2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފޮތް މެމްބަރަކު ބައްލަވާލައްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ
30 އޮކްޓޯބަރ 2025 - 23:25
ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމަށް ކެޕިޓަލްގެ ގޮތުގައި އަންނަ އަހަރު ދޫކުރާ ފައިސާ 88 ޕަސެންޓު ކުޑަކުރަން ބަޖެޓުގައި ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، މި އަހަރުގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމަށް 2.47 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ.
މިދިޔަ އަހަރު އެ ކަމަށް ހޭދަކޮށްފައިވަނީ 1.59 ބިލިއަން ރުފިޔާ އެވެ.
ކެޕިޓަލްގެ ގޮތުގައި މި އަހަރު އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ ޓްރޭޑްނެޓް ކުންފުންޏަށެވެ. އެ ކުންފުންޏަށް މި އަހަރު 612 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށް ބަޖެޓު ފޮތުގައި ބުނެފައި ވެ އެވެ. ދެވަނައަށް އެންމެ ގިނައިން ކެޕިޓަލް ދޭ ސްޓެލްކޯ އަށް 500 މިލިއަން ރުފިޔާ އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނަށް 389 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭނެ އެވެ.
ނަމަވެސް، އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރު ކުންފުނިތަކަށް ދޭން ހިމަނާފައިވަނީ 314.9 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރު ދޫކުރަން ހަމަޖެހިފައިވާ އަދަދުގެ 12 ޕަސެންޓެވެ.
އަންނަ އަހަރު ކެޕިޓަލްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދޭން ކަނޑައަޅާފައިވަނީ، ފަހި ދިރިއުޅުން ކޯޕަރޭޝަނަށެވެ. އެ ކުންފުންޏަށް އަންނަ އަހަރު 270 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ވަނީ ކަނޑައަޅައިފަ އެވެ.
އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅަފައިވާ ބަޖެޓަކީ 64.2 ބިލިއަން ރުފިޔާ އެވެ. އެއީ މި އަހަރަށް ވުރެ 8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 40.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މުޅި ބަޖެޓުގެ 62 ޕަސެންޓެވެ. މިއީ މި އަހަރުގެ ބަޖެޓަށް ވުރެ 3.3 އިތުރު އަދަދެކެވެ. އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 8.8 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ބަޖެޓު އިތުރުވި އެންމެ ބޮޑު ސަބަބަކީ އަންނަ އަހަރަށް ދައްކަން ޖެހޭ ދަރަނި އިތުރުވުމެވެ. އެގޮތުން އަންނަ އަހަރުގެ އޭޕްރީލްގައި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ސުކޫކު ސަރުކާރުން އަނބުރާ ދައްކަން ޖެހެ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2022 ވަނަ އަހަރު ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑު ވެސް މި ސަރުކާރުން ދައްކަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަމަދުބެ
31 October 2025
ތިވިދާޅުވީ, ކުންފުނިތަކަށް ސަރުކާރުން, އައްބާނާގެން ކޮށްފަ ކުންނަ ހަރަދުގެ 88 ޕަސެންޓް މަދުންނޭ ދޭނީ, ބާކީބާ ނުދެވޭނޭ,ތޯ, ?
ނޯގާ
31 October 2025
ދެން ސިޔާސީ މުވައްޒަފުން އަނެއްކާ ގިނަ ކޮއްލާ.
އަފްރާސިޔާބު
31 October 2025
ކަނޑައެޅިގެން ރައްޔިތުންނަށް އަނެއްދޮގު ތިޔަހެދީ. 88 ޕަސެންޓް ކަނޑާލާފައި ދެން ހިންގޭނެ ޕްރޮޖެކްޓެއް ލެއްވޭނެ މުވައްޒަފުންނެއް ނެތް. ސަބަބަކީ މިހާތަށް އެއްވެސް އެސްއޯއީ އެއްނެތް ނުދަރާއޮތް. އަދިވެސް އެއުޅެނީ އެދަރަނިތަކުން ސަލާމަތްނުވެގެން ކަމަށް ސަރުކާރުން ބުނާއިރު ކުރިންވެސް ހިންގި ހުރިހާކަމެއް ހިންގީ ފިނޭންސުން ފައިސާ ދީގެންކަމުގައި ބުނަމުން ކިޔަމުންދާތީ.
އޮނަރަބްލް އަފީފު ދީދީ
31 October 2025
އަދިވެސް ދައުލަތުގެ ޙަޒާނާއިން މިލިޔަނުން ޙަރަދުކޮށް ދެރަށް ދޭތެރޭގައި އެއަރޕޯޓް އަޅާ (މާލީ ވަޒީރުގެ އަތޮޅުގައި ވެސް 4 އެއަރޕޯޓް) މޯލްޑިވިއަނުން ދައުލަތަށް އެތައް ބިލިޔަން ރުފިޔާ ސަބްސިޑައިޒް ކޮށް އެއްކޮޅަށް އެއްޥަޅަކަށް (ކ.މާލެއަށް ކުލީއަޅުން ގެންދަން) އެ އެއަރޕޯޓް ތަކުން މާލެއަށް ލޯކަލް ގެސްޓުން ނުވަތަ ކުލީ އަޅުން އުފުލަން ކުރާ ޙަރަދު އިތުރުކޮށް މާތްވެގެންވާ ތިޔަ މުޤައްދަސް ރަށްކޮޅަށް މީހުން ޖަމާކުރެވޭތޯ ބަލާ. އޭރުން ރަނގަޅު ވާނެ.
އޮނަރަބަލް މާލޭ ކާފަ
31 October 2025
ކުޑަ ސިޓީ ހައްދައިގެން ނޫނީ މާލެ ނޭރޭ ގަވާއިދު ހަދަން ޖެހުނީ ރަށްފަޅުކޮށްފައި މާލެ އަރާ ވައްކަންކުރަން ގޭންގު ހަދައިގެންގެން އުޅޭތީވެ. މާލޭ ކުށުގެ ވެށީގެ 99 ޕަސެންޓު ނިސްބަތްވަނީ ތިގޮތަށް މާލެ އަރައިގެން އުޅޭ މީހުން ގެ ސަބަބުން ޖަލުތައްފުރި ޖަލަށް ކުރާ ހަރަދަ ކުޑަކުރަން މި ފަދަ މީހުން ރަށަށް އަބުރާ ފޮނުވާލަން ޖެހޭ .
އޮނަރަބްލް އަފީފު ދީދީ
31 October 2025
ރާއްޖޭގެ އެންމެ އަގުބޮޑު ބިމުގެތެރެއިން ކ.މާލޭގެ ވަކި ޤަބީލާތަކަކަށް ހުޅުމާލެއިން ހިލޭ ބަހާލި އެތައް ބިލިޔަން ޑޮލަރުގެ ބިން އަބުރާ ދައުލަތަށް ނަގާފައި ކ.މާލޭމީހުން އަމިއްލައަށް މަސައްކަތްކޮށް ފައިސާހޯދައިގެން ބޯހިޔާ ވަހިކަން ހޯދޭނެ ވަރު ނެތް ނަމަ އެމީހުނަށް ހިލޭ ބެހި ގޯތީގައިވެސް ގެއެއް އިމާރާތް ނުކުރެވޭނެތީ، އެމީހުން ދިރިއުޅޭނެ ފުލެޓެއް އެމީހުނަށް ދޭގޮތަށް ދައުލަތަށް އަބުރާ ބިންތައް ނަގާފައި ބިންތައް ވިއްކައިހެން ދައުލަތް ދަރަނިން ސަލާމަތް ކުރޭ.
އޮނަރަބްލް އަފީފު ދީދީ
31 October 2025
އެތައް ބިލިޔަން ޑޮލަރަށް ދައުލަތް ދަރާ ބަޤުރޫޓް ވުމުގެ މަގުމަތީގައި އޮތް އިރުވެސް ކ.މާލޭމީހުނަށް އެޗްޑީސީ އިން ދޫކޮށްފައިވާ ފުލެޓް ތަކުގެ އެއްބަސް ވުމާއި އެއްގޮތަށް މަހުން މަހަށް ދައްކާންޖެހޭ ފައިސާގެ ތެރެއިން 1 ބިލިޔަން ޑޮލަރަށް ވުރެން ގިނަ ފައިސާ އެމީހުން ނުދައްކާ ހުރިއިރު ވެސް އެފައިސާ ހޯދަން އެއްވެސް މަސައްކަތެއް ނުކުރަނީ އެއީ ކ.މާލޭ މީހުނަށްވާތީ އެމީހުންގެ ކަށިމައްޗަށް ބަލައިގެން ކަށިމަތީގެ ޙުރުމަތަށްޓަކާ އެކަން ކުރާން ބޭނުން ނުވާތީ ތޯ؟
އޮނަރަބަލް މާލޭ ބޮޑުމީހާ
31 October 2025
ކުލި ނުދައްކާ ފަރާތްތަކުގެ 99 ޕަސެންޓު ނިސްބަތްވަނީ ތިގޮތަށް އަތުންފައިން މަސައްކަތެއް ނުކޮށް އުޅޭ މީހުންގެ ރަށްރަށަށް. ..... މާލޭ މީހުނާ ނުފޮށި ގޮސް ރަށުގައި އޮވެބަލަ. .
ހށނރބ
31 October 2025
ވަތަށް ރަނގަޅު ނިންމުމެއް. ކުންފުނި ތަކަށް އަމިއްލަ ޙަރަދުތައް ފޫބައްދަން ފައިސާ ހޯދެން ޖެހޭނެ.
1181
31 October 2025
ސަރުކާރު ކުންފުނިތަކުން ޚިދުމަތެއް ދެންޏާ އެތައް ގުނަ ބޮޑުކޮށް ރައްޔިތުންގެ އަތުން އަގު ނަގާ. އެ ހެޔޮ އަސާސީ ޚިދުމަތެއް ވިިޔަސް. ބޮޑު ފައިދާ ލާފަ ޚިދުމަތް ދިނަސް ނުވިތާކަށް ސަރުކާރުން އެބަ ޖެހޭ ތިޔަ ތަންތަނަށް ރައްޔިތުންގެ ޓެކްސް ފައިސާ ޕަމްޕުކުރަން. މިވަރުންވެސް ނިމުނީކީ ނޫން. ތިޔަ ކުންފުނިތަކަށް ދޭ ފައިސާގެ 80 ޕަސެންޓު ފައިސާ ދަނީ ކުންފުނިތަކުގައި ފައި ހިއްޕައިގެން ތިބޭ ވަގުންގެ ޖީބަށް. ނުޖެހޭ ކޮންމެ އަހަރަކު ކުންފުނިތަކަށް ފއިސާ ޕަމްޕުކުރާކަށް