ފިނޭންސް މިނިސްޓްރީ ކައިރިން ލާފައި މުވައްޒަފަކު ދަނީ. މުވައްޒަފުންގެ މުސާރައަށް މި މަހުން ފެށިގެން ވަނީ ބަދަލުތަކެއް ގެނެސްފައި.-- ފޮޓޯ: މިހާރު
23 ނޮވެމްބަރ 2025 - 13:56
އަސާސީ މުސާރައަށް ގެނައި ބަދަލުތަކުން ސިވިލް ސާވެންޓުންނަށް 15-150 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް، ނޭޝަނަލް ޕޭ ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަންގެ އިސް އޮފިޝަލަކު މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް ވިދާޅުވީ ސިއްހީ އަދި ތައުލީމީ ދާއިރާ ފިޔަވައި އެހެން އިދާރާތަކުގެ މުސާރައަށް ބޮޑު ކުރިއެރުމެއް ގެނެސްފައިވާ ކަމަށެވެ. އަދި އަލަށް އެކުލަވާލި އޮނިގަނޑުގައި 400 އަށްވުރެ ގިނަ މެޓްރިކްސް ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިވިލް ސާވިސްގައި އެންމެ ގިނަ މުވައްޒަފުން ތިބީ އެންމެ ދަށް ރޭންކު، ޖީއެސް-3 ގަ އެވެ. ނަމަވެސް، އޮނިގަނޑުތައް މީގެ ކުރިން ހަދާފައިވަނީ އެ މުވައްޒަފުންނަށް ކުރިއަށް ދެވޭ ގޮތަކަށް ނޫނެވެ.
"އެކިއެކި ފަންނުތަކަށް އެހެރީ ވަކިވަކި އޮނިގަނޑުތަކެއް ހެދިފައި. ހުންނާނެ ކޮންމެ ދާއިރާއަކުން ވެސް ކެރިއަ ޕާތު ކުރިއަށް ދެވޭނެ. ކުރީގައި މި އޮންނަ ގޮތަކީ، ސަރުކާރު އިދާރާތަކުގައި މި އޮންނަނީ މައްޗަށް ދާން ބޭނުންވަންޏާ ޑިރެކްޓަރަށް ނޫނީ މެނޭޖީރިއަލް މަގާމަކަށް މި ބަދަލުވާން ޖެހެނީ. ދެން ނުޖެހޭނެ. ޕްރޮފެޝަނަލް ބައިގައި ހުރެގެން ވެސް ކުރިއަށް ދެވޭނެ މަގު އޮންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.
"ހަގީގަތުގައި އައި ވަރަށް ބޮޑު ބަދަލެއް. ބައެއް ފަންނުތަކުގައި އެ ފުރުސަތެއް ނެތް. އެކަމަކު، މިހާރު މި ގެނައި ބަދަލުތަކުގައި ހުރިހާ ފަންނުތަކުގައި ވެސް ހުންނާނެ ވަކިވަކި ދާއިރާތަކުން ސްޕެޝަލައިޒްވެގެން ކޮންމެހެން މެނޭޖަރު ކެޓަގަރީއަށް ނުގޮސް ހަމަ ޕްރޮފެޝަނަލީ މައްޗަށް ދެވޭ ގޮތަށް. ނިޒާމަށް އައި ވަރަށް ބޮޑު ބަދަލެއް މިއީ."
ސިވިލް ސާވެންޓުންގެ މުސާރައަށް މި މަހުން ފެށިގެން ބަދަލުތައް ގެނައި އިރު، މަސައްކަތަށް ނުކުންނަ ދުވަސްތަކަށް ހާޒިރީ އެލަވަންސެއް ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް، އެލަވަންސް ކަނޑައަޅާފައިވަނީ މަހުގެ 15 އިން 15 އަށް ކަމަށް ވާތީ، މި މަހު ލިބޭނީ އެލަވަންސްގެ އެއް ބަ އެވެ.
ބޮޑު މުސާރަ ލިބެން ފަށާނީ އަންނަ މަހުން ފެށިގެންނެވެ.
އޮފިޝަލް ވިދާޅުވީ މުސާރައަށް އެންމެ ބޮޑު ބަދަލެއް އައި އެއް އިދާރާއަކީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު ކަމަށެވެ. އޭގެ އިތުރުން، އެންމެ މަދުން މުސާރަ ލިބޭ އިދާރާތަކުގެ މުވައްޒަފުންނަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަރަށް މޮޅު
24 November 2025
ތި ދައްކަނީ ވެރިންނާއި ޕޭ ކޮމިޝަންގެ މީހުންގެ ވާހަކަ ކަލޯ.
ނަންނުކިޔާ
24 November 2025
އިދާރީ މަސައްކަތުގައި 40 އަހަރު މަސައްކަތު މީހުންނަށްވުރެ ލިބޭ އެތިކޮޅު ކުޑަ. މަސައްކަތު މީހުންނާ އެއްމިންގަނޑަކުން މުސާރަ ހުރީ 7585ރުފިޔާ 300 ރުފިޔާ މަދު ލިބޭ އެތިކޮޅުން އެހެންވީމަ މިއީ 300 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް މިބަލަނީ
ނަންނުކިޔާ
24 November 2025
މަށަކީ ވެސް ސިވިލް ސަވެންޓެއް މިހާރު 40އަހަރު އިދާރި މަސައްކަތް ކުރާތާ ބޮޑުވި މުސާރައިން ވީ 300 ރުފިޔާ މަދު ނޭނގެ މިހާ ކިތައް ޕަސެންޓުގެ ކުރިއެރުމެއް ކަމެއް.
މަތިމައްޗަށް
24 November 2025
މައްޗަށް ގޮސްގެން ކޮންކުރިއެރުމެއް ލިބުނީ ކޮން މުސާރައަށް ކޯއްޗެއް އިތުރުވީ، މޮޅުވާހަކަ ޢާއްމު މީހާއަށް ނޭނގޭ ބަސްބަހުން މޮޅުވާހަކަ ދައްކާލީމާ އެހެރީ ހުރިހައި ކަމެއް ރަނގަޅުވެފަ.
އެމްސް
24 November 2025
ސަރުކާރުން މުސާރަ ބޮޑުކޮށްލާ ކޮންމެފަހަރަކު: ޑޮލަރު ގަންނަން ލިބޭއަގު އުފުލި، ތަކެތީގެއަގު ބޮޑުވެ، ގިނަބަޔަކު ޙާލުގަ ޖެހެއެވެ! މިދެއްކެނީ ޖުމްލަކޮށް: ޕްރައިވެޓް ސެކްޓަރގަ ތިބި ބޭރުމީހުން ނޫން އެންމެންގެ ވާހަކައެވެ!
ކައުންސެލަރު....
23 November 2025
އަޅެ ބުނެދީފާނަންތަ އިދާރީ އާންމު (ޖީއެސް 3 އަދި 4) ގެ މުވައްޒަފުންނަށްވުރެ މަސައްކަތު މީހުންގެ މުސާރަ ބޮޑުވާގޮތެއް؟ މީ ހަމަ އަޖައިބެއްކަހަލަ ކަމެއް ސަހާދެއް މިބުނީ. މިގައުމުގައި މިހާރު ކިޔަވާނެކަމެއްނެތް. މިހާރު އޮތް ގޮތަކީ އަޑިން ކުޅެގެން ވަޒީފާ ހޯދުމާ ކަރުން ނާރުނަގާ ހަޅޭލަވައިގެން ވަޒީފާ ހޯދުމާ އަދި ޑިގްރީ ސެޓްފިކެޓް ގަނެގެން ވަޒީފާ ހޯދުން. އަސްލު ފެންވަރު ރަނގަޅުމީހުންގެ އެއްވެސް ބޭނުމެއް މިތާކުނެތް މިހާރަކު.. މީ ހަގީގަތަކީ
ރުމާ
23 November 2025
ޖުޑިސަރީގެ ޖީއެސް4ގެ ދަށުގެ ހުރިހާ މުއައްޒިފުން ގެއަށް ގެންދަން ލިބޭ އެއްޗެއް ވީ ބޮޑުތަނުން ކުޑަ. މީ ވެރިންފެންވަރުގެ ބޭފުޅުންނަށް އައި ބޮޑު އީދެއް.
މުސާރަކުޑަވީ
23 November 2025
ހުސްދޮގު. ޕޭ ކޮމިޝަނުން ފޮތުގަ ޖަހާފަދިން މުސާރަ ފުލްކޮށް ލިބޭނެ ގޮތް އެއީ ނެތް ގޮތެއް. މުވައްޒަފުންނަށް ގާނޫން ލިބިދޭ ޗުއްޓީއެއް ނެގިއަސް، ރައީސް ހެޔޮފުޅުކަމުން ސަރުކާރު ބަންދުކުރިއަސް، ކުރިން ގެޔަށް ގެންދިޔަ މުސާރަ ނުލިބޭ އެތައް ބައެއް އެބަތިބި. މި ދައްކަނީ ކުރިން އޯޓީ ލާރި ނުނަގާ ގެޔަށް ގެންދަން ލިބޭ މުސާރައަށް ވުރެން ކުޑަވި ވާހަކަ.
އަކްމެޑް
23 November 2025
ޕޭކޮމިޝަނުން އެހެން ބުނާނެ. ފުލުހުންގެ ޓެކްނިކަލް މީހުނަށްވެސް ބޮޑުކޮށްފަ ޔޯލަ. އެކަމަކު އެޗްއާރުން ބުނީ އެއީ ގަވާއިދުގަ އަމަލުކުރާ ބައެއްނޫނޯ.
މުސާރަފުޅު
23 November 2025
އޯޓީން ވައްކަން ކުރުމަކީ ވައްކަމަށް ނުވަނީބާ.. ހާދަ ކޮންސާން އޭ