ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު: އަނިޔާއަކީ އާދައިގެ ކަމެއްގެ ގޮތުގައި ބަަލައިގަނެގެން ނުވާނެ ކަމަށް ވިދާޅުވި..-- ފޮޓޯ | ރައީސް އޮފީސް
25 ނޮވެމްބަރ 2025 - 12:00
ޑިޖިޓަލް ދާއިރާ ކުރިއަރާފައިވާ މި ޒަމާނުގައި އަނިޔާއަކީ ކޮންމެ ދުވަހެއްގައި ކުރިމަތިވަމުންދާ ކަމެއްގެ ގޮތުގައި ބަލައިގަނެ، އެކަން އާދައިގެ ކަމަކަށް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމަށް ބާރުއަޅަން ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުން އަންނަ ދުވަހާ ގުޅިގެން ސާޖިދާ ވިދާޅުވީ އެކަމަނާ ވަކާލާތު ކުރައްވަން ބޭނުންފުޅު ވަނީ އަނިޔާއަށް ބިރުގަނެ، ބަސް ބުނަން ނުކެރިފައިވާ އަންހެނުންނާއި އަންހެން ކުދިންގެ ހައްގުގައި ކަމަށެވެ.
ސާޖިދާ ވިދާޅުވީ އެންމެންނަށް ވެސް ރައްކާތެރިކަމާއި ކަރާމާތާއި މިނިވަންކަމުގެ ހައްގު ލިބެންޖެހޭ ކަމަށެވެ. އަދި ކުރިއަރާފައިވާ މި ޒަމާނުގައި އަނިޔާއަކީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ އާދައެއްގެ ގޮތުގައި "ނޯމަލް" ކޮށްގެން ނުވާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
Today, as we mark the International Day for the Elimination of Violence Against Women, I speak for every woman and girl silenced by fear. We all deserve safety, dignity, and the freedom to thrive. As women in this digital age, we refuse to accept violence as a “normal” part of…
— First Lady Sajidha Mohamed (@sajidhaamohamed) November 25, 2025
ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި ޑިޖިޓަލް ސްޕޭސްގައި އަންހެނުން ބާރުވެރިކުރުވަން ޖެހެ އެވެ. އަދި އޮންލައިން ފުރައްސާރަ އާއި ބިރުދެއްކުމަށް އެއްވެސް ފުރުސަތެއް އޮވެގެން ނުވާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެެ.
ސާޖިދާ ވިދާޅުވީ އެންމެން މަސައްކަތްކުރަންވާނީ އަންހެނުންނާއި އަންހެން ކުދިންނަށް ސަޕޯޓްކުރާ ޑިޖިޓަލް ދުނިޔެއެއް އުފެއްދުމާއި އޮންލައިންނާއި އޮފްލައިންކޮށް ވެސް ރައްކާތެރި މުޖުތަމައެއް ކަށަވަރުކޮށްދޭން ކަމަށެވެ.
މި ދުވަހާ ގުޅިގެން އދ. އިން ނެރުނު ރިޕޯޓުގައިވާ ގޮތުން ބައިވެރިޔާ ނުވަތަ އާއިލާގެ މެންބަރުންގެ އަނިޔާތަކުގައި މިދިޔަ އަހަރު 50،000 އަންހެނުން މަރާލާފައިވެ އެވެ. އަދި އަންހެނަކަށް ވީތީ މަރާ މައްސަލައާ ދެކޮޅަށް ކުރާ މަސައްކަތުގައި ލިބޭ ކުރިއެރުން ދަށްކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެޗް އެމް
25 November 2025
ބައެއްގެ އާމްދަނީން ބެލުމެއްނެތި ހިތަށް އެރިވަރަކަށް ކަޑާލުމަކީ އޯގާތެރި ކަމެއް.
އެޗް އާރު ސީ އެމް
25 November 2025
ތިބޭފުޅުންގެ އާއިލާއަށް ކޮންމެ ކަމެއްވެސް ހަލާލް ހުއްދަ އަދި ނޯރމަލް