ކްރިސް ޖެނާގެ 70 ވަނަ އުފަންދުވަހަށް ބޭއްވި ޕާޓީ.
11 ނޮވެމްބަރ 2025 - 07:12
އެމެރިކާގެ ރިއަލިޓީ ތަރި ކްރިސް ޖެނާގެ 70 ވަނަ އުފަންދުވަސް ފާހަގަކުރަން ބޭއްވި ޕާޓީ ފުލުހުން ހުއްޓުވައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ ޕާޓީ ބޭއްވީ ލޮސް އެންޖެލިސްގެ ބެވަލީ ހިލްސްގައި ހުންނަ އެމެރިކާގެ މަހުޖަނު އަދި އެމެޒަންގެ ވެރިޔާ ޖެފް ބޭޒޯސްގެ އަގުބޮޑު ގޭގަ އެވެ. އެ ޕާޓީއަށް މަރަޔާ ކެރީ، މާކް ޒަކާބް، ޕްރިންސް ހެރީ، މޭގަން މާކުލް، ބްރޫނޯ މާސް އަދި އެޑެލް ކަހަލަ މަޝްހޫރު އެތައް ބަޔަކު ދިޔަ އެވެ.
ޓީއެމްޒީގެ ރިޕޯޓެއްގައި ބުނީ އެ ޕާޓީގައި މާ ބޮޑަށް އަޑުގަދަކޮށް، ސަރަކާތް ޖަހާތީ، އެ ގެއާ ކައިރީގައި ދިރިއުޅޭ އަވަށްޓެރިންނަށް އުނދަގޫވެގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ.
ބެވަލީ ހިލްސްގެ މީހުން ދިރިއުޅޭ ހިސާބުތަކުގައި ރޭގަނޑު 10:00 ގެ ފަހުން އަޑުގަދަކޮށް ހެދުމަކީ މަނާ ކަމަކަށް ވާތީ ފުލުހުން އެ މައްސަލަ ސީރިއަސްކޮށް ބަލައި، އެ ޕާޓީ ވަގުތުކޮޅަށް ހުއްޓުވި ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
އެ ޕާޓީ ހުއްޓުވައި އަޑުގަދަ ނުކުރަން ޕާޓީ އިންތިޒާމުކުރި ފަރާތަށް ފުލުހުން އެންގި ކަމަށް ވެސް ބުންޏެވެ.
ކިމް ކަޑޭޝިއަން އާއި ކައިލީ ޖެނާގެ މަންމަ ކްރިސް ޖެނާއަށް 70 އަހަރު ފުރުނީ މި މަހުގެ ފަސްވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުރުސް ބެއްޔާ
11 November 2025
ކޮބޭ ކެއިޓްލީން ދައްތޭ
2025
11 November 2025
ކަލޯ އެމަންޖެއަށް 70 އޭ ހީވެސްނުވޭ..... ބޮއިހަލަކި
ކެންޑަލް ޖެނާ
11 November 2025
އިޓްސް އޯކޭ މަމް.. ޔަގީން ބައްޕަ ކެއިޓްލީން ކަން ފުލުހަށް ރިޕޯޓް ކުރީ