އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ވޯކްއިން އިންޓަވިއު: އިމިގްރޭޝަންގެ 70 ވަޒީފާއަށް އެދި 500 އަށް ވުރެ ގިނަ މީހުން އިންޓަވިއުގައި ބައިވެރިވި ކަމަށް އިމިގްރޭޝަނުން ބުނޭ --- ފޮޓޯ/އިމިގްރޭޝަން
01 ނޮވެމްބަރ 2025 - 20:08
އިމިގްރޭޝަނަށް 70 އޮފިސަރުން ހޯދަން މިއަދު ބޭއްވި ވޯކް-އިން އިންޓަވިއުގައި 500 އަށް ވުރެ ގިނަ މީހުން ބައިވެރިވެއްޖެ އެވެ.
އިމިގްރޭޝަނަށް އޮފިސަރުން ހޯދަން މިއަދު ހުޅުމާލޭ ފޭސް 2 ގެ ސަލާހުއްދީން ސްކޫލްގެ ހޯލުގައި ކުރިއަށް ގެންދިޔަ އެ އިންޓަވިއުގައި 500 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވި ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ އިންޓަވިއުގައި ބައިވެރިވާން ހުޅުވާލީ 30 އަހަރުން ދަށުގެ ޒުވާނުންނަށެވެ.
މިއަދު ހެނދުނުން ފެށިގެން ހަވީރު 4:30 އާ ހަމައަށް ކުރިއަށް ގެންދިޔަ އެ ވޯކް-އިންޓަވިއުއަށް ލިބުނީ ވަރަށް ރަނގަޅު ތަރުހީބެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މިއަދުގެ އިންޓަވިއުގައި ޝަރުތު ހަމަވެ، އިންޓަވިއުއިން ފާސްވި ކެންޑިޑޭޓުން އަދި އިތުރު ދެ އިމްތިހާނެއް ފުރިހަމަ ކުރަންޖެހެ އެވެ.
އެއީ އިމިގްރޭޝަނުން އެގޮތަށް ކުރިއަށް ގެންދިޔަ ދެވަނަ ވޯކް-އިން އިންޓަވިއު އެވެ. މީގެކުރިން 50 އޮފިސަރުން ހޯދަން ކުރިއަށް ގެންދިޔަ އިންޓަވިއުގައި 876 މީހުން ބައިވެރިވި އެވެ. ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަވީ 758 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
02 November 2025
ސަރުކާރު ފެއިލް ވެފަ އެވެ. ރާއްޖޭގަ އޮތީ ދިވެހީންނަށް ގެ ބަޔަކަށް 5 ހާސް ރުފިޔާ ދީގެން ބިދޭސީން ހިންގާ ވިޔަފާރި ތަކެވެ. ހުރިހާ ފައިސާ އެއް ރާއްޖެ އިން ބޭރަށް ދަނީ އެވެ. ދިވެއްސަކު ފެންނަން ނުހުންނަ ގޮތަކަށް ފިހާރަ އާ ހޮޓާ ކެފޭ ރެސްޓޯރަންޓް ގަރާޖް ތައް ހިންގާ ނަމަ ބަންދު ކުރަން ވީ އެވެ. އެންމެ ދިވެއްސަކު ނަމަ ވެސް ހުންނަން ވާނެ އެވެ. ދުވާލަކަށް 10 ހާސް އަދި މަހަކަށް 3 ލައްކަ ރ ލިބޭ އިރުވެސް 15 ހާސް ރ ދީފަ ދިވެއްސަކަށް ވަޒީފާ ނުދެ އެވެ.
އޮނަރަބަލް ރިސޯޓު މެނޭޖަރު
02 November 2025
ދުނިޔޭގެ އެންމެ މަތީފަންތީގެ ޓުއަރިޒަމް ކުރިއްރާފައިވާ މަދު މީސްކޮޅު ހިމެނޭ މި ކުދި ޖަޒީރާ ގައުމުގައި ޖޮބްލެސް ޒުވާނުން ގިނަވުމަކީ ސަރުކާރެއްގެ ދޯހަޅި ސިޔާސަތު އަންގައިދޭ އަލިގަދަ ހެއްކެކެވެ.
ޑިލީޓަޑް ކޮމެންޓް
02 November 2025
ކީއްވެތަ ބިދޭސީންނަށް ހުޅުވާނުލީ. ޢަމިއްލަ ޤައުމުގަ ރައްޔިތުން މިވަރަށް ބާކީކުރާ ދެވަނަޤައުމެއް ނޯންނާނެ. ބޭރުޤައުމުތަކަށް އަޅުވެތިވެ ނިމިއްޖެ. ނޫހުގައި މިކަހަލަ ސުރުހީތައް އަޅާލާއިރު ހީވަނީ ބޮޑު ކާމިޔާބީއެއްލިބިގެންއުޅޭހެން. މީވަރަށް ދެރަކަމެއް. ކިޔަވައިގެން ނުކުންނަ ޒުވާންކުދިން ގަނަތަޅުވަނީ، ހުރިހާ ބޮޑު ކުދި ވަޒީފާތަކާ ވިޔަފާރިތައް ބިދޭސީންނަށް.
ސަހަރޯއި
02 November 2025
ޔުނީފޯމުލައިގެން ޖަރީމާ ހިންގޭ ތަންތަނަށް ބާރުބޮޑުވާނެ.
މަ ބުނީ
02 November 2025
ރާއްޖޭގެ ދަޢުލަތުގެ ބަޖަޑިން ވަކިބަޔަލު މުއްސަދިކޮށްދިނުމުގެ ގަސްތުގައި މާސިއްގާ ބިޔަ ޕްރޮޖެކްޓުތަށް ވަކިބަޔަކަށްދީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ފުޑާލައި ނިދޭސީން ކަންމަތީ ފިހާރަތަކާއި ގޮތެއްފޮތރއްނއތި ބިދޭސޯންގެ ކެފޭތަކާއި ވިންޑޯޝޮޕްތަށް ހިތްގީމަ ސަރުކާރުގެ މަގުސަދު ހާސިލުވާނަމަ މަށައްވެސް ބުނެވޭނީ 70 ވަޒީއަށް 500 މީހުން ކުރިމަތިލީމަ ހަމަހެޕީއޭ އެއްމެން ހެޕީ ދޯ !
ފުކެއް ބޮޑުވަރު
02 November 2025
ދާއިމީ ނޫން ވަޒީފާއަކަށް މީހުން ތިޔަހާ ގަނަތަޅުވަން ހެޔޮވެސް ނުވާނެ.. މިއޮތްފަދަ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނުގަ ތިޔަށްވިރެ މާ ލުއިފަސޭހަކޮށްވެސް އިންޓަވިއުގެ މަރުހަލާ ކުރިއަށް ގެންދެވުނީސް... މިއީކީ އަޝާރަސްތޭކައިގެ އަހަރުތަކެއް ނޫން ވިއްޔަ..........ކޮންމެ ކަމަަކުންވެސް ދެއްކުންތެރިކަން ދެން ބޮޑުވަރު... މާ ގިިނަ ބަޔަކު އިމިގްރޭޝަނުން ވަޒީފާ ބޭނުންވާކަން ދައްކަންވެގެން އެތައް ބައެއްގެ ވަގުތުތައް ނަގާލަނީ
ޑރ ވާންޗޯ
02 November 2025
އިމިގްރޭސަން އަދި ކަސްޓަމްގެ ވަޒީފާއަށް މީހުންދަނީ އެއްވެސްވަރަކަށް މުސާރަބޮޑުވެގެނެއްނޫން. ގިނަ ރިސޯޓުތަކެކޭ އެއްގޮތަށް މުސާރަޔަށްވުރެ ބޮޑަށް ލިބޭ ސަރވިސްޗާޖްއަށް.
ލޯކޯ
02 November 2025
ބްރޯ ޕީސް ވިއްކުމަށް ވުރެ އޯކޭދޯ
މިސްޓަރ ޓިނޭ
02 November 2025
ދިވެހި ޒުވަނުންނަށް މަލާމާތް ކުރަނީ، ކޮބާ ކުރިން ބޭއްވި ވޯރކްއިން އިންޓްވިޔު، ވަޒީފާދެނީ އިންސާފަކުން ނޫން، ޕާރޓީ ކުދިންނަށް، މެޑަމްގެލިސްޓަށް ފުލެޓް ދިނީކާކު؟؟؟؟ ލައްކަ ވާހަކަ
ހުއްތު
01 November 2025
ކޮބާ ލައިނު؟
ދިސްވޭއިން
01 November 2025
އިމިގްރޭޝަންގެ 70 ވަޒީފާއަށް އެދި 500 އަށް ވުރެ ގިނަ މީހުން ކުރިމަތި ލުން އެއީ ވަރަށް ބޮޑު މައްސަލަ އެކޭ 500 ގެ 70 އެއީ %14 ކުރިމަތިލި މީހުންގެ %14 އަށް ވަޒީފާ ލިބުން މީ ރާއްޖޭގެ އަންއެމްޕްލޯއިމެންޓް ރޭޝިއޯ ދައްކާދޭ ޑޭޓާ ސެޓް ހަގީގަތަކީ އިމިގްރޭޝަން ފަދަ ތަންތަނަށް މީހުން ވަންނަން އެދިމާކުރަނީ އެއީ ފަސޭހަވެފައި ބޯގާނަން ޖެހޭ ކަމެއް ނެތި ޝެޑިއުލް މަސައްކަތެއް ކުރަން ޖެހި ގިނަ ދުވަހު ސަލާމް ބުނެވި އުޅެން ފަސޭހަ ވަޒީފާ އަކަށް ވުމުންނޭ މީ ހަގީގަތަކީ
ޗަޕް
02 November 2025
ރާއްޖޭގައި އަންއެމްޕްލޯއިމެންޓެއް ނެތް. ރާއްޖޭގައި އޮތީ އަންޑަރއެމްޕްލޯއިމަންޓް. ވަޒީފާތައް އެބަހުރި. އެކަމަކު ބޭނުންވާ ވަޒީފާއެއް ލިބެން ނެތީ.