ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ. -- ފޮޓޯ | މިހާރު
18 ޑިސެމްބަރ 2025 - 12:28
އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ދަންވަރު ގަޑީގައި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރަން އިއްޔެ ފެށި ޕްރޮގްރާމްގައި ރޭ 23 ބިދޭސިއަކާ ސުވާލުކޮށް، ގަވައިދާ ހިލާފަށް އުޅުނު އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ދަންވަރުގެ ވަގުތުތަކުގައި ރަށު ތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ ރެއިން ފެށިގެން އެ މީހުން ހުއްޓުވައި ސުވާލު ކުރަން ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކުގައި އެދިވަޑައިގެންފަ އެވެ.
އެހެންވެ ފުލުހުންނާއި އިމިގްރޭޝަނުން ރޭ ވަނީ އެ މަސައްކަތް ފަށައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ރޭ ދަންވަރު ބޭރުގައި އުޅެނިކޮށް ހުއްޓުވައި 23 ބިދޭސީންނާ ސުވާލުކޮށްފައިވާނެ ކަމަށެވެ. ގަވާއިދާ ހިލާފަށް އުޅެނިކޮށް ރޭ ހައްޔަރުކުރި މީހާ އިމިގްރޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ނިންމާފައި ވަނީ ރެއިން ފެށިގެން ކޮންމެ ރެއެއްގެ ދަންވަރު 12 އިން ހެނދުނު 6 އާ ދެމެދު މާލެ އާއި ހުޅުމާލޭގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރާށެވެ.
އެގޮތުން ދަންވަރުގެ ވަގުތުތަކުގައި ބޭނުމެއް ނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި މައުލޫމާތު ސާފުކުރާނެ އެވެ.
ފުލުހުން ނިންމާފައި ވަނީ ބިދޭސީން ފާސްކުރާއިރު، ފާހަގަކުރެވޭ ކަންތައްތަކާ ގުޅިގެން ފިޔަވަޅު އެޅުމަށާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ މެދު ގާނޫނީ އިމުގެ ތެރޭގައި ފިޔަވަޅު އަޅަން އިމިގްރޭޝަނާ ހަވާލުކުރުމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރަން ސަރުކާރުން ވަނީ ބޮޑެތި މަސައްކަތްތަކެއް ފަށައިފަ އެވެ. ހާއްސަކޮށް ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންތައް ހޯދައި މި ވަގުތު ވެސް ވަނީ 70 އަށް ވުރެ ގިނަ ތަންތަން ބަންދުކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން އެންމެ ފަހުން ދީފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރި ފާސްކުރުމަށް ހިންގި ހަރަކާތުގައި މިދިޔަ މަހުގެ 29 އިން ފެށިގެން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 74 ވިޔަފާރިއެއް ބަންދުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަމަދު ސަލީމް
19 December 2025
ބިދޭސީ މަސައްކަތްތެރިން ބަލައިފާސްކުރުމަށް ރައީސް މުހައްމަދު މުއިއްޒު އެންގެވުމާ ގުޅިގެން އެކަމާ ގުޅޭގޮތުން ފުލުހުން އަމަލުކުރާ ގޮތާ ގުޅޭގޮތުން އިނގިރޭސި ބަހުން ނެރުނު ބަޔާން އެ އިދާރާގެ ސޯޝަލް މީޑިއާތަކުން "ގެއްލިއްޖެ" އެވެ.
ހާފިޒް ރަސާދު
18 December 2025
އެ އެންމެންނަކީ 1 ޖެހިއިރު ކެފޭ، ރެސްޓައުރަންޓް ލައްޕާފަ ގެޔަށްދިޔަ މަގުމަތިން ސުވާލުކުރި މީހުންތޯ. އެއީ ކުށެއްތޯ؟ ނުވަތަ ކުށެއްކުރަން ނުކުމެއުޅުނު މީހުންތޯ؟
ބަންގާޅިން
18 December 2025
ތިބަންގާޅީން އެމެގިނައިން ރާއްޖެގެންނަނީ ރީދޫބަލީގެ އެމްޑީފިސްޓުންނެވެ
ފުށިފުރަ
18 December 2025
މަސާމޭޒުގަ އިނދެގެންވެސް 23 ބިދޭސީންނާ ސުވާލުކޮށްފިން. 23 ލަދުކޮބާ
އަމޭރު
18 December 2025
ކޮބާ އެއްކަލަ ސަމްހީދު، ހީވޭތަ ކަމެއްކުރާހެން. ދިވެހިންނާވެސް ކުރަންވީ ބިދޭސީންނާވެސް ކުރަންވީ
އައިސަ
18 December 2025
މިރެއާ މާދަންރޭ އެވެރިންގެ ކަންތައް އާށޯހުވާވަރަށް ކަންތައްތައް ފެންނާނެ.
ބެއްޔާގެ ދަރި
18 December 2025
މިއީ ވަކި ބޭރު މީހުން ވެގެން ކުރަންޖެހޭ ކަމެއް ނޫން. ޝައްކު ކުރެވެންޏާ ބިދޭސީއެއް ދޭސީއެއް ނެތި ސުވާލުކުރަންވީ. ހަމައެކަނި ބިދޭސީންނަށް ޓާގެޓްކުރުމަކީ ވަރަށް ނާތަހުޒީބީ ރޭސިސްޓް އަމަލެއް.
އަފްރާސިޔާބު
18 December 2025
އެއީޔޯ؟ ބަލަ ވަޒީފާއަށް އަންނަނީ ރޭގަނޑު ދަންވަރު މާލެތެރޭގައި ހިނގަންތަ؟ ހިނގަން އަންނަނަމަ ހުއްޓުވައިގެންވެސް ނުވާނެ. ރޭގަނޑު ވަޒީފާތަކަށް ނުކުންނަންޖެހޭ ބިދޭސީން ދަންވަރު ވަޒީފާގެ މަސައްކަތަށް ދިއުމާއި އައުމާ ރަނގަޅު. ރޭގަނޑު މީހުންނިދާ އިރުވީމާ ނުކުމެ ހޮޅު އަށިތަކުގައި ޖޯލިފަތިތަކުގައި ނިދާންތިބޭކަށް ނޫން އަންނަނީ. ފަތިސް ނަމާދަށް ގޮވާއިރުގާ އެތިބެނީ ޕާކުތަކުގެ ޖޯލިފަތިތަކުގައި ޖައްސާލައިގެން ކީއްކުރަންބާ؟
ރަދީފްއޮފިޝަލް /
18 December 2025
ދަންވަރު ބޭރުގަ އުޅޭ އެންމެން އެއީ ގޯސްނިޔަތުގަ އުޅޭ ބައެއް ނޫން.ތަންތަނުގަ އޯޓީ ނިންމާފަ ގެއަށްދާ މީހުން ވެސް ތިބޭ.ނަމަވެސް ނަމަވެސް ރޭގަނޑު 2 ޖަހާއިރު ފެނޭ 2 ޖިންސުގެ ނޭޕާލް މީހުން ގްރޫޕް ހަދާފަ މޫދަށް އެރިފަ ނިވާކަން ކުޑަގޮތަށް މަގުމަތިން.އެމްޕްލޯޔަރ ޒިންމާ ކުރެވޭނެ ގޮތް ހޯދުން އެއީ މިކަމުގައި އެންމެ ރަނގަޅު ގޮތް.
ޓޯޕޭ
18 December 2025
ބޭކާރު ގޮތުގަ 12ގެ ފަހުން މަގުމަތީގަ އުޅޭ އެންމެން ޗެކް ކުރަންވީ.އައިޑީ ކާރޑް ހިފައިގެން އުޅެން އަންގާ. މިނިވަން ކަމަކީ ވަކި ހުދޫދެއްގެ ތެރޭ އޮންނަން ޖެހޭކަމެއް. މާބޮޑަށް މިނިވަންކަންދިނީމަ ޤައުމު ބޮއްސުންލާފަ އޮތީ. އަދިޚާއްސަ ކޮށް ސުކޫލް އުމުރުފުރައިގެ ކުއްޖަކު ބެލެނިވެރިޔަކާ ނުލާ ރޭގަނޑު12-6 ކާ ދޭތެރޭ ބޭރުގަ އުޅެއްޏާ އެކުއްޖަކާ މެދުވެސް ފިޔަވަޅު އަޅަން ޖެހޭ ވަރަށް ގިނައިން ފެނޭ ސުކޫލް ކުދީން ގުރޫޕްހަދާ ބޭރުގަ އުޅޭ ތަން.މީކީ ރަނގަޅު ގޮތެއް ނޫން.
ޑަކު
18 December 2025
މީގެފަހުން މިނޫހުންޖެހޭނެ ކޮންމެރެއަކު ސުވާލުކުރާ މީހުންގެ އަދަދު ރައްޔިތުނާހަމައަށް ގެނަސްދޭން.