މިއަދު ރާއްޖެ އައި ފަލަސްތީނުގެ 17 އަހަރުންދަށުގެ ގައުމީ ޓީމުގެ ތިން ކުޅުންތެރިޔަކު: އެ ޓީމަށް ރާއްޖޭން ކިޔާފައި ވަނީ ވީއައިޕީ މަރުހަބާއެއް --- ފޮޓޯ: ނިޝާން އަލީ | މިހާރު
10 ނޮވެމްބަރ 2025 - 16:52
އޭއެފްސީ 17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ޓްރޭނިން ކޭމްޕަށް ރާއްޖެ އައި ފަލަސްތީނުގެ ޒުވާން ޓީމަށް މަރްހަބާ ދަންނަވައިފި އެވެ.
އެއާޕޯޓްގެ ވައިއިޕީ ލައުންޖުން އެ ޓީމަށް މަރްހަބާ ވިދާޅުވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގެވެ.
އާންމުކޮށް އެއާޕޯޓްގެ ވައިއިޕީ ލައުންޖަށް ކުޅިވަރުގެ އިސްވެރިން ވަޑައިގެން މަރްހަބާ ދަންނަވާނީ ކުޅިވަރު މުބާރާތަކުން ކާމިޔާބު ހޯދައިގެ ޓީމުތަކެއް އައުމުންނެވެ.
މިފަހަރު ސްޕޯޓްސް މިނިސްޓަރާއި އެ އިދާރާގެ ބައެއް ވެރިން ވަޑައިގެން މަރުހަބާ ވިދާޅުވީ ނުވަ ދުވަހުގެ ކޭމްޕަކަށް ރާއްޖެ އައި މި ޓީމަށެވެ.
ފަލަސްތީނުގެ ޓީމު ރާއްޖޭގައި ކެމްޕް ކުރަން ހިނގާނެ ހުރިހާ ހަރަދުތަކެއް ބަލަހައްޓަނީ ސަރުކާރުންނެވެ. ލޮޖިސްޓިކް ބައެއް އިންތިޒާމުތައް އެފްއޭއެމުން ބަލަހައްޓަ އެވެ.
ކޭމްޕްގައި ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ޓީމާ ދެކޮޅަށް ފަލަސްތީނުގެ ޓީމުން ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. ދެވަނަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
އެ ދެ މެޗަށް އާންމުންނަށް ހިލޭ ދަނޑަށް ވަދެވޭނެ ކަމަށް އެފްއޭއެމުން ބުންޏެވެ.
އެކަމަކު ފަލަސްތީނުގެ ޓީމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ކެޓަގަރީއަކުން ސްވެނިއާ ޓިކެޓް ވިއްކަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.
އެއީ ޕްލެޓިނަމް އާއި ގޯލްޑް ކެޓަގަރީގެ ޓިކެޓެވެ. ސްވެނިއާ ޕްލެޓިނަމް ކެޓަގަރީގެ ޓިކެޓެއްގެ އަގަކީ 1،000ރ. އެވެ. އެ ކެޓަގަރީގައި ކުޅިބަލާމީހުންނަށް ހާއްސަކޮށްފައި ވަނީ ރޮސްޓޮމް އާއި ވީއައިޕީ އެވެ. އެ ކެޓަގަރީގައި ވިއްކާނީ ޖުމުލަ 50 ޓިކެޓެވެ.
ގޯލްޑް ކެޓަގަރީގައި ޓިކެޓް ވިއްކާނީ ރޮސްޓްރަމް އޭރިއާގެ ދެ ފަޅިން އޮންނަ ގޮނޑިބަރިންނެވެ. އެ ކެޓަގަރީގެ ޓިކެޓްގެ އަގަކީ 500ރ. އެވެ. އެ ކެޓަގަރީން ވިއްކާނީ 200 ޓިކެޓެވެ.
"މިގޮތުން ވިއްކާ ޓިކެޓް ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް ހަދިޔާކުރުމަށް ވަނީ ނިންމާފަ އެވެ.،" އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާގަ އެވެ. މިމަހު 22 އިން 30 އަށް ކުޅޭ ކޮލިފައިންގެ ގުރޫޕްގައި ހިމެނެނީ ފަލަސްތީނާއި އިންޑިއާގެ އިތުރުން އިރާނާއި ޗައިނީޒް ޓައިޕޭ އަދި ލުބުނާނެވެ.
ރާއްޖެ ކުޅޭ ކޮލިފައިން މެޗުތައް ކުރިއަށް ގެންދާނީ ތައިލެންޑްގަ އެވެ. ރާއްޖޭގެ ގުރުޕުގައި ތައިލެންޑްގެ އިތުރުން ދެން ހިމެނެނީ ތުރުކްމެނިސްތާނާއި ކުވޭތެވެ.
ރާއްޖެ ކުޅޭ ކޮލިފައިން މެޗުތައް ކުރިއަށް ގެންދާނީ ތައިލެންޑްގަ އެވެ. ރާއްޖޭގެ ގުރުޕުގައި ތައިލެންޑްގެ އިތުރުން ދެން ހިމެނެނީ ތުރުކްމެނިސްތާނާއި ކުވޭތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޭވް ގާޒާ
12 November 2025
ހަނގުރާމަ ހިނގީ ގާޒާގައި. މިކުދިންނަކީ އިސްރާއީލްގެ އިރުމަތީގައި އޮންނަ ފަލަސްތީން ވެސްޓް ބޭންކް ގައި ދިރިއުޅޭ ކުދިން. މި ކުދިންނަށް ހަނގުރާމައިގެ އެއްވެސް އަސަރެއް ނުކުރޭ. ވެސްޓް ބޭންކް ގައި ދިރިއުޅޭ ފަލަސްތީނު މީހުން ހަމާސް އާ ދެކޮޅު. އެހެންވީމާ ގާޒާގައި ހިނގާ ހަނގުރާމައަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ.
ސަރުކާނު
11 November 2025
ކަޑަ. އުސޫލް ހިފަހަށްޓަންވާނެ. ފަލަސްޠީނަށް އަހަރުމެންގެ ހަމްދަރުދީއާ ސަޕޯޓް އަބަދުވެސް. ނަސީބެއްނު ރައީސް އޮފީހުގަ ނިންދަވަން ނުބައިތިއްބިކަން.
އިންސާފު ގ
11 November 2025
ރައްޔިތުންގެ ބައިތުލްމާލުން ކުރަންޖެހޭ ޙަރަދެއްނޫން ތިޔައީ.
ވައު!!!
10 November 2025
ޙަބަރެއް ނުކިޔަން. ފޮޓޯތަކަށް ބެލެނީ! ހާދަ ރީއްޗޭ މިކުދިން ކޮޅު!
ވީ ލަވް ފަލަސްތީން
10 November 2025
އަހަރެމެންނަށް އޯކޭ ފަލަސްތީނުޓީމަށް ވީވީއައިޕީ ދިނަސް.. އަދި މިޤައުމުގައި އެމީހުން ހަނގުރާމަ ނިމެންދެން ބެހެއްޓިޔަސް.
ދަލޭކާ
10 November 2025
ފިރިހެން ޓީމަކަށް ފިނިފެންމާ ދިނީމަ ދަލޭއަށް ކަމަކުނުދިޔަ.
ފުޅުމަނިކު
11 November 2025
ދެން ދަލޭ އަށް ކަމުދާ އެއްޗެއްވެސް ބުނެލާފަ އިންނަމަ އެއްނު