ސްޕޯޓްސް މިނިސްޓަރު އާރްތަކޯރަން ސްރީލަތައިކޯ (ކ) އާއި ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު: މި އެއްބަސްވުމުގައި ސޮއި ކުރީ އާދިއްތަ ދުވަހު --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
02 ޑިސެމްބަރ 2025 - 13:43
ކުޅިވަރުގެ ދާއިރާއިން ތައިލެންޑްގެ އެހީތެރިކަން ހޯދަން އެ ގައުމާ އެކު ރާއްޖޭން އެމްއޯޔޫއެއްގައި ސޮއި ކޮށްފި އެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ތައިލެންޑަށް ކުރެއްވި ދަތުރުފުޅުގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އާދިއްތަ ދުވަހު އެވެ. ތައިލެންޑްގެ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރު އާރްތަކޯރަން ސްރީލަތައިކޯ އެވެ.
ރާއްޖޭގެ ސްޕޯޓްސް މިނިސްޓްރީ ބުނީ ތައިލެންޑާއެކު ހެދި އެއްބަސްވުމުގެދަށުން ތަފާތު ހަތަރު ދާއިރާއަކުން އެއްބާރުލުން ދޭނެ ކަމަށެވެ.
އެއީ؛- 1. ކުޅިވަރުގައި ހަރަކާތްތެރިވާ އައުޓްފީލްޑް ސްޓާފުން ތަމްރީނު ކުރުން.
2. ޔޫތު ޓީމުތަކުގެ ޓްރޭނިން ކޭމްޕްތައް ކުރިއަށް ގެންދިއުން.
3. ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމުގައި އެއްބާރުލުން ދިނުން.
4. ފަރުދުންގެ ކުރިއެރުމަށް މަސައްކަތް ކުރުން.
ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ހޯދަން ބައެއް އެހެން ގައުމުތަކާ އެކު ވެސް ސްޕޯޓްސް މިނިސްޓްރީން ވަނީ އެއްބަސްވުންތަކެއް ހަދައިފަ އެވެ. އޭގެތެރޭގައި ޗައިނާގެ ފުޖިއާން ޕްރޮންވިންސާއި ސައުދީ އަރަބިއާ ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމްސް
02 December 2025
ރާއްޖޭގެ ސިއްޙީ ނިޒާމް ކުރިއަރުވަން ތައިލޭންޑްގެ އެހީ ހޯދޭނަމަ އާސަންދައިން ރާއްޖެއިން ބޭރަށްދާ މިންވަރު . . !