29 ނޮވެމްބަރ 2025 - 10:47
އެސްޓީއޯ އާއި ހިޓާޗީގެ ޕާޓްނާޝިޕަށް 25 އަހަރު ފުރުން ކުލަގަދަކޮށް ރޭ ފާހަގަކޮށްފި އެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ހަފުލާގައި ހިޓާޗީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި އެ ކުންފުނީގެ އިސް ފަރާތްތަކާއި އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމާއި ބޯޑު މެމްބަރުން އަދި އެ ކުންފުނީގެ ކުރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ރޭގެ ހަފުލާގައި އެސްޓީއޯގެ އެމްޑީ ޝިމާދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ރޭގެ ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ ޝިމާދު ވަނީ ހިޓާޗީ އާއި އެސްޓީއޯއާ ދެމެދު ގާތް ގުޅުމެއް އުފެދިފައިވާކަން ފާހަގަކުރައްވައިފަ އެވެ. އަދި ހިޓާޗީ ބްރޭންޑާ އެކު، ރާއްޖޭގެ ބާޒާރަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއި އެ ބްރޭންޑުގެ އުފެއްދުންތަކާ އެކު، އާއްމުންގެ ދިރިއުޅުމަށް އައިސްފައިވާ ލުއިފަސޭހަތަކަށް ވެސް އަލިއަޅުވައިލެއްވި އެވެ.
އެސްޓީއޯ އާއި ހިޓާޗީގެ ޕާޓްނާޝިޕަށް 25 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ހަފުލާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ހިޓާޗީ ކުންފުންޏަކީ ފެށުނީއްސުރެ ދުނިޔޭގެ ބާޒަރުގައި ނަން ވިދަމުން އަންނަ އިތުބާރު ހިފޭ ބައެކެވެ. އެ ކުންފުނީގެ އުފެއްދުންތައް ރާއްޖެ އަށް ތައާރަފު ކުރުމާ އެކު، ދިވެހިންގެ މެދުގައި ވެސް އެ ބްރޭންޑުގެ އުފެއްދުންތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަަ އެވެ.
އެސްޓީއޯގައި ހިޓާޗީ އޭސީ އާއި އެކި ވައްތަރުގެ އައިސްއަލަމާރި ވިއްކަ އެވެ. އަދި ރާއްޖޭގެ ބާޒާރުގައި އެންމެ މަގުބޫލު އެއް ބްރޭންޑަކީ ވެސް އެއީ އެވެ.
އެސްޓީއޯ އާއި ހިޓާޗީގެ 25 އަހަރުވީ ގުޅުން ފާހަގަކުރުމަށް ބޭއްވި ހަފުލާގައި، ރާއްޖޭގައި ވިއްކާ ބައެއް ހިޓާޗީގެ އުފެއްދުންތައް ދައްކާލި އެވެ. އަދި އެންމެ ގިނަ ހިޓާޗީގެ އުފެއްދުންތައް ގަނެފައިވާ ހަތަރު ކަސްޓަމަރެއްގެ އަގުވަޒަންކޮށް އެވޯޑު ވެސް ދިނެވެ.
ރޭގެ ރަސްމިއްޔާތުގައި ހިޓާޗީން އަލަށް ތައާރަފްކުރި "ހިޓާޗީ ނިއު އެއާ" ރޭންޖުގެ އުފެއްދުންތައް ވަނީ އިފުތިތާހުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy