ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން.-- ފޮޓޯ: ޕީއެސްއެމް
02 ޑިސެމްބަރ 2025 - 11:00
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރައްވައިފި އެވެ.
އެއް އަހަރާއި ހަފުތާއެއްގެ މުއްދަތަށް ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ހޭދަކުރެއްވުމަށް ފަހު، ނަސްރީން އިސްތިއުފާ ދެއްވީ މިދިޔަ ހޮނިހިރު ދުވަހެވެ.
އެނގިފައިވާ ގޮތުގައި، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ނަސްރީން ހަމަޖެއްސެވުމުން، އިއްޔެ މަސައްކަތަށް ވަނީ ނުކުމެވަޑައިގެންފަ އެވެ.
ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ނަސްރީން އައްޔަން ކުރެއްވީ ޑިސެމްބަރު 23، 2024 ގަ އެވެ. މީގެ 15 އަހަރު ކުރިން ދައުލަތުގެ މީޑީއާއާ ގުޅިވަޑައިގެންނެވި ނަސްރީން ވަނީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރުކަމާއި އީ-ކޮމާސްގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ޑިސެމްބަރު 23، 2024 ގައި އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރަކަށެވެ.
އެ މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅަކު މި ވަގުތު އެބަތިއްބެވެ. އެއީ، އަލީ އާމިރާއި ފާތުމަތު ޒިޔާދާ އާއި މުހައްމަދު އަސީލް އަދި އިބްރާހިމް އަލީ އެވެ.
ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރަ އަކީ 20،500ރ. އެވެ. އޭގެ އިތުރުން، 15،500ރ.ގެ އެލަވަންސާއެކު، ޑެޕިއުޓީ މިނިސްޓަރަކަށް މަހެއްގެ މައްޗަށް 35،500ރ. ލިބިވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަ ބުނީ
02 December 2025
700 ސިޔާސީ މަޤާމަންވުރެ އިތުރެއްނުވާނެ ! އަޅުގަނޑު ތެދުވެރިވާނެ ! ބުނެފިބަހަކާ ހިލާފުވެއްޖެނަމަ ލޮނު ހަކުރަށްވެދާމެ ! އެހާވެސް މަ ތެދުވެރިވާނެ !
ހިހިހި
02 December 2025
ހަރަދު ކުޑަ ކުރުން މީ ޖޯކެއްތަ؟ ކާކު ހައްދަން ކިޔާ އެއްޗެއް މީ؟
އަލި
02 December 2025
ޕީއެސްއެމް ހިންގޭ ވަރުގެ މީހަކު ދިވެހިރާއްޖޭގަ ނެތީތޯ؟
ބޮޑުބެގެ ބެއްޔާ
02 December 2025
ތިހާކަށްހާވަރަށް ދެން ހަރަދު ކުޑަވާނީ
ޖިހާދު މުހައްމަދު
02 December 2025
މިކަހަލަ މީހުންނަށް އަދާކުރެވޭނެ ވަޒީފާ ހުންނާނެ. އެކަހަލަ ވަޒީފާއަކަށް މިހާރު މި އައްޔަން ކުރެވުނީ.
ބޫރުﷲ މުހައްމަދު
02 December 2025
ރަނގަޅު ކަމެއް އަސްލު. އެއްވެސް މީހެއް ބާކީ ކޮށްގެން ނުޥާނެ.
8ިޖނބގ
02 December 2025
ސިޔާސީން މިތާ އުޅެންވީ
އަސް
02 December 2025
ދިސް އިސް ޑިމޯޝަން . ކުންފުންޏެއްގެ އެމް.ޑީ އަކަށް ގެަޔަށްގެންދަން 50 ހާސް ވަރު ލިބޭނެ. ޑެޕިއުޓީ މިނސްޓަރަށް ލިބޭނީ 35000.. އެހެންވީމަ ޑިމޯޝަނެއް ކަމަށް ނިންމައިފިން
އެޑްމުންޑޯ
02 December 2025
އިސްތިއުފާ ދިނަސް މިމީހުން ބޭރުކޮއްލެވޭކަށް ނޯވޭ ، ހީވަނީ ބަލަދު އަރާފައި ތިބޭ ބައެއްހެން ،
ޱރ ވާނުވާ
02 December 2025
މީކަމެއް! އަދިއޮތީ ބޮޱުސޭލް ބާކީތިބިކުދިންނައް 2028 ގަ ލިބޭނެ މާރަންގަޅު ވަޒީފާތައް މިފަހަރު ދާނީ ހުސްޮކޮށްގެން. ބަލާ ނިކަން ބުރޯ ވެސް އެއޮތް އުޅެނަގަނީ ކޮންކަހަލަ އުފާވެރި ދުވަސްތަކެއްތަ ޔޫއޭއީގަ. ނަމޫނާ ރާއްޖެ.