މަޖިލީހުގެ ޖަލްސާއެއްގައި ކުޑޫ ވާހަކަދައްކަވަނީ.- ފޮޓޯ: މަޖިލިސް
06 ނޮވެމްބަރ 2025 - 10:33
ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އިއްޔެ އެދިވަޑައިގެންފި އެވެ.
އެންސްޕާގެ ސީއީއޯ ހީނާ ވަލީދަށް ފޮނުއްވި ސިޓީގައި ކުޑޫ ވިދާޅުވީ ރާއްޖެއިން ނުލިބޭ ބޭސް، އެސްޓީއޯ ބޭސް ފިހާރަ މެދުވެރިކޮށް ގެނެސް ދިނުން މި ފަހަކަށް އައިސް މަޑުޖެހި، ކޮންމެހެން ގެންނަން ޖެހޭ ހާއްސަ ގޮތެއްގައި ދިގުމުއްދަތަށް ހޯދަންޖެހޭ ބޭސް ލިބުމުގައި ގިނަ ދުވަސް ހޭދަވާކަމުގެ ޝަކުވާ އެތައް ބަޔަކު ކުރަމުންދާ ކަމަށެވެ.
އޭގެ ތެރެއިން، މިދިޔަ މެއި މަހު، އާއްމު ފަރާތަކުން ގެންނަން އެދުނު އިންޖެކްޝަން، މިއަދާ ހަމައަށް ހަ މަސް ދުވަސް ވީއިރު ވެސް ނުލިބޭތީ އާއްމުންގެ މީހަކު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އެ ސިޓީގައި ކުޑޫ ވިދާޅުވި އެވެ. އަދި އެ އިންޖެކްޝަން ގެނެސް ދެވޭނެ ދުވަހެއް ބަލަން ކުރި މަސައްކަތުން މިއަދާ ހަމައަށް ވެސް އޭނާއަށް ޖަވާބެއް ނުލިބޭ ކަމަށް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އެހެންވެ، ކުޑޫ ވަނީ ބޭސްފަރުވާ ފަދަ މުހިއްމު ކަމެއްގައި ކަންބޮޑުވާ ފަދަ ލަސްވުމެއް ދިމާވަނީ އެސްޓީއޯގެ އިހުމާލުންތޯ ނުވަތަ އެންސްޕާއިން އެފަދަ ބޭސް އެޕްރޫވްކުރުމުގައި ދިމާވެގެން އުޅޭ ކަމެއްތޯ ބަލައި ދިނުމަށް އެދިވަޑައިގެންފަ އެވެ.
"މިކަން މިގޮތަށް ހިނގާނަމަ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށް، ބަލީގެ އުނދަގުލަށް ވުރެން މިކަމުގައި އުފުލަންޖެހޭ ތަކުލީފާއި ބުރަ، އުފުލަން ނުޖެހޭ ގޮތަކަށް ކަންކަން ރާވައިދެއްވުން އެދި ދެންނެވީމެވެ،" ސިޓީގައިވެ އެވެ.
ބޭހުގެ އަގުތަކަށް ގެނައި ބަދަލުތަކާ ހެދި، ރާއްޖެއިން ބޭސް ލިބުމުގައި ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފަ އެވެ. އެހެންވެ، އާއްމުން އެކަމުގެ ޝަކުވާތައް ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
06 November 2025
ސިކާވަތިއަށް ފޮނުވާ މެސެޖް ބަލާނެ ބަލާވަތިއެއް އެބަހަދަންޖެހޭ... ތިޔަ ސިކާވަތިއަކަށް ވިއްސަކަށްފަހަރު ބޭސްނުލިބޭތީ މެސެޖްކުރެވިއްޖެ، ކަމާބެހޭ ސެކްސަނުން ގުޅާނެ. އެއީ އަންނަ މެސެޖަކީ ދުވަހަކުވެސް އަޅުގަނޑަކަށް ނުގުޅާ. ވެދާނެ އެމީހުންވެސް ކަމާބެހޭ ފަރާތަކަށް ގުޅާވާހަކަކަމަށް.
ރަފީޔާ
06 November 2025
ބޭސް ނުލިބޭތީ ޝަކުވާ ކުރަން ހަދާފައިވާ ސިކާވަތި ޗެޤލައިން އަށް ވައިބާރ ކުރީމަ ބުނަނީ ކަމާބެހޭ ސެކްޝަން އަށް ފޯވަޑް ކޮށްފީމޭ އެފަރާތުން ތިފަރާތާ ގުޅާނެއޭ ކޮންމެ ފަހަރަކުވެސް ހަމަ ެ މެސެޖް ލިޔަނީ އެކަމު ދުވަހަކުވެސް އެބުނާވބަޔަކު ނުގުޅާ އަދި ނުގުޅައިގެން މެސްޖްޗކުރީމަ ވެސް ހަމަ އެމެސެޖް ލިޔަނީ މީދެން ބޮޑުވަރުނު
ޑރ ވާންޗޯ
06 November 2025
ބޭސްލިބުމަށް ދަތިވާނެ އޭރުންތާ ބައެއް ކްލިނިކްތައް ހިންގާ ޑޮކްޓަރުންގެ ވިޔަފާރި ކުރިއަރާނީ. އަބަދުވެސް ނޫހުގަ އިންނާނެ މިވެނި ކްލިނިކަކަށް މިވެނިކަމެއްގެ ޚާއްސަޑޮކްޓަރ އަންނަވާހަކަ. މޮޅުކަމަކީ އެޑޮކްޓަރ މިއަދު އައިސްފަ ގުނބުހިލެންދެން ފައިސާނަގައިގެން މާދަމާނޫން އަނެއްދުވަހު ފުރާނެ. މެޑިކަލްޓެސްޓެއްވެސް ހަދާފަބަލާލަން ވަގުތުނުވޭ. އައިދުވަހާ ފުރާދުވަހާއެކު 3 ދުވަސް. އެކަމަކުވެސް ބަލާބަޔަކުނެތް.
ބކ..
06 November 2025
ިވަރަށް ވަރަށް އުނދަަގޫ މިހާރު ރާއްޖޭން ނުލިބޭ ބޭސް ގެންނަން ރިކުުއެސްޓްކުރަން. ބައިވަރު ފޯމްތައް ފިލް ކޮށްގެން އެހީ އަކަށް އެދެނީ ކޮންކަމެއް ކަން ޖަހައިގެން ބޭންކް އެކައުންޓް ނަމްބަރު ދީގެން. ދުވަސްވެ ނިކަމެތިންނަށް ވާނޭވެސް ކަމެއް ނޫން. ޔަގީން ރައީސް މުއިއްޒު އަށް މިކަން ނުވެސް އެނގި ހަދާފަ އޮތް ދުއްޕާނެއް މީ ރައްޔިތުންނަށް. ރައީސްއަށް އިނގިޖެއްޔާ ރަނގަޅު ކުރާނެ %100
އަހުލީމް
06 November 2025
ބޭސް ލިބޭނީ ކިހިނެއް..ހަރަދުކުޑަ ކުރަންބުނެ ހަމައެކަނި ކުރާ ކަމަކީ ބޭސްލިބުން ދަތިކިރުމާއި ބޮޑެތިބަލިތަކަށް ބޭރަށް ފޮނުވުމަށް ދަތިކޮށް މެންބަރުންނާއިި ސިޔާސީމީހުން ކައިރީ ސަލާން ޖެހުވުން.