06 ޑިސެމްބަރ 2025 - 21:20
ރާއްޖެއަށް އެތެރެކުރުމާއި ބޭނުން ކުރުން މަނާކޮށްފައިވާ ވޭޕްގެ ވިޔަފާރި ހިންގާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުން ބަލައިފާސްކުރި ހަތަރު ތަނަކުން ގިނަ އަދަދެއްގެ ވޭޕާއި ކާޓްރިޖް އަތުލައިގެންފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވޭޕް އަދި ވޭޕް ކާޓްރިޖް ވިއްކާ ކަމުގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން ދެ ގެއަކާއި ދެ އުޅަނދެއް ފާސްކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން، ސައިކަލުގެ މަޑިދަށުން 89 ވޭޕް ކާޓްރިޖާއި ބަލާފާސްކުރި އެއް އެޕާޓްމަންޓަކުން 59 ވޭޕް އަދި ވޭޕް ކާޓްރިޖު ފެނިފައިވެ އެވެ. އެއީ ޖުމްލަ 148 އާލާތެވެ.
ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށެވެ. ނަމަވެސް، އެކަކު ޖޫރިމަނާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުން މަނާކޮށް ހަރުކަށި ފިޔަވަޅު އަޅަން ވަނީ ނިންމައިފަ އެވެ.
އެ ގާނޫނުގައިވާ ގޮތުން ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.
ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފި ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ. އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އުމުރުން 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ އަދަބަކީ 50،000ރ. އިން ޖޫރިމަނާ ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖާދޫ
07 December 2025
ކޮންމެވެސް މިނިސްޓާރެއްގެ ދަރިއެއް ޖުރިމަނާ ކުރިވާކަހަ އަޑުއެހިން މިހާރު އޭނާ އެ ފައިސާ ދައްކައިފިތޯ ކޮންމެވެސް ކުއްޖަކު ބަލާދީބަލަ
އަލީ ސަލާހު
07 December 2025
ކަޅުތުއްކަލާ ކޮށި ތެރޭގަ އަދި ބަނޑޭރި ކޮށި ތެރޭގަ ތި ދަމާމީހުން ނާމެދު ފިޔަވަޅު ތަކެއް އެޅޭނެ ގޮތެއް އޮވޭތޯ
އެމްސް
07 December 2025
ދިވެހީން ނިވާފައްގަނޑަކަަށް ހަދައިގެން ބިދޭސީން ކުރަމުންދާ ވިޔަފާރިތައް ހޯދަން، މާބޮޑުކަމެއް ކުރާކަށްވެސް ނުޖެހެއެވެ! ފިހާރަތަކާއި ކެފޭތައް އެހެރީ، އެންމެ ދިވެއްސަކާއިވެސް ނުލާ، މައި މަގުތަކުގަ ފުލުހުންނަށާއި . . . ފެންނަންށެވެ!
މޯލްޑިވްސް 2.0-
06 December 2025
ތިހެން ރިސޯޓްތަކުގެ ސްޓާފް އެކަމަޑޭޝަންވެސް ޗެކްކޮށްލަބަލަ.
މުދިމު
06 December 2025
ދެން ތިގެއްލޭނެ ފުލުހުންގެ ބެލުމުގެ ދަށުގަ ހުއްޓާ، އާއްމުކޮށް ވާގޮތްމީ