މައްކާގެ ހަރަމްފުޅުގައި ސެކިއުރިޓީ އޮފިސަރަކު އަންހެނެއްގެ އަތުގައި ހިފައި ދަމައި ދުރަށްލާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓްތަކެއް
04 ނޮވެމްބަރ 2025 - 09:10
މައްކާގެ ހަރަމްފުޅުގައި އެތަނުގެ ސެކިއުރިޓީ އޮފިސަރަކު، އަޅުކަމަށް ގޮސް ތިބި ބަޔަކާ މެދު ހަރުކަށިކޮށް އަމަލުކޮށް ގަޔަށް އަތްލައި ކޮއްޕާ މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލްވެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މިނެޓެއްހާއިރުގެ ވީޑިއޯގައި ފެށޭއިރު ފެންނަނީ ގެފުޅާ ވަރަށް ކައިރީގައި އިށީނދެ އިންނަ އަންހެނެއްގެ އަތުގައި ހިފައި ދަމައިގަނެ ދުރަށް ދަމައިގަންނަ މަންޒަރުންނެވެ. އޭގެ އިރުކޮޅެއް ފަހުން ފެންނަނީ އިހްރާމްގައި ހުރި ފިރިހެނަކާ އެ ސެކިއުރިޓީ އޮފިސަރާ ކުރިމަތިލައި އެ މީހާގެ ގައިގައި ޖެހިގަނެ ކޮއްޕަމުން ދުރަށް ގެންދަން އުޅޭތީ އެވެ.
ބެލެވޭ ގޮތުގައި ސެކިއުރިޓީ އޮފިސަރާ ކުރިމަތިލި، އިހްރާމްގައި ހުރި މީހާ އަކީ އަންހެން މީހާގެ ގައިގައި އަތްލައި ދަމައިގަތުމުން އެކަމާ ހިތްހަމަނުޖެހި އެކަމަށް ހުރަސްއަޅަން އުޅުނު މީހެކެވެ.
މި ހާދިސާތައް ހިނގި ސަބަބެއް ވީޑިއޯއަކުން ސާފެއް ނުވެ އެވެ.
"ހަރަމްފުޅުގެ ސެކިއުރިޓީންގެ ފަރާތުން މިފަދަ ކަންކަން ބަލައިގަނެވޭނެތޯ؟" ސުވާލުކޮށްފައިވާ ކެޕްޝަނަކާ އެކު އާންމުކޮށްފައިވާ ވީޑިއޯ އާންމުވީ އިއްޔެ އެވެ.
Viral video clip from Makkah’s Grand Mosque shows a security officer confronting pilgrims, pulling a woman and pushing a man. Online debate erupts over whether his actions were justified or harsh. pic.twitter.com/LcKjTjKIPp
— The Siasat Daily (@TheSiasatDaily) November 3, 2025
މި ވީޑިއޯ ވައިރަލްގެ އެކި މީހުން އެކި ކޮމެންޓުތައް ކުރަމުން ގެންދާއިރު ހަރަމްފުޅުގެ ބައެއް ސެކިއުރިޓީން ހަރުކަށިކޮށް އަމަލުކުރުމަކީ އާންމު ކަމެއްކަމަށް އެތައް ބަޔަކު ބުނެފައިވެ އެވެ.
"ހަރަމްފުޅުގެ ބައެއް ސެކިއުރިޓީން، މީހުންނަށް ކަންކަން ރީތިކޮށް ބުނެދިނުމުގެ ބަދަލުގައި ހަރުކަށިކަމާ އެކު ހަޅޭއްލަވާ ބައެއް،" އެކަކު ބުނެފައިވެ އެވެ.
އަނެއް ބަޔަކު ސެކިއުރިޓީން ދިފާއުކޮށް ބުނެފައިވަނީ ހަރަމްފުޅުގެ ބައެއް ހިސާބުތަކުގައި އިށީނދެ ތިބުން މަނާ ކަމަށާއި އެއީ އެހެން މީހުންނަށް ދަތިވާނެތީ ކަމަށެވެ. އެތައް ހާސް ބަޔަކު އަބަދުވެސް އުޅޭ ތަނެއްގައި ކަންކަން އޮމާންކަމާ އެކު ކުރިއަށް ގެންދަން މަސައްކަތްކުރާއިރު ބައެއްފަހަރު ހަރުކަށިކަމާ އެކު ވެސް އަމަލުކުރެވޭ ހާލަތް އަންނާނެ ކަމަށް އެ މީހުން ބުނެފައިވެ އެވެ.
ދިފާއުގައި ވާހަކަ ދައްކާފައިވާ މީހުން ބުނެފައިވަނީ ސެކިއުރިޓީން ވަރަށް ގިނައިރު ޑިއުޓީގައި އުޅެންޖެހޭ ކަމަށާއި އެހެންވެ ރުޅި ކޮންޓްރޯލް ނުވެ ހަރުކަށިކަމާ އެކު ކަންކަން ކުރެވޭ ހާލަތް ވެސް އަންނަ ކަމަށެވެ. މިފަދަ ހާލަތުގައި، ކުޑަކުޑަ ކަމަކާ ހެދި ވެސް ހިތްހަމަނުޖެހި އެންމެ އެކަށީގެން ނުވާ ގޮތަށް އަމަލުކުރެވޭ ކަމަށް ބުނެފައިވެ އެވެ.
މިފަދަ ބައެއް ވީޑިއޯތައް މީގެ ކުރިން ވެސް އާންމުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުޅާގޯނި
06 November 2025
އަހަރަމެން ތިތަނަށް ދަނީ ވަރަށް ބޮޑު ހަރަދުތަކެއް ކޮށްގެން ތިގޮތަށް ގައިގައި އަތްލައިގެން ނުވާނެ ސެކިއުރިޓީގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވޭ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް ނޫނީ ޔަހޫދީއެއްތަ
raajje
05 November 2025
ދިމާވާއެއްވެސްކަމެއްގައި ސެކިއުރިޓީންނަށް މިގޮތަށްއަމަލުކުރެވިގެންނުވާނެ، ސެކިއުރިޓީބަލަހައްޓަންހުރިމީހާ ސެކިއުރިޓީތުރެޓަކަށްވާހިސާބަށް އަމަލުތައްތިހުރީދޯ! އަންހެނެއްގެ އަތުގާހިފާވެސް ދަމާގަޅުވާލީ! އަޅުކަމުގައުޅޭމީހުން ކޮށްޕާގަޅުވަނީ މިފެންވަރުގެމީހުން ނުޖެހޭދޯ މިތަންތާންގެ ސެކުއުރިޓީބަލަހައްޓަންލާކަށް
ރަނގަޅު
05 November 2025
އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ވަރަށް އުނދަގޫ ކަމެއް. އެހެން ބޮޑާހާކަން ޖާގަ ދީގެން ނުވާނެ މިކަމެއް. ތީ ހަމަ އޯކޭ. ސެކިއުރިޓީގެ ބަހަށް ބޯ ނުލެނބީމައި، ގަޔެއް ނޫން ބޮލުގަވެސް އަތްލާ ތަންފީޒުކުރާނެކަން އިނގެންވާނެ.
އަޅި އަލީ
05 November 2025
މަޖްލީހަށް މިމައްސަލަ ވައްދާދެއްވާ! އެއްމެ އެކަށޭނެ މެމްބަރަކީ ގަލޮޅޫ އުތުރު! އަވަސް ކޮއްލައްޗޭ!
ހަސަނުގެ
04 November 2025
ތީ އަރަބިން. އަރަބިންނަކީ އަބަދު ވެސް ތަޅާފޮޅުމުގައި އުޅޭ ބައެއް.
ވާނުވާ.
05 November 2025
އެމެރިކާއާ އިޒުރޭލުގައި ދޯ އަރަބިން އެންމް ގިނައީ؟
ގުދުގުދާބެއްޔާ
04 November 2025
އަރަބިން ނަކީ މިފަދަބައެއް! އަރަބި އާއިލާއަކަށް ޚިދުމަތްކުރަން އައި ޕިލިޕިންސްގެ މޭޑަކުބުނީ ފަތިހު ކުޑަތަން ކޮޅެއް ލަހުން ބަދިގެއަށް ވަތް ދުވަހު ކޮޓަރިއަށް ވަދެ ފައިން ތަޅަމުން ބަދިގެ އާއިހިސާބައް ގެނައިކަމަށް! ރަސޫލު ޒަމާނުގައި އަރަބިންގެ ގައިގަ ހުންނަ ނުބައިއާދަ އަދިވެސް މިމީހުންގެ ގައިން ނުކެޑޭ!
ގުލްޗަމްޕާ އިދުރީސް
04 November 2025
ދިވެހިންގެވެސް މި ބޮޑާ އާދަ ހުންނަކަން ފެނޭ. ވިސްނާ ފިކުރުކޮއްލަން ރަނގަޅު ވާހަކައެއް ތިޔަބުނީ
އިއްޒަތތރި
04 November 2025
ތިމައްސަލަ ބަލަން މަޖިލީހަށް ވައްދާ. އެތަނުން ނެރޭނެ ހުކުމް
ލަތީފާ
04 November 2025
ލާއިންސާނީ ގޮތްގޮތަށް އެކަކު އަނެކަކާ ދޭތެރޭ ބަސްމަގާއި ޢަމަލު ބެހެއްޓުމަކީ އެއްވެސް ޙާލަތެއްގައި އެއްވެސް ތަނެއްގައި ބަލައިގަނެވޭނެ އަދި ދިފާއުކޮށް ވާހަކަދައްކައިގެންވެސް ވާނެ ކަމެއް ނޫން. މިއީ ނޯމަލައިޒް ކުރެވިގެން ނުވާނެ ކަންކަން. މި ފެންނަ މަންޒަރުތަކުން އިނގެނީ ކޮންމެ ފަދަ ތަނެއްގަ ތިއްބަސް ކޮންމެ ދީނެއްގެ ބަޔަކަށް ވިޔަސް އިންސާނުން ވާނީ އިންސާނުންނަށް ކަން.
ބސވސކ
04 November 2025
ބުނީމައި ބަސްގަބޫލު ނުކުރަނީ. އެމީހުން ނުވަންނަން ބުނީމަ ރަނގަޅުވާނީ ނުވަނިއްޔާ. އެކަކަށްފުރުސަތު ދިނަސް ހާސްމީހުން ވަންނަން ހިފާނެ. ގަދަކަމުން ވަނީމައި ބައެއްފަހަރު އަޅާނުލާތީ ހީވަނީ އެމީހުން އޯކޭއޭ. އަހެރެމެންގެ އަމަލުތައް ރަނގަޅުކުރަންވީ ފުރަތަމަ. ކިޔަމަތްތެރިވާންވީ