ލ. ކަލައިދޫގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސާއި ބީއެމްއެލްގެ އިސްވެރިން: ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ވަނީ ގާއިމްކޮށް ނިމިފައި --- ފޮޓޯ/ބީއެމްއެލް
22 އޮކްޓޯބަރ 2025 - 13:33
ބޭންކް އޮފް މޯލްޑިވްސްއިން ލ. ކަލައިދޫގައި އޭޓީއެމްގެ ހިދުމަތް ފަށައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ.
އޭޓީއެމް ހިދުމަތް ތައާރަފް ކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އޭޓީއެމްގެ ހިދުމަތް އެރަށު ތައާރަފް ކުރުމަށް ފަހު ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތައާރަފްކުރި އޭޓީއެމްގެ ހިދުމަތާއެކު "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން 19 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމް ކުރެވިފައިވާ ކަމަށެވެ. އަދި ރައްޔިތުން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭންކުގެ ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުން ދާއިރު ޑިޖިޓަލް ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ވެސް އަޅުގަނޑުމެން މިދަނީ މުހިންމު މަސައްކަތް ކުރަމުން." ޝަރީފް ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއެކު 20 އަތޮޅުގައި 42 ބްރާންޗާއި 200 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 258 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ބީއެމްއެލްއިން ފޯރުކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސާނިމް ނ
22 October 2025
މިފެންނަނީ އެރައްޔިތަކު އެދޭ ފާހަގައެއް ސިއްރުން ޖަހާފައި ޤައުމުގެ ރައީސަކު ހޮވުމަށް ވޯޓު ލުމުގެ ފުރުޞަތު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެން ދިއުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބެމުންދާ ފަސޭހަތައް. މިގޮތުން އެތަކެއް ރަށްރަށުގެ ރައްޔިތުންނަށް އަސާސީ މުހިންމު ޚިދުމަތް ކަމަށްވާ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް މިހާރު ލިބެމުން އެބަދާ ކަން ފާހަގަ ކުރެވޭ.
ކަަބީލާ
22 October 2025
ބައެއް ޚަބަރުތައް ކިޔާލުމުން ހީވޭ މިހާރު ހުރިހާ ރަށެއްގާ އޭޓީމް ބަހައްޓާ ނިމިއްޖެހެން. އެހެނަސް މިހާރުވެސް އެހުޅުވާނަގަނީ.