ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިދިޔަ އަހަރު ބޭއްވި ރަސްމީ ޖަލްސާގައި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި މީހަކަށް ރައީސް މުއިއްޒު މެޑަލް ހަވާލު ކޮށްދެެއްވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް
10 ނޮވެމްބަރ 2025 - 20:56
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ބާއްވާ ރަސްމީ ޖަލްސާގައި 130 ފަރާތަކަށް އިނާމު ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
މާދަމާގެ ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 97 ފަރާތަކަށް އަދި މަތީ ދަރަޖަ ހޯދި 33 މީހަކު ހިމެނޭ ގޮތުން ޖުމުލަ 130 މީހަކަށް އިނާމު ދޭނެ ކަމަަށް އެ އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 97 ފަރާތަކީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުންނެވެ.
އެ އިނާމަށް އެކި ފަރާތްތަށް ހޮވީ ގައުމީ އިނާމާ ބެހޭ ކޮމިޓީން ކަމަށާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ބޭފުޅުން ހޮވުމުގެ ކަންކަން ކުރިއަށް ގެންދިޔައީ، ހާއްސަ އިނާމާ ބެހޭ ކޮމިޓީން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ދައުލަތަށް 40 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި 94 ފަރާތަކަށް މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ އިނާމު ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދަތޯ ސިއްތި އައިސާ
10 November 2025
އިނާމުދޭންޖެހޭނީ ހައްގުވެރިންނަށް. ކޮންމެހެން ފުއްޕާފަ އުޅުމަކީ އިނާމު ހައްގުވާންޖެހޭކަމެއްނޫން. މާބޮޑަށް ދެއްކުންތެރިކަމެއްނެތި އިޚްލާސްތެރި މަސައްކަތްތަކެއްކުރާ އެތައްބަޔަކީ އުޅޭބަޔަކުކަމުގައި ނުވޭ. ޑިމޮކުރަސީއާއެކު އިޚްލާސް ވިއްސިވިހަަލިވެއްޖެ.