާ ހިންގަން.
ދިއްދާ
21 October 2025
ފައިސާ "ޗާޕު" ކުރެވޭ އިރުވެސް ވާއެއް ނުވާއެއް އެނގެނީކީނޫން. މީތޯ އަދުގެ ރައީސްގެ ފެންވަރަކީ. ޕޯޑިއަމަކާ މައިކެއް ފެނުނީމާ މިމީހުންނަށް މިހިރަވާގޮތެއް ދޯ! ލަދު
ދޮންތަ.
21 October 2025
ވަރައްކަޑަ, ފެންޝަން ފަންޑުގަ ހައުސިން ކަންކަމަށް ބަޔެއް ކަނޑައަޅާފައި ވާއިރު މިހާރުވެސް ފެންނަން ހުންނާނެ, އެ ހަމަ ޖައްސަން އެފްޑީސީ އިންވެސް މަސައްކަތް ކުރި, އެކަމް މިސަރުކާރުން ބޭނުންވީ އެ ހައްގުވެރީންނަށް ނުދީ ތި ބިންހިއްކަން އެފައިސާ ބޭނުން ކުރަން, އެއީ އަހަރަމެންގެ މުސާރައިން ކަނޑާގަ ނެގި ރުފިޔާ ހެޔޮވާނީ ކިހިނެތް.
ސަރުމީލާ
21 October 2025
ހަންދާނުން ކައްސާ ނުލަށްޗޭ، ކުރީ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕްކޮށްގެން ކަން ދިވެހި ރުފިޔާގެ އަގު ވެއްޓިފައި ވަނީ
ލަސް
21 October 2025
ރަށްފުށު މީހުންގާތުގަ ތިފަދަ ހޮޅި ވާހަކަ ދެއްކިދާނެ. އެމީހުނަށް އެނގިފައޮތީ ފައިސާ ޗާޕްކުރުމަކީ ފައިސާނޫޓް ޕްރިންޓް ކުރުންކަމަށް. ލޯހުޅުވިފަ ތިބި ދިވެހިންނެއް ތިޔަކަށް ނެހެއްލޭނެ އިނގޭތޯ.
ރަސްތަ
21 October 2025
ތިޔަ ވިދާޅުވި "ޅޯހުޅުވިފަ ތިބި" މީހުންނަކީ ކޮން ރަށެއްގެ ބައެއްތޯ؟ ތިޔަވިދާޅުވީ "މާލޭ" މީހުންކަމަށްވާނަމަ، ދަންނަވަންޖެހެނީ، މާލޭގައި ރަޖިސްޓްރީ އޮތުމަކުން ހޭލުންތެރިކަން އިތުރުވާނެ އެއްވެސް ސަބަބެއް ނެތޭ. މަހިތުން އެންމެގިނަ، ޑްރަގް ބޭނުން ކުރާމީހުނާއި، ގޭންގްސްޓާރުންނާއި، ސަލާންޖަހާ މީހުންނާއި އަދި ވަގުންވެސް ތިބީ މާލޭ ރަޖިސްޓްރީގައި. ތިޔަވިދާޅުވާ ރަށްފުށުގައި ހޭލުންތެރި މީހުން މާގިނަވާނެ...