އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހިސާބުތައް ހިމެނޭ ފޮތް ބަލަނީ: އަންނަ އަހަރު މުވައްޒަފުންގެ އަދަދާއި މުސާރައަށް އަންނަ ބަދަލާ އެކު ބައި ލައްކައަށް ވުރެ ގިނަ މުވައްޒަފުންނަށް 17 ބިލިއަން މުސާރައަށް ހިމަނާފައިވޭ. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
01 ނޮވެމްބަރ 2025 - 14:25
ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 54،000 މުވައްޒަފުންގެ މުސާރައަށް 17.1 ބިލިއަން ދޭން ބަޖެޓުގައި ހިމަނައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހެޅި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވާ ގޮތުން މުވައްޒަފުންގެ މުސާރަ ދޭން ހޭދަވާވަރު ވަނީ މިއަހަރު ބަޖެޓްކުރި ވަރަށް ވުރެ ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. މި އަހަރު މުވައްޒަފުންގެ މުސާރައަށް 14.7 ބިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.
ބަޖެޓުގެ ހިސާބުތަކުން ދައްކާ ގޮތުން މިއަހަރު ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި ރެކޯޑު ކުރެވިފައިވަނީ 46،000 އެވެ. އަދި އަންނަ އަހަރު ސަރުކާރުގެ މުވައްޒަފުންގެ އަދަދަށް އިތުރު 7،000 އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މުވައްޒަފުންގެ އަދަދު އިތުރުވާ އިރު ސަރުކާރުން ވަނީ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކޮށްފަ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ޕޭ ހާމަނައިޒްކުރުމަށް 1.7 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
Civil servant aai dhaulathuge idhaaraathakuge muvazzafun ge musaara ah genna badhalu thah aammu koffi
The most trusted news source in the Maldives
Mihaaru
މި މަހުން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް އަންނަ ބަދަލުތައް
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގެ ގާތްގަނޑަކަށް 30 ޕަސެންޓް ހަރަދު ކުރަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. އަދި ބަޖެޓުގެ 62 ޕަސެންޓް ހޭދަކުރަނީ ރިކަރަންޓް ހަރަދަށެވެ.
މުސާރައަށް 2023 ވަނަ އަހަރު ހޭދަކޮށްފައިވަނީ 13.5 ބިލިއަން ރުފިޔާ އެވެ. މުވައްޒަފުންނަށް ކުރާ ހޭދަ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން ދާއިރު އަންނަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަންޏެއް އަދާކުރަން ޖެހޭ އަހަރެވެ. އަންނަ އަހަރު ސުކޫކާއި ބޮންޑަށް އެއްފަހަރާ 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ. އެ ފައިސާ ދައްކަން ޖެހެނީ އަންނަ އަހަރުގެ އޭޕްރީލް މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒިންދަގ
04 November 2025
ވެރިން ބޮޑުގޮނޑީގަ ބޮޑުމުސާރައިގަ… ހުރިހާ މަސައްކަތެއް އާދައިގެ މުވައްޒަފު މުސާރަކުޑަ އޯޓީނުލިބޭ ހުރިހާ ޒިންމާއެއް..މިހެން ނެހެދޭނެ 2 ޖަހާއިރު ގެއަށްދާނަން.. އުޖޫރަ ނުދީ މަޑުނުކުރެވޭނެ.. ބަންދުގަވެސް ނުނެރެވޭނެ… މޮއޮތީ މިއިއްޒުވެފަ
ނަާނީ
02 November 2025
ތީތި ގޯސް ، ގައުމު ހަލާކު ކޮއްލި ކަމެއް
ގުދުގުދާބެއްޔާ
02 November 2025
ސިއްޚީ ދާއިރާގައި އުޅޭ މީހުން އަޅުވެތި ކޮއްގެން ނުގެންގުޅެވޭނެ!ހަމަ 8 ގަޑިއިރު ހަމަވާއިރަށް ޕަންޗް އައުޓްއަށް ފިތާފަ ނިކުމެގެންދާނީ! ދެން ނުގުޅޭނެ ފޯނުވެސް ނިވިފަ އޮންނާނީ! މުސާރަ ވީ ބޮޑެއްނޫން! ގެއަށް ގެންދަން ލިބޭވަރުން 2000ރ އުނިވީ!އަދި 8 ގަޑިއިރުގެ ފަހުން ގަވާއިދާ ޚިލާފައް ނުވެސް ނެރެވޭނެ!
ކަލީމް
02 November 2025
17.1 ބިލިޔަން 54 ހާސް މުވައްޒަފުންގެ މައްޗަށް މަހު މުސާރައަށް ބަލާލީމަ އެވަރެޖް މުވައްޒަފަކަށް މަހަކަށް 26 ހާސް އެބަޖެހޭ. ގަައިމުވެސް އިދާރީ މުވައްޒަފުން ގިނައީ، އަދި އެމީހުންގެ މުސާރަ 12 ހާހުން ދަށްވާނެ. އެހެން ވީމާ މަތީފަންތީގެ މަދު ބަޔަކަށް ހާދަބޮޑު މުސާރައެކޭ އެދެނީ
ގުލާނު އަލީ
02 November 2025
މުސާރައާ އިނާޔަތްދީ ބޮޑޮކުރުމުގައިވެސް މިއީ ނަމޫނާ ގައުމެއް. ބައެއް ފަހަރު އެއީ މޫސުމީ ކަމެއް. އަނެއްބައެ ފަހަރު ކަރުން ހަންގޮސް ހުނޅުބު ދާވަރުކަމެއް.
ހަސަނު
02 November 2025
އެއްވެސް މުވައް،ަފެއް ގެ ކުށެއްނެތި އެމުވައްޒަފުވެ މަގާމު ދައްކުރުމަށް މިއަށް ކިހިނެއްތޯ އިންސާފުން ކަންކުރިޔޭ ބުނެވޭނީ. މިއީ އަދި މިވީހާތަނަށް އެއްވެސް ސަރުކާރަކުން ކަންކޮށްފައިވާ ވޮތެއްނޫން. ކޮންމެ މީހަކަށް މިހެންދިމާވިނަމަވެސް މިއި އެމީހަކަށް ދެވުނު އަނިޔާއެއް.
ކާސިމު
02 November 2025
މިގަމުގަ އިންސާފުން ކަންކަން ކުރަންޖެހޭއެބަ. ސަރުކާރަކުން މުސާރަ ބޮޑުކުރި އިރު ވަކި ބައެއްގެ މަގާމު ދައްކޮށް ކުޑަ މުސާރަ އެމީހުނަށް ދިނުން މިއަށް އަންސާފޭ ކިޔޭނެތޯ.
ހުސޭނު
02 November 2025
ހުރިހާ މުވައްޒަފުން ނަށް ހަމަހަމަ އުސޫލަކުން ކަންކުރައްވަން ޖެހޭނި. ވަކި ބަޔަކަށް މުސާރަ ބޮޑުކޮށް ދީފަ ވަކި ބަޔެއްގެ މަގާމު ދައްކޮށް ނިކަމެތި ކޮށްލެއްވުން އިންސާފަށް ލޯބިކުރާ އެކަކުވެސް ބަލައި ނުގަންނާނެ.
އަންވަރު
02 November 2025
މުސާރަ ބޮޑުކުރާއިރު ވަކި ބަޔެއް ތިބި މަގާމު ދައްކޮށްލުން މިއީ ހަމަ އެންމެ ރަގަޅު ގޮތްތޯ.
އީސަ
02 November 2025
މުސާރަ ބޮޑުވީ ބައެއް މުވައްޒަފުންނަށް. ބައެއް މުވައްޒަފުން ތިބި މަގާމު ދަށްކޮށް ފައިވަނީ. މިއީ އިންސާފެއްތޯ. އެއްވެސް ކުށެއް ނެތި އެތައް އަހަރަކު ސަރުކަރައް އިހުލާސްތެރި ކަމާއެކު ހިދުމަތްކުރީމަ މުސާރަ ބޮޑުކުރިއިރު ވަކިބަޔެއްގެ މުސާރަ ދައްކޮށް މަގާމުދައްކުރުން މިއީ އިންސާފުތޯ.