ފުރަތަމަ ދެ ކުއާޓަރުގައި ބެލި އެއްވެސް މައްސަލައެއްގެ ތަފާސްހިސާބެއް އޭސީސީން ހާމަނުކުރޭ.
އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި އޭސީސީއިން ކޮރަޕްޝަނާމެދު ދެކޭ ގޮތުގެ ގައުމީ ދިރާސާއާ ބެހޭ ވިޑިއޯ ޕްރެޒެންޓޭޝަނެއް ދައްކަނީ: މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ގިނަ މައްސަލަތަކެއް ކޮމިޝަނަށް ރިޕޯޓްކުރި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
09 ނޮވެމްބަރ 2025 - 10:42
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެންމެ ގިނައިން ހުށަހެޅީ ޕްރޮކިއުމެންޓާ ބެހޭ މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އޭސީސީގެ މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތަފާސްހިސާބުތައް މިއަދު ވަނީ އާންމުކޮށްފަ އެވެ. އެކަމަކު، އެ މުއްދަތުގައި ބެލި އެއްވެސް މައްސަލައެއްގެ ތަފާސްހިސާބެއް ހާމަނުކުރެ އެވެ.
ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ވެސް އެންމެ ގިނައިން އެ ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައި ވަނީ ޕްރޮކިއުމެންޓާ ބެހޭ މައްސަލަތަކެވެ. އެއީ ފުރަތަމަ ކުއާޓަރުގައި 43 މައްސަލަ އާއި ދެވަނަ ކުއާޓަރުގައި 30 މައްސަލަ އެވެ.
ދެން އެންމެ ގިނައީ ދައުލަތުގެ ފައިސާ އާއި ތަކެތި ބޭނުންކުރުމާ ގުޅޭ މައްސަލަތަކެވެ. ފުރަތަމަ ކުއާޓަރުގައި އެ ބާވަތުގެ 16 މައްސަލައެއް ރަޖިސްޓަރީ ކޮށްފައިވާއިރު، ދެވަނަ ކުއާޓަރުގައި 14 މައްސަލައެއް ރަޖިސްޓަރީ ކޮށްފައިވެ އެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ 2025 ވަނަ އަހަރުގެ ކުއަރޓަރ 1 އަދި ކުއަރޓަރ 2 ގެ ތަފާސް ހިސާބު pic.twitter.com/ZMUDFGbSCy
— ACC-MALDIVES (@ACC_Maldives) November 9, 2025
ކުއްޔަށް ދޫކުރާ ބިންތަކާއި ތަކެއްޗާ ގުޅުން ހުރި ނުވަ މައްސަލައެއް ފުރަތަމަ ކުއާޓަރުގައި ރަޖިސްޓްރީކުރި އިރު، ދެވަނަ ކުއާޓަރުގައި 13 މައްސަލަ ރަޖިސްޓަރީ ކޮށްފައިވެ އެވެ. ފުރަތަމަ ކުއާޓަރުގައި ވަޒީފާއާ ގުޅުން ހުރި ނުވަ މައްސަލައަކާއި ދެވަނަ ކުއާޓަރުގައި 8 މައްސަލައެއް ރަޖިސްޓަރީ ކޮށްފައިވެ އެވެ.
ދެ ކުއާޓަރުގައި ވެސް އެންމެ ގިނަ މައްސަލަތައް ރިޕޯޓް ކޮށްފައި ވަނީ އަތޮޅުތަކުންނެވެ. އެއީ ފުރަތަމަ ކުއާޓަރުގައި ރިޕޯޓްކުރި މައްސަލަތަކުގެ 53.8 ޕަސެންޓާއި ދެވަނަ ކުއާޓަރުގައި ރިޕޯޓްކުރި މައްސަލަތަކުގެ 63.1 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަ ބުނީ
09 November 2025
ފުރަތަމަ ދެ ކުއާޓާގަބެލި އެއްވެސް މައްސަލައެއްގައި އޭސީސީ ތަފްސީލު ހާމައެއްނުކުރޭ އެއީ ކުރީ ސަރުކާރުކަމެއް !
މުޑަނު
09 November 2025
ބެކްގްރައުންޑް ފޮޓޯ ހެދި މީހަކަށް ވަރަށް ސަލާމް
ނސވސ
09 November 2025
ރިޕުލައި ކުރާބައެއްނޫން. މައްސަލައިގެ އަޕްޑޭޓުދޭބައެއްނޫން.
އޯމޯ ޖާބިރު
09 November 2025
ތިނަން ކިޔަސް މޭނުބާ ކުރަނީ ތިޔައީ އިތުބާރު ގެއްލިފަ އަޅުވެތިވެފަ އޮތްތަނެއް
މިއައު
09 November 2025
އޭސީސީ ކަންކުރާ ގޮތުން ހީވާ ކަހަލަ މިގައުމުގަ އެއްވެސް ކަރަޕްޝަނެއް ނުހިނގައޭ. ދެން ތި މައްސަލަތައް ވެސް ދާނީ ކުޑަދޮރުން
ފއ
09 November 2025
އެހެން މީހުންގެ ޙައްޤުތަކަށް ނުވަތަ އަބުރަށް ޙުރުމަތްތެރިކޮށް ހިތުމާއި ޤައުމީ ސަލާމަތް ނުވަތަ އާންމު ޞިއްޙަތު ނުވަތަ އަޚްލާޤު ރައްކާތެރިކުރުމުގެ މުޤާބިލުގައި ނުވަތަ ތަޙްޤީޤަކަށް ހުރަސްއެޅުމުގެ ފުރުސަތު ނުދިނުމަށްޓަކައި މުއައްސަސާތަކަށް ހުށަހެޅި ބަލަމުންދާ މައްސަލަތަކުގެ ތަފްސީލު ހާމަކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ނޫސްވެރިން ވިސްނާލުން މުހިންމު
78958
09 November 2025
ޕްރޮކިއުމަންޓަކީ ހަމަ ހަގީގަތުގައިވެސް އެންމެ ކޮރަޕްޝަން ބޮޑު ދާއިރާ. ދައުލަތުގެ ކަމާގުޅޭ އިދާރާއިން ނިކަން ބައްލަވާލައްވަބަ، އެއްތަންކޮޅެއް މަރާމާތު ކުރުމުގެ ނަމުގައި އަހަރަކު ކިތައްފަހަރު އެ މަރާމާތު ކޮށްފަ ހުރޭތޯ! މިގައުމުގައި މިހާރު އުޅޭ މީހުނަށް ފައިސާ ލިބުނީމަ ނިމުނީ. ހަރާމެއް ހަލާލެއް ނުބަލާނެ. ބަޖެޓު ބަލަހައްޓާ މީހާ ހިތަކަށް ނާރާނެ ތިމަންނާއާ ހަވާލުވެފައިވާ އަމާނާތެކޭ. ހިޔާނާތުގެ އަޒާބުގެ ބޮޑުކަން ހަނދާންކުރާނަމަ ކާއެއްޗެހި ހަލާލުކުރާނެ.
ތެފައާސާ.
09 November 2025
ހެހެހެ. ދެން ހުށަނާޅާނެއެއްނު؟ މިހާރު އެއޮތީ ފްރޮކިއުމެންޓު އުސޫލު ބަދަލުކޮށް ވާދަވެރި ބިޑަކަށް ނުގޮސް ކެބިނެޓުން ބޭނުން ބަޔަކަށް ޕްރޮޖެކްޓްތައް ބަހާލެވޭގޮތަށް ގަވައިދު ބަދަލުކޮށްލާފައެއްނު؟ އެހެންވީމާ ދެން ކޮރަޕްޝަނެއް ނުހިގާނެ. ހުށައަޅާނޭ މައްސަލައެއްވެސް ނޯންނާނެ. މަރުހަބާ!!!!