ހުޅުދޫ ދާއިރާގެ މެމްބަރު ޝާހިދު މަޖިލިހުގެ ޖަލްސާއެއް ގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލީހުގެ އިދާރާ
28 އޮކްޓޯބަރ 2025 - 15:13
މާލޭ ދަފްތަރަކީ ސިޔާސީ ވެރިން ވޯޓު ހޯދަން އުފައްދާފައި އޮތް އެއްޗެއް ކަމަށް ވިދާޅުވެ، އެ ދަފްތަރު އުވައިލަން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު މިއަދު ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އޭނާ އެހެން ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓް ލިބުނު ގިނަ ބަޔަކަށް ފްލެޓް ލިބުން ލަސްވާތީ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް ކުރެއްވި ބަހުސްގަ އެވެ.
ޝާހިދު ވިދާޅުވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ހުޅުދޫގެ ގިނަ ބަޔަކު ދަފުތަރުގައި ޖެހިފައިވާ ކަަމަށާއި އެ ހުރިހާ ރައްޔިތުން އަނބުރާ އެ ރަށުގެ ރަޖިސްޓަރީ އަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު އައްޑޫގައި ބޭއްވި ރިފަރެންޑަމަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ، އުފަން ރަށާ ގުޅޭ ނިންމުންތައް ނިންމާއިރު، އެ މީހުންނަށް އެ ރަށަށް ވޯޓު ނުލެވޭ ކަމަށާއި އެކަމަކު އެ މީހުންނަށް މާލެ ސަރަަހައްދުން ފްލެޓެއް ވެސް ނުލިބޭ ކަމަށެވެ.
"މިފަދަ ވޯޓެއް އަންނައިރު އެއްކަލަ ދަފްތަރެއްގައި ތިބޭ މީހުންނަށް، އެ ނިންމުން ނިންމުމަށް ޓަކައި ވޯޓެއް ނުއެއް ލެވޭ. އެކަމަކު ފްލެޓެއް ވެސް ނުލިބޭ، ބޭހެއް ވެސް ނުކުރެވޭ، ބޭރަކަށް ވެސް ނުދެވޭ ދަފްތަރެއް. އެހެންވީމާ ފުރަތަމަ ފެށުމަކީ ވަގުތުން ވަގުތަށް އުވާލަން ޖެހޭ މި ދަފްތަރު،" ޝާހިދު ވިދާޅުވި އެވެ.
ދަފުތަރު އުވާލުމާ އެކު، ފްލެޓާއި ގޯތި ދިނުން ބޭރު ބަޔަކާ ހަވާލުކުރަން ވެސް އޭނާ ގޮވާލެއްވި އެވެ. އެއީ ޝާހިދު ވިދާޅުވި ގޮތުގައި "ސިޔާސީ ފްލެޓް" ލިބޭ މީހުން ކަނޑައެޅުމުގެ ޕްރޮސެސް ސިޔާސީ ނުފޫޒުން ސަލާމަތް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅެކެެވެ.
"އޭރުން މިކަން ހަމައަކަށް އަންނާނީ. މިހާރު މި އޮންނަ ގޮތަކުން މިކަމެއް ހަަމައެއް ނުޖެހޭ. އެއީ ވާ ގޮތަކީ ޕާޓީގެ އޮފީހުން ފްލެޓް ލިސްޓް ތައްޔާރު މިކުރަނީ،" ޝާހިދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޱރ މަޖިލީސް
29 October 2025
އޯއި ބަލަ މިސޮރުތަ މާލޭކުއްޖަކަށް ލަނޱުދިނީ؟ އެކަމުގެ ހިތިފިލުވަން މިއުޅެގަތީ މިހާރު.
ތުނބުޅި ޙުސައިނު
29 October 2025
މިއީ އެއްވެސް އާރުލާ ވާހަކައެއް ނޫނެވެ. ލާމަރުކަޒީ ޤާނޫނުގައި ބުނަނަީ އެތަނެއްގައި ވެހި ނުވެ އުޅޭ ރާއްޖެއިން ބޭރު މީހުންނާއި ތަނުގަ ރަށްވެހި ނުވެ އުޅޭ ރާއްޖޭގެ މީހުންގެ ދަފްތަރު ލިޔެ އަންނަމުންދާ ބަދަލާއި އެކު ލިޔެ ބަލަހައްޓަން ވާނެ ކަމަށެެވެ.
ޢަލީބެ
29 October 2025
ދަފްތަރަކާ އަޅައިގަންނަނީ ކީއްވެ. ތިމާހޮވިދާއިރާގެ ރައްޔިތުން މާލެއަންނަސަބަބު ނޭނގޭހާލު އަދި އެކަމަށް ހައްލުނުހޯދުނީމަ ދަފްތަރަށް ނުބަވާ
މާލޭދަރިއެއް
29 October 2025
ޝާހިދެއްކަމަކު ތި ދަޕްތަރެއް އުވާލުންތީ މުހިންމު ކަމެއް. އެހެންޏާ!!! މުޅި ތީގަވެސް ޖެހިގަނެގެން އެތިބީ ރައްރަށުމީހުން.
ފްލެޓްދޮންބެ
29 October 2025
މަޖްލިހުގެ ރައީސަކަށް ހުރީ ކާކުހޭ!
އޮނަރަބްލް އަފީފު ދީދީ
29 October 2025
ފަޤީރުނަށް ޙާއްސަކޮށްގެން ވެރިރަށުގަައި ސޯޝަލް ހައުސިންގ ސްކީމް ހިންގުމަކީ އެއްވެސް ޤައުމަކުން ކުރާކަމެއްނޫން. އެހެންކަމުން ފުރަތަމަ ބިމާއިފުލެޓް ޓެކްސް ފުރީކޮށް އޭނާހޯދާ ދެވަނަ ބިމާއިފުލެޓުން %50 ޓެކްސް އަދި އިތުރަށްހޯދާ ކޮންމެ ފުލެޓަކާއި ބިމުން %100 ޓެކްސް ނަގާން ކަޑައަޅާ "ސޯޝަލް ހައުސިންގ ސްކީމަށް ދޮގު މައުލޫމާތުދިނުމާއި އެފަދަކަމަކަށް އެހީތެރިވުމަކީ ޖިނާޢީކުށެއްކަމަށް ކަޑައަޅާ" މަތީގައިދެންނެވި ރަށްރަށުގައި ސޯޝަލް ހައުސިންގ ޕްރޮޖެކްޓް ހިންގާ.
ޢަލީބެ
29 October 2025
ތިބުނާ ސިޓީތަކުގެ ވަށައިގެން ކަނޑުއޮވޭތަ.މިސާލު ޖަހަންވާނީ ގުޅޭތަންތަނާ ހާލަތަށް
އައްޑޫސިޓީ
28 October 2025
ވަކި ރަށަކަށް ބަލާހިނދު ނިސްބަތުން އެންމެ ގިނަ މީހުން މާލެއަށް ހިޖުރަކޮށްފައިވަނީ ސ. ހުޅުދޫ އިން. އެރަށު މީހުން އެދިގެން އައްޑޫ ސިޓީން ވަކިކުރުމަށް ނިންމައިފި. ދެންމާލެ ގަނަތެޅެން އުޅުމުގެ ބަދަލުގައި އަމިއްލަ އުފަން ރަށަށް އެނބުރި ރުޖޫޢަވުން ބުއްދިވެރި.
ނަފާ
28 October 2025
މީނަ އުމުރު ދުވަހު މެމްބަރުކަން ކުރެވޭނީ އެހެންމިހުން ގުރުބާންކޮއްގެންތާ ސާހިދު އަށް ފައިދާވަނީ ދަފުތަރު އުވާލާފަ ސާހިދައް ވޯޓްލާން ބަޔަކު ތިބެގެންތާ! އެހެންވެ މިކަހަލަ ދެއުޅި އެއްނުވާ ވާހަކަ ދައްކަނި !!
އަބޫ
28 October 2025
ބޯގޯސްވާންވާނީވެސް ވަކިވަރަކަށްތާ ... ބޯހަޖެހޭވާހަދައްކަބަލަ
ބޮޑުރިޔާ
28 October 2025
ވެރިކަން ވެސް އުވާލާފައި ބީލަމުގެ އުސޫލުން އެންމެ ރަނގަޅު ޕްރޮޕޯސަލް އެއް ހުށައަޅާ ބޭރުބަޔަކާ ވެރިކަން ވެސް ހަވާލު ކުރަންވީ