ޚަބަރު / މޯލްޑިވްސް މީޑިއާ ކޮމިޝަން

މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 55،000ރ.

މީޑިއާ ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައި މެމްބަރުން ވާހަކަ ދައްކަވަނީ: އެ ކޮމިޝަނުގެ ރައީސުންނަށް ވެސް މިނިވަން މުއައްސަސާތަކުގެ ރައީސުންނަށް ލިބޭ މުސާރަ ލިބޭނެ--- ފޮޓޯ: މީޑިއާ ކޮމިޝަން

ރައްޔިތުންގެ މަޖިލިހުން ދާދި ފަހުން ފާސްކުރި މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ރައީސަށް މުސާރަ އާއި އިނާޔަތްތަކާ އެކު 59،000ރ. ގެ މުސާރައެއް ލިބިވަޑައިގަންނަވާނެ އެވެ.

ޖުމުލަ ހަތް މެމްބަރުން ތިއްބަވާ އާ މީޑިއާ ކޮމިޝަންގައި ތިއްބަވަނީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރި ތިން މެމްބަރަކާއި މީޑިއާތަކުން ހޮވި ހަތަރު މެންބަރެކެވެ.

އެ ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކަމަށް މަޖިލީހުން ފާސްކުރީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ މެމްބަރު މުހައްމަދު ފަރުޝަތެވެ. އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ސަރުކާރުގެ އެކި ވަޒީފާތައް އަދާކުރައްވައިފަ އެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސް ހޮވާފައި ވަނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ވޯޓަށް އަހައިގެންނެވެ. އިސްލާމިކް މިނިސްޓްރީ އަދި ފަހުން ބްރޯޑްކާސްޓިން ކޮމިޝަނުގައި މަސައްކަތް ކުރެއްވި ޒަމްއަތު އަހުމަދު ވަހީދު އެ މަގާމަށް އައްޔަންކުރެއްވީ ހަތް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ވޯޓާ އެކު އެވެ.

މަޖިލީހުން މިނިވަން މުއައްސަސާތަކުގެ ރައީސުންގެ އަސާސީ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 40،000ރ. އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 18،000ރ. ލިބޭއިރު ފޯނު އެލަވަންސަށް ލިބޭ 1،000ރ. އާ އެކު މީޑިއާ ކޮމިޝަންގެ ރައީސަށް 59،000ރ. ލިބިވަޑައިގަންނަވާނެ އެވެ.

ކޮމިޝަނުގެ ނައިބު ރައީސަށް އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ 39،000ރ. އެެވެ. އަދި ލިވިން އެލަވަންސަށް 15،000ރ. ލިބޭއިރު ފޯނު އެލަވަންސާ އެކު ނައިބު ރައީސަށް 55،000ރ. ލިބިވަޑައިގަންނަވަ އެވެ.

މީޑިއާ ކޮމިޝަނުގެ މެމްބަރުންގެ އަސާސީ މުސާރައަކީ 33،000ރ. އެވެ. މެމްބަރުންގެ ލިވިން އެލަވަންސަކީ 14،000ރ. އެވެ. އަދި ފޯނު އެލަވަންސާ އެކު ކޮމިޝަނުގެ މެމްބަރުންގެ މުސާރައަކީ 48،000ރ. އެވެ.

މީޑިއާ ކޮމިޝަން އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މެމްބަރު ކަމަށް ކުރިމަތިލިއިރު މީޑިއާތަކުން ހޮވާ މެންބަރުކަމަށް ކުރިމަތިލެއްވީ އެންމެ ހަތަރު ބޭފުޅުން ކަމަށް ވުމުން އެ ބޭފުޅުން ކޮމިޝަނަށް ވަޑައިގަތީ އިންތިހާބަކާ ނުލަ އެވެ. އެއީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމާއި ހުސައިން ސަގީފެވެ.

އެ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރި ތިން ބޭފުޅުންނަކީ ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.

27 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 7%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އލިފަން

30 October 2025

ކީއްކުރާ މީޑިއާ ކޮމިޝަނެއް ؟؟

The name is already taken The name is available. Register?

ސުވާލު މާކު

30 October 2025

މިއޮތީ މުސާރަތައް ހާމަނައިޒްވެ ނިމިފަ. ސިޔާސީ ބޭނުމަށްވީމަ ކޮޅުނެތްވަރުގެ ބޮޑު އަދަދުން މުސާރަނަގާ. ދައުލަތް ބަނގުރޫޓުވަނީ އެކަމަކު މިއޮއް ނިންމާލަނީ ބައިލައްކައިގެ މުސާރަދޭން. މީވާ ގައުމެއް.

The name is already taken The name is available. Register?

މަރީ މަރީ

30 October 2025

މިޑިޔާ ކޮމިޝަންގެ ރައީސަށް 59000ރ އެވެ. އަހަރެމެން ސަރުކާރުގައި 30 އަހަރު އުޅުމުން 7000ރ އެވެ. ޝަކުވާއާގެން ދާނެތަނެއް ނެތެވެ. އަރެންނަށްވެސް މީޑިޔާ ރައީސަށްވެސް އާފަލެއް 8 ރ އަށެވެ. މީ މުސާރއިގެ ހަމަހަމަކަން އޮތްވަރެވެ.

The name is already taken The name is available. Register?

ސޯދުބެ 2025

30 October 2025

ބޭސް ގަންނާނެ ލާރިއެއް ނެތް ރައްޔިތުން އަތުންނަގާ ޓެކްސް ބޮޑުކޮއްފަ އެލާރި މިކަހަލަ ތާކުންތާކުންނުޖެހޭ މީހުންނަށް މުސާރަދޭން ތަޅާ ހުސްކުރަނީ. ދިވެހިންނަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށް.

The name is already taken The name is available. Register?

ކިމް

30 October 2025

ދެއިރު ދެދަޅަޔަށް މަޖްލިސް މެންބަރުންގެ މުސާރައޭކިޔާ ގުރޫޕު ކޮބާ؟

The name is already taken The name is available. Register?

ހަސަނާގެހުސެއިނު

30 October 2025

މަސައްކަތެއް ނުކުރާ މީހުނަށް ބޮޑު މުސާރަ ، ރެޔާދުވާލު އަބަދު މަސައްކަތުގަ ތިބޭ މީހުންނަށް ކުޑަ މުސާރަ! އެއްވެސް ކަމެއްގަ ހަމަޔާ އިންސާފު ގާއިމު ކުރުމަކީ މިގައުމުގަ ލަދުވެތި ކަމަކީބާ! މިއީ ސަދޫމް ބާ؟

The name is already taken The name is available. Register?

އަފްރާސިޔާބު

30 October 2025

ޙަސަނާގެ ހުސެއިނު ވެސް ތިގޮތަށް ތިވާހަކަދައްކަންވެސް ޖެހުނީ ކުރީސަރުކާރުން ގައުމަށް ފައިސާ އޮއްސާފައި ދިޔައީމާތާ. އެހެންނޫންނަމަ އެގޮތަށް ފައިސާ ދޭކަށް މިގައުމުގައި ފައިސާނެތީހެވެ. 8 ބިލިއަން ރުފިޔާ ޗާޕްކޮށް ގައުމުގެ ތިޖޫރިއަށް ލުމުގެ ސަބަބުން ގިނަވި ފައިސާ ހުސްކުރަންޖެހޭއިރު، ބެހޭނީ އެގޮތަށް ކަނޑައެޅިފައިވާ ބަޔަކަށް ބޮޑު މުސާރަޔާއި އެލަންސް ދީގެންކަން ނޭގެނީބާ؟

The name is already taken The name is available. Register?

ޓްރަލަލާ

30 October 2025

ފައިސާ ޗާޕްކުރަންޖެހެނީ މިހެންވެ ދޯ؟ އެކި އެކި ނަންކިޔާފަ ބޮޑު މުސާރަދެނީ. މިއިން މީހަކު ކުރާ މަސައްކަތަކުން ފެންނަ ނަތީޖާއެއް ނެތް. ހަމައެކަނި ގައުމަށް ވާކަމަކީ އިންފްލޭޝަން މައްޗަށް ގޮަސް ބުރަ މަސައްކަތް ކޮށްގެން ފައިސާކޮޅު ހޯދާ މީހާގެ ދިރިއުޅުމުގެ ހާލަތު ދަށަށް ދިއުން.

The name is already taken The name is available. Register?

ސުއބޫހުނާ

29 October 2025

އަޅެ މި ގޮތަށް ވަކި ބަޔަކު ލާރި ބަހާ ކާން ދޯ މި ޑިމްކްރަސީ އެއް ގެނައީ! މުޅި ގައުމު ފަސާދަ ވެ ނިމިއްޖެ! ހުސް ވައްކަން ކޮށް ބައި ކޮޅަށް ލާރި ގޯނި ބަހަން ކޮންމެ މީހަކު ވެސް މި ޑިމްކްރަސީ އޭ ކިޔާ ބަލިމަޑު ކަމުގަ ވެރިކަން ކުރަން ފައިވިއްދަނީ! މައުމޫނީ ދައުރު މާ ފަސޭހަ އުޅެން ވެސް އަދި މާ މަޖާ! މިހާރު މީ 1400 ވަނަ ގަރުނަށް ފެތިފަ އޮތް ރާއްޖެ އެއް މުއްލާ އިން ގެ މުށު ތެރޭ ކިރި ކިރި އެކަމަކު ލާރި ވައްކަމުގެ ފަސާދާ ގަ ތެމި ފޯވެފަ އޮތް ގައުމަކަށް ވެވިފަ!

The name is already taken The name is available. Register?

ސްކިޕަރ11

29 October 2025

ޑިމޮކްރަސީގެ ކުރިން ފަސާދަ އޮތީ. އެތައްބަޔަކަށް މައުމޫނުގެ ވެރިކަމުގައި ބޮޑެތި އަނިޔާދީ ދާއިމީ ބަލި މީހުންނަށް ހަދާލި. ކުރީ ވެރިކަންތަކާ ރަސްކަންތަކުގައި އެތައް ބަޔަކުގެ ފުރާނަވެސް ގެއްލިގެން ދިޔަ. ތަފާތުކުރުމާއި، ބޭއިންސާފު އޮތީ ފެތުރިފައި. ޑޮމޮކްރަސީ އައިސް ކުރިކަމަކީ އިއްޒަތްތެރި ބޮޑުން ރައްޔިތުން އަތްފޯރާ ބަޔަކަށް ހެދީ. އެމީހުން ޖަވާބުދާރީ ކުރުވަންފެށީ. އެކަމާ ހިތްހަމަނުޖެހޭނީ ބޭއިންސާަފު، ސިއްރުވެރި، އަނދިރި ނިޒާމަށް ލޯބިކުރާ މީހެއް

The name is already taken The name is available. Register?

އަފްރާސިޔާބު

29 October 2025

ލައްކައަކަށް ހަދާލިނަމަ ނޫންތޯ އެބޭފުޅާގެ ނަޒާހަތްތެރިކަން ހިފެހެއްޓޭނީވެސް. އެހެންނޫނީ މީޑިއާތަނުން ސުޕާރީ އެބޭފުޅާއަށް ދޭނެ.

The name is already taken The name is available. Register?

ތެފައާސާ.

29 October 2025

ކަމިޝަން އެކުލަވާލުމުގެ އުފަލުގައި ހަވާ އަރުވަންވާނެ އެއްނު؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454