ދިވެހި ކެއުމެއް ތައްޔާރު ކުރަނީ. ވޯލްޑް ކަލިނަރީ އެވޯޑްސް ރާއްޖެެއަށް ދުނިޔޭގެ އެންމެ މަގުބޫލު ސަގާފީ ކެއުމުގެ މަންޒިލްގެ އެވޯޑު ވަނީ ލިބިފައި.
28 އޮކްޓޯބަރ 2025 - 14:25
ވޯލްޑް ކަލިނަރީ އެވޯޑްސްގައި ރާއްޖެެއަށް މުޅި ދުނިޔޭގެ އެންމެ ކަމުދާ "ހެރިޓޭޖް ކުޒީން" މަންޒިލްގެ އެވޯޑު ލިބިއްޖެ އެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ އެ އެވޯޑުގައި ރާއްޖެއިން ޖަރުމަނާއި ޕެރޫ އާއި ސީޝެލްސް އާއި ސިންގަޕޫރު ފަދަ ގައުމުތަކާ ވާދަކުރި ކަމަށެވެ.
އެ އެވޯޑުގައި ރާއްޖެއަށް ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުން ވެސް ތަފާތު ގިނަ އެވޯޑުތަކެއް ލިބިފަ އެވެ. މާލެއަށް ވަނީ "އިންޑިއަން އޯޝްންސް ބެސްޓް ކަލިނަރީ ސިޓީ ޑެސްޓިނޭޝަން"ގެ މަގާމު ލިބިފަ އެވެ. ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އަށް ވަނީ ސަރަހައްދުގެ އެންމެ މޮޅު ކަލިނަރީ ޓްރެއިނިން އިންސްޓިޓިއުޓްގެ އެވޯޑު ލިބިފަ އެެވެ.
މިއަހަރު އެވޯޑުގައި ރާއްޖޭގެ ވަކިވަކި ރެސްޓޯރަންޓް ހޮޓާތަކުން ވެސް ވަނީ ކާމިޔާބީތައް ހޯދައިފަ އެވެ. ސިންފަނީ ރެސްޓޯރަންޓަށް ވަނީ "އިންޑިއަން އޯޝަންސް ބެސްޓް ލޭންޑްމާކް ރެސްޓޯރަންޓް"ގެ އެވޯޑު ލިބިފަ އެެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، އެ އެވޯޑުން ހާމަވީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި ކެއިންބުއިމުގެ އުކުޅުތަކާއި ރަހަތަކަށް ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ މިންވަރު ކަމަށެވެ.
"ސަގާފީ ކެއުންތަކާ އެކު، ޒަމާނީ ކެއިންބުއިމުގައި ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހިމެނިގެން ދިއުން މިއީ ޓޫރިޒަމްގެ އިތުރުން ދިވެހިވަންތަކަމާއި ގައުމީ ފަހުރުކަމަށްވާ މަސްވެރިކަމާއި ކަނޑުގެ ރޯއްޖާއި ދިވެހީންގެ ދިރިއުޅުން ގުޅި ލާމެހިފައިވާ މިންވަރު މުޅި ދުނިޔެއަށް ދައްކާލަދިނުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް،" އޭނާ ވިދާޅުވި އެވެ.
ވޯލްޑް ކަލިނަރި އެވޯޑަކީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބައެކެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގައި މިއަހަރު ވެސް ރާއްޖެ އަންނަނީ ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިޒަމް މަންޒިލްގެ މަގާމަށް ހަ ވަނަ ފަހަރަށް ވާދަކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގައްބެ889
02 November 2025
ރާއްޖޭގެ ރެސްޓޯރަންޓްތަކުގައި މިހާރު އުފެދިފައިއޮތް ކަލިނަރީ ކަލްޗަރއަކީ ވީހާވެސް އަވަހަކަށް ފަސޭހައިން އެއްޗެއް ހަދާފައި ކާންދިނުން. މީރުތޯ ސާފުތާހިރުތޯއެއް ނުބަލާ. ޓޫރިސްޓުންނަށް ކޭޓަރކުރާ މިކަހަލަ މާކެޓެއްގައި ރަނގަޅު ސްޓެންޑަރޑްތައް ސެޓްކޮށް ހިފެހެއްޓެން އެބަޖެހޭ. އަދި ދިވެހި ރަހަތަކަށް އެއްޗެހި ހަދަން ދަސްކުރަންވެސް އެބަޖެހޭ. އެއްޗެއް ނުބައިވެއްޖެއްޔާ އޭތި ރަނގަޅުކުރުމުގެ ވިސްނުން އެބަ ގެންގުޅެންޖެހޭ. ސަސްޓެއިންކުރެވޭނީ އޭރަށް.
އަނީސް89
01 November 2025
ބޮޑެތި ނަންނަން ކިޔާ މަޝްހޫރުކުރާ މާލޭގެ ރެސްޓޯރަންޓްތަކުން ފްރެޝްމީލްއަކަށް އެކްސްޕެކްޓްކޮށްގެން ޓޭކްއަވޭ ނުވަތަ ޑެލިވަރީ އޯޑަރއެއް މިދެނީ.އެ އޯޑަރުދީ ފޯނު ނުބޭއްވެނީސް އޯޑަރުނިމިގެން އެބަގުޅާ.ލިބުނީމަ ރަހަ ބަލާލަން އެންމެބައިޓެއް އަނގަޔަށްލާފަ ނުކެވިގެން އޯޑަރުކުރި އެތި ޑަސްބިނަށްލާންޖެހެނީ. އެހާ އަގުބޮޑުކޮށް މިގަންނަނީ. މީހުންނަށް މީރު އެއްޗެއް ކާންދިނުމުގެ ވިސްނުން ވިސްނައިގެން މީރު ކާއެއްޗެހި ތައްޔާރުކުރުމުގެ ކަލްޗަރ އެއްކޮށް ގޮސްސި. ދެރަ
އޮނަރަބްލް އަފީފު ދީދީ
28 October 2025
ވޯލްޑް ކަލިނަރީ އެވޯޑް ތަކުގެ ތެރެއިން ކ.މާލެއަށް "އިންޑިއަން އޯޝްންސް ބެސްޓް ކަލިނަރީ ސިޓީ ޑެސްޓިނޭޝަން"ގެ މަގާމު ލިބުނު އިރު ކ.މާލޭގެ ކޮން ތާކުންތޯ ތިފަދަ ކާބޯތަކެތި އުފައްދާ ވިއްކަން ހުންނަނީ. އަހަރުމެނަށް ފެންނަން ހުންނަ ތިރަށު ގިނަ ހޮޓާތައް މުޑުދާރު ކަމުން ވަންނަންވެސް ޖެހިލުންވޭ. އިންތިހާއަށް ފަލަ އަގުތައް ޖަހާފައި ހުންނަ މެނޫތައް ހަދާފައި ހުންނަ ވަރުގަދަ ރެސްޓޮރާންޓް ތަކުންވެސް ފެންނަ އެއްޗަކަށް ނޫން ތިޔަ އެވޯޑް ދީފައި ވަނީ.
އަފީފާދީދީ
30 October 2025
އާ އައްޑޫ ރެސްޓޮރެންޓް ތަކުން ލިބޭ ކާ އެއްޗެހި މާ މީރު އަދި ބަޖެޓަށް ކުޑަ ކުޑަ ކޮށް ލުއި މާލެ އަށް ވުރެން އަދި މާލެ އަށް ވުރެން މާ ރީތި ރެސްޓޮރެންޓް އައްޑޫ ގަ އެބަހުރި އަތޮޅުގަ މާ ބޮޑު އިގްތިސޯދީ ކާރޫ ބާރޫ އެއް ނެތަސް!
ކޮރަލް
28 October 2025
ރާއްޖޭގެ މުއްސަނދި ސަގާފަތާއި ކެއިންބުއިން ރިސޯޓް ތަކުން ނުލިބެ އެވެ.