ރައީސް މުއިއްޒު ރަސްމާލެ އަށް މިއަދު ހަވީރު ވަޑައިގެން އެ ރަށް ހިއްކުމުގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވަނީ.---ފޮޓޯ: ރައީސް އޮފީސް
12 ނޮވެމްބަރ 2025 - 23:11
ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް އެ މަނިކުފާނު މިއަދު ބައްލަވާލައްވައިފި އެވެ.
ރައީސް ވަނީ މިއަދު ހަވީރު ކ. ގުޅި އަށް ވަޑައިގަތުމަށް ފަހު، ރަސްމާލެ އަށް ވަޑައިގެން އެ ސަރަހައްދު ހިއްކުމުގެ އެންމެ ފަހުގެ މަސައްކަތުގެ މައުލޫމާތު ހޯއްދަވައިފަ އެވެ.
ރަސްމާލެ އިން ހިއްކާފައި ސަރަހައްދުގައި މިއަދު ހަވީރު މީހަކު ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ރައީސް އޮފީހުން ބުނި ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލަ އަށް އިންގިލާބީ ބަދަލެއް ގެންނަން ސަރުކާރުން ކުރިއަށް ގެންދާ އެ މަޝްރޫއުގައި ބިން ހިއްކަމުންދަނީ އެކި ސަރަޙައްދުތައް، އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ތިން ސަރަޙައްދެއްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންދާ ކަމަށާއި ސައިޓް-ޖޭގެ އެއްކޮށް ހިއްކާ ނިންމާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އަނެއް ދެ ސައިޓްގެ ތެރެއިން ސައިޓް-އެލް ގެ 25.53 ޕަސެންޓާއި ސައިޓް-ސީގެ 20.09 ޕަސެންޓް ނިމިފއިވާ ކަމަށް ވެެސް ރައީސް އޮފީހުން ބުންޏެވެ.
އެޗްޑީސީން ބުނިގޮތުގައި ރަސްމާލެ އިން މިހާތަނަށް ހިއްކާފައި ވަނީ 182.85 ހެކްޓަރުގެ ސަރަހައްދެކެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ނިން،މައި އެ ތަނުން 15000 ގޯތި ދޫކުރަން އިއުލާނު ކުރާނެ ކަމަށް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު އިއްޔެ ވިދާޅުވި އެެވެ.
ރަސްމާލެ އިން ހިއްކާފައި ސަރަހައްދުގެ މިއަދުގެ ހަވީރުގެ މަންޒަރެއް.---ފޮޓޯ: ނިޝާން އަލީ| މިހާރު
ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ޑިސެމްބަރު 2023 ގަ އެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައި ހަދާ ރަސްމާލެ އަށް 1،153 ހެކްޓަރުގެ ބިން ހިއްކާނެކަން އެ މަޝްރޫއު ފެށި އިރު ސަރުކާރުން އިއުލާނުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުންޖުނާ
13 November 2025
ހެޔޮނުވާނެ، އަމިއްލަ ވިޔަފާރިތަށް ފުނޑައިނުލާ، ރައީސް ވިދާޅުވިގޮތަށް ވިޔަފާރިތަކުގެ ފައިސާ ފުރަތަމަ ދޫކުރައްވާ...
ތަރައްޤީ
13 November 2025
1000 ހެކްޓަރަށް ވުރެ ބޮޑު ބިން ހިއްކެން އޮތް ރަށްތައް ރާއްޖޭގައި އެބަހުރި. ކީ ލޮކޭޝަންތަކެއް ނަގައި އެތަންތައް ހިއްކައި، އާބާދީ އެއްފަސްކުރަން އެބަޖެހޭ