ފިހާރައަކުން މީހަކު ސިނގިރެޓް ގަންނަނީ: ގަވައިދާ ހިލާފަށް ވިޔަފާރިކުރާ މީހުން ހޯދަން ހިންގި އޮޕަރޭޝަންގައި ހަ ތަނެއް ފާސްކޮށް އެއް ތަނެއް ވަނީ ބަންދުކޮށްފައި. -- ފޮޓޯ | ޕޮލިސް
03 ޑިސެމްބަރ 2025 - 13:53
ގަވައިދާ ހިލާފަށް ވިޔަފާރިކުރާ މީހުން ހޯދަން ހިންގި އޮޕަރޭޝަންގައި ހަ ތަނެއް ބަލައި ފާސްކޮށް، ހުއްދަ ނުނަގާ ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ބަންދުކުރި ތަނުން މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.
ދުންފަތުގެ ބާވަތްތައް މިހާރު ވިއްކޭނީ އެކަމަށް ހާއްސަ ހުއްދައެއް ނަގައިގެންނެވެ.
ރާއްޖޭގައި ގާނޫނާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައި އެދިފަ އެވެ.
އެފަދަ ވިޔަފާރިތައް ރިޕޯޓް ކުރަން އިއުލާންކުރިތާ 14 ގަޑިއިރު ތެރޭގައި 29 ތަނެއް ރިޕޯޓްކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy