އެ ދެ ކުޅުންތެރިންގެ އިތުރުން ސްކޮޑްގައި މިފަހަރު އަލަށް ހިމަނާފައި ވަނީ ވެލެންސިއާގެ ހައިޝަމް އާއި ބުރުގެ ގާސިމް ތޯއިފް
ކީޕަރު އަޝްވާން: އޭނާ މިހާރު ދަނީ އީގަލްސްގެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
10 ނޮވެމްބަރ 2025 - 10:59
ދިވެހި ޕްރިމިއާ ލީގުގައި މިހާރު މޮޅު ކުޅުމެއް ދައްކަމުން އަންނަ އީގަލްސްގެ ކީޕަރު މުހައްމަދު އަޝްވާން ގައުމީ ސްކޮޑްގައި ހިމަނައިފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި މި މަހު 18 ގައި ފިލިޕީންސާ ދެކޮޅަށް ކުޅެން 25 ކުޅުންތެރިންގެ ސްކޮޑެއް ގައުމީ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ވަނީ އެކުލަވާލާފަ އެވެ.
މިދިޔަ މަހު ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު ދެ މެޗަށް އޭނާ އެކުލަވާލި ސްކޮޑުން، މިފަހަރު އުނިކުރީ ބުރުގެ ވިންގާ މުހައްމަދު ނާއިމް އާއި ވިކްޓަރީގެ ދެވަނަ ކީޕަރު މުހައްމަދު ޔާމީނެވެ.
އުމުރުން 28 އަހަރުގެ ކީޕަރު އަޝްވާން މިހާރު ދަނީ މޮޅު ކުޅުމެއް އީގަލްސްގެ ޓީމުގައި ދައްކަމުންނެވެ. އޭނާގެ އިތުރުން ކުރިން ވެސް ޓީމުގައި ހިމެނުނު ދެ ކީޕަރުންކަމަށްވާ ބުރު ސްޕޯޓްސްގެ ކެޕްޓަން މުހައްމަދު ފައިސަލް އާއި މާޒިޔާގެ ހުސައިން ޝަރީފް ހިމެނެ އެވެ.
ވެލެންސިއާގެ ކެޕްޓަން އީތަން: އޭނާގެ އިތުރުން ވެލެންސިއާގެ ހައިޝަމް ހާމިދު ވެސް ވަނީ ސްކޮޑްގައި ހިމަނާފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ވިންގް ފޯވާޑަކަށް ކުޅޭ ނާއިމްގެ ބަދަލުގައި މޯހަން ސްކޮޑްގައި ޖެހީ ވެލެންސިއާގައި އެ މަގާމަށް ކުޅޭ އެ ޓީމުގެ ޒުވާން ކެޕްޓަން އީތަން އިބްރާހިމް ޒަކީ އެވެ. ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލަވާލާފައިވާ ސްކޮޑްގައި އީތަން ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ޓީމު މޮޅުވި ދެ މެޗުގައި ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އީތަން އެވެ.
ސްކޮޑަށް ދެން އިތުރު ކުރި ކުޅުންތެރިޔަކީ ބުރު ސްޕޯޓްސްގެ ގާސިމް ތޯއިފެވެ.
މެޗަށް ތައްޔާރުވާން ގައުމީ ޓީމުގެ ޕްރެކްޓިސް މިއަދު ހަވީރު ފެށުމަށް އެފްއޭއެމުން ވަނީ އިއުލާންކޮށްފަ އެވެ.
ސަމޫހް އަލީ
އިބްރާހިމް އައިސަމް
ނާއިޒު ހަސަން
ހަމްޒާ މުހައްމަދު
ހައިޝަމް ހަސަން
ހުސައިން ޝަރީފް
ހަސަން ނަޒީމު
ހަސަން ޝިފާޒު
އަހްމަދު އައިހަމް
މުހައްމަދު އިލާން އިމްރާން
އިބްރާހިމް މަހްދީ ހުސައިން
އަހްމަދު ރިޒުވާން
ހިޝާމް ސަލީމް
މުހައްމަދު އަޝްވާން
ހުސައިން ނިހާން
އަހްމަދު އައިހަމް
އަހްޒަމް ރަޝީދު
މުހައްމަދު ފައިސަލް
އިބްރާހިމް އުސާމާ ހަސަން މަޖީދު
ގާސިމް ތޯއިފް
މުހައްމަދު އިރުފާން
އަލީ ފާސިރު
ހަސަން ރާއިފް އަހްމަދު
އީތަން އިބްރާހިމް ޒަކީ
ހަސަން ހައިޝަމް ހާމިދު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވރަށސާފ
10 November 2025
ދެ ކުޅުންތެރިން ވެސް މިހާރު އެނގިއްޖެ.
ޕެލޭ
10 November 2025
ޒުވާން ކުޅިންތެރިން ގައުމީ ސްކޮޑްގައި ހިމެނުމަކީ އެކުޅުން ތެރިންނަށް ވެސް ރަނގަޅު ކުރިއެރުމެށް ލިބޭނެ ކަމެއް ކަން ކަށަވަރު. މޮޅު މީހުންނާ އެކު ކުޅެގެން މޮޅުވާނީ ! މެޗް އެކްސްޕީރިސް ގިނަވި ވަރަކަށް ކުރިއެރުން ފެންނާނެ.