ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެ މަނިކުފާނާއި އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވަނީ.
03 ނޮވެމްބަރ 2025 - 16:43
މީގެ 37 އަހަރު ކުރިން ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލައާ ގުޅިގެން އިންޑިއާ އިން ދިން އެހީތެރިކަމަކީ އެ ގައުމުގެ "މަދަދުވެރިކަން ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އިސްވެ، ދިވެހިންގެ މަދު ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ 80 ވަރަކަށް މީހުން ގޮވައިގެން މާލެ އަރައި ދިން ހަމަލައިން ދިވެހިން ސަލާމަތްވުމުގެ އުފަލުގައި ފާހަގަކުރާ މި އަހަރުގެ ނަސްރުގެ ދުވަހާ އެކު، ޔާމީން "އެކްސް" ގައި ހަތް ކަމެއް މިއަދު ފާހަގަކުރެއްވި އެވެ.
އޭގެ ތެރެއިން އެންމެ ފަހު ކަމަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެއީ "އަވަށްޓެރި އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް" އެވެ.
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލައާ ގުޅިގެން ރާއްޖެ އަށް އަސްކަރީ އެެހީތެރިކަން ދިން އިންޑިއާގެ ނަން ކުރީގެ ރައީސް ޔާމީން މިއަދު ފާހަގަކުރެއްވިއިރު، އެ މަނިކުފާނު ވެފައި ވަނީ ރާއްޖެ-އިންޑިއާގެ ގުޅުމަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅާއަށެވެ. އެއީ އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންކަމަށް އަތްގަދަ ކުރަން އުޅޭ ކަމަށް ބުނެ އާންމުކޮށް ދައްކާ ވާހަކަތަކާ އެކު، ޔާމީން ވިދާޅުވާ ފާޑުކިޔުންތަކެކެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއާ އެކު ބޭއްވި ގާތްގުޅުމާއި އިންޑިއާ އިން ދީފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރަން އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވި ތިބޭތީ އެ ކަމާ ދެކޮޅަށް ހިންގި "އިންޑިއާ އައުޓް" ކެމްޕެއިންގައި ވެސް ޔާމީންގެ ދައުރު ވަރަށް ބޮޑެވެ. އަދި ޔާމީންގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން ވެސް ގޯސްވި އެވެ.
ނަސްރުގެ ދުވަހާ ގުޅިގެން ޔާމީން މިއަދު ދެން ވިދާޅުވީ، އެއީ ގައުމީ ބަތަލު އަދި މިހާރު ހިދުމަތުން ރިޓަޔާ ކުރައްވާފައިވާ އިބްރާހިމް މުހައްމަދު ދީދީގެ މަތިވެރި ހިތްވަރު ގަދަ މަސައްކަތުން ސިފައިންގެ ހަތިޔާރު ގުދަން ސިފައިންގެ އަތުޖައްސައިދީ ވަރުގަދަ ރައްދު ހަމަލާތަކެއް ދިން ދުވަސް ކަމަށެވެ. އަދި އެއީ ރާއްޖެ ދިފާއު ކުރުމުގައި އެންމެ އާދައިގެ ސިފައިންގެ މީހަކު މުޅި ސިފައިންގެ ލަޝްކަރަށް ފިލާވަޅު ނަގައިދިން ދުވަސް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ދެން ފާހަގަކުރެއްވި އިތުރު ކަންކަން:
- ނަސްރު ދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالى ގެ ހަޟުރަތަށް ހަމްދާއި ޝުކުރު ކުރުންމަތީ ދެމިތިބެން ހަނދާން ކުރަންޖެހޭ ދުވަސް.
- ދިވެހިންގެ ލޭ އޮހޮރުވާލައި ވެރިކަން ބަދަލުކުރަން އުޅުނު ދުވަސް.
- ސިފައިންގެ ވަރުގަދަ އަޒުމާއި ވަރުގަދަ ގުރުބާނީ ފާހަގަކުރި ދުވަސް.
- ޒުވާން ޝަހީދު ހުސައިން އާދަމްގެ މަތިވެރި ޖިހާދުގެ ދުވަސް.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިލްހާމީ
04 November 2025
ރައީސް ޔާމީންގެ ހިނިތުންފުޅު ވަރަށް ސާދާ.. ވަރަށް ހޭންޑްސަމް. އެމެނިކްފާނަށް ހަސަދަ ލައިފައިތިބި މިހިރަ ސިޔާސީ ވެރިން ބަލި ކުރައްވާ 2028 ގައި އެމަނިކްފާން އަށް ނަސްރުދެއްވާންދޭ.
ދޫލަ
05 November 2025
މިއީ ކޮންކަމެއްގެ ސަބަބުން ބުނިއެެއްޗެއް؟ ވޭތުވެ ދިޔަ ތާނގައި އިންޑިޔާ ޔާމެދު ދިވެހިންގެ ހިތުގައި ނަފުރަތު އުފެއްދީ؟ އަދި ވެސް ކަމެއް ކޮށްދޭނީ ހަމަ އިންޑިޔާޢިން.
ަދފދދދދ
04 November 2025
ކޮބާތޯ އިންޑިއާ އައުޓް ފޮތިގަނޑު..
އަބްޑޫޅް +
04 November 2025
އިންޑިޔާ އަށް ވިކި، އެކަމުގެ ސިއްކަ ޖެހުނީ. ރާއްޖެ އަކީ މިހާރު، މާއްޅަޕްރަދޭޝްގެ ޔޫނިއްން ޓެރިޓަރީ.
ޙައްގުބަސް.
04 November 2025
ކިޔޭ ނުކިޔޭ އެއްޗެ ނޭގެދޯ
ޖިިނާާނުު
03 November 2025
ކޮޮބާާ ކަަލޭ ލަަދު ހަަޔާާތްް!
ހުތރެ
04 November 2025
އޭނަ އެބުނީ ތެދެކޭ...
ޒިންދާބާދު
03 November 2025
އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު އިންޑިއާ ޒިންދާބާދު
އައްބެ
03 November 2025
3 ނޮވެމްބަރ ގެ ޖަވާބު ނުލިބޭ އެތައް ސުވާލެއް އެބަހުރި. މައުމޫންގެ ވެރިކަން ވައްޓާލަން އެހީތެރިވީ ސަރުކާރުގެ ތެރެއިން ކޮންބައެއްކަމާއި މިހަމަލާގެ އެއްވެސް މައުލޫމާތެއް އިންޑިޔާއަށް ހަމަ ނޭނގެނީތޯ؟ ނުވަތަ މިހަމަލާގައި އިންޑިޔާގެ ބައިވެރިވުމެއް ހަމަ ނެތީތޯ؟ އަދި އެހީ ލަސްވީ ކީއްވެތޯ؟އަދި އިންޑިޔާ ސިފައިން ރާއްޖޭން ނުފައިބާ ގިނަދުވަހު ތިބީ ކީއްވެތޯ؟ އަދި ރާއްޖޭގެ ދާޚިލީ ކަންކަމާއި އިންޑިޔާއިން އަބަދުވެސް ބެހެނީ ކީއްވެތޯ؟ މިފަދަ ބައިވަރު ސުވާލު.
އަހުމަދޭ
04 November 2025
ސުވާލުކޮށްފައިވާގޮތުން އިގޭ އިންޑިއާގެ ބޮލުގާ ކޮންމެވެސް ކަމެއް އަޅުވަން ވަރަށް ބޭނުންވާ ބޭފުޅެއްކަން މިއީ. ރާއްޖެއިން އެދުމުން އިންޑިއާ އިން އެހީވީ. އަދި ދިވެހި ސަރުކާރުން އެދުމުން މި ދިވެހިގައުމު ހިމާޔަތް ކުރުމަށް 1 އަހަރު ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި. އަދި ސަރުކާރުން އެދުމުން އިންޑިއާ ސިފައިން ފެއިބީ. ހެޔޮކަމެއް ކޮށްދިން ބައެއްގެ ބޮލުގައި ނުބައި ނުލަފާ އިލްޒާމް އެޅުވުމަށް މަސައްކަތް ތިކުރަނީ ކިހާ ސަވާބެއް ލިބޭނެ ކަމަށް؟
ކޮސްސާންޑް ސިޓިޒަން
03 November 2025
މިތަނުގައި ކޮމެންޓްކުރާ ގިނަ މީހުންނަށް ޔާމީންގެ މެސެޖް ސާފްނުވާކަން ހާމަވޭ.ޔާމީން އެއްގޮތަކަށް ވެސް ނުބުނޭ ރާއްޖޭގެ ދާޙިލީކަންކަމަށް އިންޑިޔާއިން ނުފޫޒު ފޯރުވާ ވަރަށް އެމީހުންގެ ޖީބަށް ވެއްޓިގެން ތިބެން ދިވެހިން ޖެހޭނެކަމަށް.ޔާމީންގެ މެސެޖްގަ ބުނަނީ 03.11.1988 ވަނަ ދުވަހުގެ ހަމަލާއާއި ގުޅިގެން އިންޑިޔާއިން ދިން އެހީތެރިކަން ދުވަހަކުވެސް ދިވެހީން ހަނދާންނުނެތޭނެ ކަމަށް.
ރަދީފްއޮފިޝަލް /
03 November 2025
ދިވެހީގެ ދޭހައިން 0 ލިބުނު މީހުންނަށް އެއްޗެއް ދޭހަ ވާނެތަ؟؟ އެމީހުންނަށް އެނގޭނީ ފިތުނަ އުފައްދައި ޓްވިސްޓްކުރަން.
ބަލަގަ
05 November 2025
އިންޑިޔާ އައުޓު ގޮވިއިރު ހެލިކޮޕްޓަރާއި ދޯނިޔާ ގެންނަން ކުރިން ކޮއްފައި އޮތް އެގްރިމެންޓު އާކޮށް، އާދޯނިޔާ ހޯދަން އެދުނީ ޔާމީނު އެއެއްޗެއްސާއެކު ސިފައިފައިން ވެސް ތިބީ؟ އެހެން ވެރިކަމެއް އޮތުމުން އެއީ މިނިވަންކަމަށް އަރައިގަތުން،
ވާތީ
03 November 2025
އަޅުގަނޑު ވަރައް ފޫހިވޭ ޔާމީނު ބޮޑާކަމުންނާއި ހަޖަމުނުވާތީ
ގޮތް
03 November 2025
ޔާމީނު ގޮތް ހުސްވީ އަސްލު