ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ، އަނބިކަނބަލުން ކާލާ ބްރޫނީގެ އަތުގައި ހިއްޕަވައިގެން މިދިޔަ މަހު 21 ގައި ލަ ސަންޓޭގެ ޖަލަށް ހިންގަވާފައި ވަޑައިގަންނަވަނީ: އޭނާ ޖަލުން މިނިވަންކުރުމަށް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
10 ނޮވެމްބަރ 2025 - 18:21
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލީބިއާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ އަތުން ފައިސާ ހޯދަން އުޅުނު މައްސަލައިގައި ފަސް އަހަރުގެ ޖަލު ހުކުމެއް އައި ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ ހުކުމް ތަންފީޒުކުރަން ފެށިތާ 20 ދުވަސް ފަހުން މިއަދު ޖަލުން މިނިވަންކޮށްފި އެވެ.
ފްރާންސްގައި 2007 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް ވެރިކަން ކުރެއްވި ކަނާތު ފިޔައިގެ ލީޑަރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކުރީ ސެޕްޓެމްބަރު މަހު އެވެ. އަދި ހުކުމް ތަންފީޒުކުރަން ފެށީ މިދިޔަ މަހުގެ 21 ގަ އެވެ.
މިއީ ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ގައުމެއްގެ ކުރީގެ ވެރިޔަކު ޖަލު ހުކުމެއް ތަންފީޒުކުރި ފުރަތަމަ ފަހަރެވެ.
އުމުރުން 70 އަހަރުގެ ސާކޯޒީ ޖަލުން މިނިވަންކުރަން ހުކުމްކުރީ ޖަލު ހުކުމް އިސްތިއުނާފަށް ހުށަހަޅާފައި އޮތުމުން ކޯޓުން އެކަމަށް ރިއާޔަތްކުރުމަށް ފަހުގަ އެވެ. އެކަމަކު އަދި އިސްތިއުނާފުގެ އަޑުއެހުންތައް ފަށާނެ ދުވަހެއް ނޭނގެ އެވެ.
ޖަލު ބަންދަކީ "ބިރުވެރި ހުވަފެނެއް" ގެ ގޮތުގައި ސާކޯޒީ ސިފަކުރައްވާފައި ވާއިރު އޭނާ ޖަލުން ދޫކޮށްލުމަށް އެދި ހުށަހެޅި މައްސަލައިގައި ޕްރޮސިކުޓަރުން ވެސް ވަނީ ސާކޯޒީ މިނިވަންކޮށްދިނުމަށް އެދިފަ އެވެ.
ސާކޯޒީ ޖަލު ހުކުމް ތަންފީޒުކުރަން ފެށި ދުވަހު ވެސް ވަކީލުން ވިދާޅުވީ އެ ނިންމުން އިސްތިއުނާފަށް ވަގުތުން ހުށަހަޅާފައި ވިޔަސް ތިން ހަފްތާ އާއި މަސް ދުވަހާ ދެމެދުގެ މުއްދަތެއް ޖަލުގައި ހޭދަކުރަންޖެހޭނެ ކަމަށެވެ.
ލަ ސެންޓޭގައި ހުންނަ ޕެރިސިއަން ޖަލަށް ސާކޯޒީ ވަޑައިގަތީ ފުލުހުންގެ ހިމާޔަތުގައި އަމިއްލައަށެވެ. އަރިހުގައި އަނބިކަނބަލުން ކާލާ ބްރޫނީ އާއި އާއިލާގެ އެހެން ބައެއް ބޭފުޅުން ވެސް ޖަލު ކައިރިއަށް ވަޑައިގަތެވެ.
ސާކޯޒީ ވަނީ އޭނާއަށް އިއްވި ހުކުމަކީ ބޭއިންސާފު ކަމަށް ވިދާޅުވެފަ އެވެ.
"މިއަދު ޖަލަށް މި ލަނީ މި ގައުމުގެ ކުރީގެ ރައީސެއް ނޫން. ކުށެއް ނެތް މީހެއް،" އެއްވެސް ކުށެއް ކޮށްފައިނުވާނެ ކަމަށް ވިދާޅުވެ، ހުކުމުގެ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓްގައި ސާކޯޒީ ލިޔުއްވާފައިވެ އެވެ. "ހަގީގަތް އަދި ހާމަވާނެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދުރުމި
11 November 2025
ކޮންމެ ތަނަކުވެސް ބޮޑެތި މީހުންނަށް މޮޅުގޮތް .
ޖެރާ
11 November 2025
ވަރަށް އަވަހަށް ދުވަސް ގުނާބައެއްތީ.. ތިތާ އުޅޭނެ ޤަރުނެއްވެފައި ތިބޭ މީހުން.. 5 އަހަރު 20 ދުވަހުންވާނީ އެހެންވެގެންތާ
އާދައގެ ރައްޔިތު މީހާ
11 November 2025
ސަދޫމްގެ ހުކުމް.
ސަަމުސާ
10 November 2025
މަށަށް ކުރިންވެސް އެނގޭ ތިސޮރު ޖަލުގާ ނުބޭއްވޭނެކަން.
ދަނޑުން
10 November 2025
ދިމޮކުރަސީީ އަކީ ބޭނުންގޮތަކަށް އަނބުރާލާ އެއްޗެއް.
ޔޫކޭ
12 November 2025
އެ ނިޒާމަކު ބޮޑުންނާ މުއްސަދިންނަކަށް ޤާނޫނެއް ނުހިނގާނެ، ޖާހިލިއްޔަ ޒަމާނުގައި އަރަބިންގެ ގަބީލާތަކުގައި އޮތީ މިބުނާ ޑިމޮކްރަސީ ސީދާ، އަބޫޖަހުލުމެއް ކިތަންމެ ބޮޑު ކުށެއް ކުރިޔަސް އަދަބައްނުލިބެ، އެކމު ނިކަމެއްޗަކަށް ވިއްޔާ ޤާނޫނު ހިނގާ، ކީރިތި ރަސޫލާ ހަދީސްކުރެއްވީ ތިމަންކަޭޅގެ ފާނުގެ ދަރިކަނބަލުން ވައްކަންކުރެްވި ނަމަވެސް އެކަމަނާގެ އަތްޕުޅު ކަނޑުއްވާނެކަމަށް، އަދި އެކަން އައީ އެކަލޭގެ ފާނުގެ ހިލާފަތާ ހުލަފާއުއް ރާޝިދުންގެ ހިލާފަތުން ދައްކަމުން