ރަސްމާލެ ހިއްކުމުގެ މަސައްކަތަށް ގެނައި ބޮޑު ޑްރެޖަރު.
01 ޑިސެމްބަރ 2025 - 18:17
ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް، ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ މިހާރު ހަލުވި ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު، ރަސްމާލެއާ ގުޅިގެން ރައީސް ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ރާއްޖެ ގެނެސް، ރަސްމާލޭ ހިއްކުމުގެ މަސައްކަތުގައި ބޭނުން ކުރަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ ކްރިސްޓަބަލް ކޮލޯންގެ ނަން ދީފައިވާ މި ޑްރެޖަރު ބޭނުންކޮށްގެން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ ރޭގެ ފަތިހު ފަހެއް ޖެހިއިރު ކަމަށެވެ. އަދި ހިއްކާ ސަރަހައްދަށް މިއަދުގެ މެންދުރު ކުރިން ވެލި އަޅަން ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ގޯތިގެދޮރުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހިންގާ އެ މަނިކުފާނުގެ އެންމެ "ޑްރީމް ޕްރޮޖެކްޓް" ރަސްމާލެ ތަރައްގީ ކުރަމުން ދަނީ ސަތޭކަ ޕަސެންޓު ނެޓް ޒީރޯ ކާބަން، ސްްމާޓް އިކޯ ސިޓީއެއްގެ ގޮތުގަ އެވެ. އެ މަޝްރޫއުއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ކްލައިމެޓް އެޑެޕްޓޭޝަން މަޝްރޫއު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެެ.
One of the two world's largest Trailer Suction Hopper Dredgers
— Dr Mohamed Muizzu (@MMuizzu) December 1, 2025
"Cristóbal Colón" of Jan De Nul started reclamation works today to triple up the speed of creation of land for the 100% net zero carbon, smart eco-city "Rasmale": the largest climate adaptation project to be carried… pic.twitter.com/FKqfYSB7X6
ބޮޑު ޑްރެޖަރު ގެނެސް މަސައްކަތް ހަލުވި ކުރިއިރު ރަސްމާލޭގެ ގާތްގަނޑަކަށް 100 ހެކްޓަރުގެ ބިން އޮތީ ހިއްކައިފަ އެވެ. އެއީ މަޝްރޫއުގެ 10 ޕަސެންޓެވެ. ނުވަތަ ހުޅުމާލެ 1 ގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެކެވެ.
ރަސްމާލެ އިން 25،000 ގޯތި ދޭން މި ސަރުކާރުން ނިންމާފައިވެ އެވެ. އޭގެ ތެރެއިން 15،000 ގޯއްޗާއި 7،500 ފްލެޓު ދޫކުރަން ނިންމައި އެކަމުގެ އުސޫލު ވެސް ވަނީ އިއުލާނު ކޮށްފަ އެެވެ. އެ މަޝްރޫއުއަށް ކުރިމަތިލާން ހުޅުވާލާނީ އަންނަ އަހަރުގެ ޖެނުއަރީ 4 ގަ އެވެ.
މާލޭ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް ވެސް ހަލުވި ކުރުމަށް މިދިޔަ ހަފުތާގައި ބޮޑު ޑްރެޖަރެއް ގެނެސް ބިން ހިއްކަން ފަށައިފަ އެވެ. އެ މަސައްކަތުގެ ސްޕީޑު އަވަސް ކުރުމުން މި ޑިސެމްބަރު މަހުގެ ނިޔަލަށް އެތަން ހިއްކައި ނިމޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.
ހުޅުމާލޭ 3 ހިއްކާ ނިމުމުން، އެ ޑްރެޖަރު ބޭނުންކުރަނީ ގިރާވަރު ފަރު ހިއްކުމުގެ މަސައްކަތަށް ކަމަށާއި އެ ތަން ހިއްކުމުގެ މަސައްކަތް 2-3 މަސް ތެރޭގައި ނިމޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަމަ
02 December 2025
ކިތަންމެ ހަލުވި ކުރިޔަސް ނުދޭނަން ވޯޓެއް ވަރަށްސަލާމް. މިއަށްވުރެ އަވަހަށް އަހަރެން ފޫހިވި ސަރުކާރެއް އަދި ނާދޭ ވެރިކަމަކަށް.
ބަޑިތަކުރު
02 December 2025
ދައުރު ނިމުމުގެ ކުރިން ދޮންވެލި ތުނޑިއަކުން ގޯތިދީ ނިންމާލީމާ ބޯހިޔާވަހިކަން ހައްލުވީބާވައެވެ. ތިޔަތަނަށް ލަފާފުރޭނެ ގޮތާއި ފެނާއި ކަރަންޓާ ނުލައި ގޯތިތައް އިމާރާތްކޮށް ރަށް އާބާދުވާނީ ކިތައް އަހަރުން ބާވައެވެ. ރަނގަޅަށް ޕްލޭންކޮށްގެން އަސާސީ ޚިދްމަތްތަކާއެކު ފްލެޓްވިޔަސް ހައުސިންގ ޔުނިޓްވިޔަސް އަޅާފައި ދީފިނަމަ ތަންއަވަހަށް އާބާދުވެ ތަރައްގީވެގެންދާނެއެވެ. އެހެންނޫނީ ޖެހިފައިއޮތް ވިލިނގިލި ތަރައްގީވީ ވަރަށްވުރެ ލަސްވާނެއެވެ.
ރޭރޭމިހެންޚިޔާލު
02 December 2025
އަންނަ އަހަރު 26 ބިލިޔަން ރުފިޔާ އިތުރަށް ދަރަންޏަށް ހޯދަންޖެހޭ. 1.1 ބިލިޔަން ޑޮލަުރުގެ ދަރަނި ދައްކަންޖެހޭ. މިފައިސާ ދައްކާނެ ގޮތެއްކިޔާނުދީ ހަމައަދިވެސް އިތުރަށް ލޯނުނަގައިގެން ރަސްމާލެ ހިއްކަނީ އަދިވެސް.
ދޮން
02 December 2025
ސާބަހޭ ، ސާބަހޭ ދަރަނި ދައްކަމުން ފައިސާ ލިބޭގޮތްހަދައިފި ބިމަކީ ފައިސާ ގޯއްްޏެއް ، ދުރުވިސްނޭ ، 2 އެއަރ ޕޯޓް ހުޅުވާ ފައިސާ ލިބޭގޮަތް ފުރަތަމަ ހަދާލީ ގަދަ އިގޭ
ބިންވިއްކާނީއޭ
01 December 2025
ރަސްމާލެ ފަޅުހިއްކަމުންދާ ވަރަށް އެބަޖެހޭ އެތަން ޕްލޭން ކޮށް ހަދާ އެތަނުގެ ބީޗާއި ގާތުން 1 ހެކްޓަރުގެ 100 ބިން ވިއްކަން ބިމެއް 10 މިލިއަން ޑޮލަރަށް ބިން އެކަކަށް ވެސް ގަނެވިދާނެއޭ 100 ބިން އެއީ މައްސަލަ އެއް ނޫނޭ ޝަރުތަކީ އެއްފަހަރާ ފައިސާ ދޭން ޖެހޭނެއޭ ގައުމަކަށް ވެސް ގަނެވިދާނެއޭ 100 ބިން ބިމެއް 10 މިލިއަން ޑޮލަރުގެ ރޭޓުންް މިމޮޑެލް މިގޮތަށް ޖައްސާ ހިނގައިގެންފިނަމަ މާފުށި ފަޅުވެސް ހިއްކާލާ މާފުށި މީހުން ގެނެސް ހުޅުމާލެ އަށް އަޅާލާ މާފުށިން
މޯލްޑިވްސް 2.0-
02 December 2025
މާލެ (ސަރަހައްދު) ނޫން ގޮތެއް
އަފްރާސިޔާބު
02 December 2025
އެތަނުގައި ކޮންމެވެސް ދުވަހަކުން މީހުން ދިރިއުޅޭނެ. އެ ފަރުގައި އުޅުނު މަސްމަހާމެހި ކޮންމެވެސް އެހެންތަނެއް ހޯދައިގެން ހިނގައިދާނެ. 50 އަހަރުން އާބާދުވިޔަސް ވަރިހަމަ.
އޮނަރަބްލް އަފީފު ދީދީ
01 December 2025
ކުރިއަތްއޮތް 100 އަހަރުންވެސް ނުދެއްކޭވަރަށް ދައުލަތްދަރަނިކޮށް ލޯނުނަގައިގެން ކ.އަތޮޅު ކަނޑު ފަޅު ހިއްކާފައި އެތަންތަނުގެ ބިން މާތްވެގެންވާ ތިޔަ މުޤައްދަސް ރަށްކޮޅުގެ ޤަބީލާތަކުގެ މީހުންގެ ކަށިމައްޗަށް ޕޮއިންޓް ދޭ ރޭސިސްޓް ސިޔާސަތެއްގެދަށުން ބަހާ ހުސްކުރާއިރު ތިކަމުގެސަބަބުން ތުރާކުނުން އައްޑުއަށްހިމެނޭ ރާއްޖޭގެ އެހެންރަށްތަކުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަނުގައި ދެވަނަ ދަރަޖައިގެ ރަށްވެހިންނަށް ބަދަލުވެގެންދާކަން ސަރުކާރަށް ނޭގެނީތޯ؟
ނުނން
01 December 2025
ކޮބާތަ އަންޑަވޯރޓަ ޓަނަލް ؟؟؟؟؟؟؟؟
އަހަންމާކަލޯ
02 December 2025
ތިވެސް ދެން އަންނާނެ މިހާރު ތިހުރީ ވައިގަ ހިފާފަ
ޒުވާންފިކުރު
01 December 2025
އަވަހަށް ހިއްކާ ނިންމާ. ދެން އަންނަ ވެރިކަމެއްގައި ތިޔަލޯނު ފައިސާ ވެސް ދައްކާނެ. ދައްކަންވާނެ. ކުރީސަރުކާރޭ ގޮވާކަށް ޖާގައެއް ނޯންނާނެ. ކޮންމެ ސަރުކާރަކުން ވެސް ރައްޔަތުންގެ ފައިސާ އިން ރައްޔަތުންގެ ކަންކަމަށް ޚިދުމަތް ކުރަންވާނެ. އެއީ ހަގީގަތް. ޓެކްސް ދައްކަނީ ރައްޔަތުން. ފަގީރަކަސް މުއްސަންޖަކަސް ޖީއެސްޓީ މިދައްކަނީ އެއްވަރަކަށް. އެއީ ތެދު. އެފައިސާ އިން ރައްޔަތުންނަށް ކަންކަން ކޮށްދިނުމަކީ ވެރިންނަށް ވާޖިބުކަމެއް. ރައްޔަތުންނަކީ ގައުމު.
ޖީއެސްޓީ
01 December 2025
ދިވެހި ކޮންމެ ރައްޔިތަކުވެސް ޖީއެސްޓީ ދައްކަނީ އެއްވަރަކަށް. މާލެ ކައިރީ ހިއްކާ ހުރިހާ ތަނެއްގެ ހައްގުވެރިންނަކީ މާލޭ ރައްޔިތުން. މި ދެން ބޮޑު އަރަތެއް
ޚާފު
02 December 2025
ޙަމަ ތިހެން މުޅި ރާއްޖެތެރޭގެ އެކި ބިންތައްވެސް ހިއްކަނީ މާލެ ރައްޔިތުންގެވެސް ޖީއެސްޓީ ހިމަނައިގެން.ލިބެނީ މާލޭ މީހުންނަކަށް ނޫން. ތި ރަށްތަކުން ބިން ހުސްވީމައި ދޭނީ ހަަމަ ކައިރި ރަށްރަށުން. ކޮސް ވާހަކަ ނުދައްކާ
ނުއުމާން
01 December 2025
ރައީސް މުއިއްޒު އަކީ ބަހާ އަމަލާ ދިމާވާ ވެރިއެއްކަން މީގެންވެސް މި އެގެނީ. ބުނި ތާރީހަށް މި ފެށިގެންދިޔައީ
ބަޑިތަކުރު
02 December 2025
ބިއްލޫރި ޓަނަލްއެއް ފަށާއިރު ނެތަސް ބޯހިޔާވަހިކަމަށް ހައްލެއް ލިބޭނީ ފަސޭހަ ޚަރަދުކުޑަ ދަތުރު ފަތުރުގެ ނިޒާމަކާއި ފެނާއި ކަރަންޓް ލިބޭނެ އިންތިޒާމް އެންމެ ކުޑަމިނުން ހަމަޖައްސާފައި ގޯތިދޭނަމަތާއެވެ. ބަހާއި އަމަލާ ދިމާވާނީ ބޯހިޔާވަހިކަން ހައްލުވާ ނަމަތާއެވެ.
ޢުންމީދު
01 December 2025
ޢެމްޑީޕީ ދޫކޮށް މަނިކުފާނުގެ ސައިޑަށް އަރާނަން ތިތަން ހިއްކައި ބިން ދީފިނަމަ. ޜައްޔިތުން ބޭނުމީ ކަންވާނެ މީހެއް. ޓަޅާފޮޅާ ގްރޫޕެއް ނޫން
ހަވަރު
02 December 2025
ކަލޭ ތީ މިހާރުވެސް މުއިއްޒު ފަހަތުގަ ހުރިމީހެއް.
ބަޑިތަކުރު
02 December 2025
ހުސް ފަސްގަނޑަކުން ގޯތި ދިނުމަކީ ހަމަ ހިހޫތަނުން ކާލުމެވެ. ގައުމު ދަރުވާލާފައި އެކަންނުވާނެ މީހަކު ނޫޅޭނެއެވެ. ކަމެއް ވީކަމަކީ އެތަންތައް އަވަހަށް އިމާރާތްކުރެވި އާބާދުވާނޭ އިންތިޒާމަކާއެކު ގޯތިދޭނަމަތާއެވެ.