ގެއްލުނު ކަމަށް ބެލެވޭ ސައުތު ކޮރެއާގެ ބޯޓު ދަތުރު ކުރީ ބްރެޒިލުން ފުރައިގެން.
02 އެޕްރީލް 2017 - 10:48
ސޯލް (އެޕްރީލް 2) - ސައުތު ކޮރެއާގެ ކާގޯ ބޯޓެއް އެޓްލާންޓިކް ކަނޑަށް ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ބޯޓުން 24 ފަޅުވެރިން ދަތުރުކުރި އެވެ. އުރުގުއާއީގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނަކާ ހަވާލާދީ އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި ލައިފް ރާފްޓުގައި ތިބި ފިލިޕީންސްގެ ދެ ފަޅުވެރިއަކު ވަނީ ސަލާމަތްކޮށްފަ އެވެ.
ބޯޓުގެ ފަޅުވެރިއަކު ހުކުރު ދުވަހު ވަނީ 312 މީޓަރު (1024 ފޫޓު) ދިގު ސްޓެއްލާ ޑެއިޒީ ކާގޯ ބޯޓު ފޫގޮސް ލޮނުވަންނަމުންދާ ކަމަށް ބުނެ ޓެކްސްޓް މެސެޖެއް ފޮނުވައިފަ އެވެ. ސައުތު ކޮރެއާގެ ބޯޓު ހާލުގައި ޖެހުނުކަން އުރުގުއާއީގެ ކަނޑުގެ ސިފައިން ވަނީ އެ ސަރަހައްދުން ދަތުރުކުރާ ކާގޯ ބޯޓުތަކުގެ ސަމާލު ކަމަށް ގެނެސްފަ އެވެ. ކަނޑުގެ ސިފައިންގެ ތަރުޖަމާނަކު ވިދާޅުވީ ބޯޓު ގެއްލުނު ކަމަށް ބުނާ ސަރަހައްދުން ވަރަށް ގަދަ ތެޔޮ ވަހެއް ދުވި ކަމަށެވެ. ލައިފް ރާފްޓުގައި ތިބި ދެ މީހުން ހޯދާފައި ވަނީ ސައުތު ކޮރެއާގެ ސްޓެއްލާ ޑެއިޒީ ހޯދުމުގެ މަސައްކަތުގައި އުޅުނު ބޯޓުތަކުންނެވެ.
ސައުތު ކޮރެއާގެ ފޮރިން މިނިސްޓްރީން ބުނީ ބޯޓުން ގެއްލުނު ކަމަށް ބެލެވޭ 22 މީހުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށްދާ ކަމަށެވެ. އަދި ބޯޓު ހޯދުމުގައި އެހީތެރިވެ ދިނުމަށް ސައުތު ކޮރެއާ އިން ވަނީ ބްރެޒިލް އާއި އުރުގުއާއީގެ އެހީއަށް އެދިފަ އެވެ.
ގާތްގަނޑަކަށް 260،000 ޓަނުގެ ބޮޑު ބޯޓު އޮޕަރޭޓް ކުރަނީ ސައުތު ކޮރެއާގެ ކުންފުންޏަކުން ކަމަށް ވިޔަސް އެ ބޯޓު ދަތުރު ކުރީ މާޝަލް އައިލެންޑްސްގެ ދިދަ ނަގައިގެންނެވެ. ބޯޓުގައި ތިބީ ފިލިޕީންސްގެ 16 މީހުންނާއި ސައުތު ކޮރެއާގެ އަށް މީހުން ކަމަށްވެ އެވެ. ބޯޓު ދަތުރަށް ފެށީ ބްރެޒިލް އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާފަ
02 April 2017
މިއުޅޭ ދުނިޔޭގެ ކަނޑަށް ގެއްލޭ ބޯޓެއް ނުހޯދޭ ބަޔަކަށް 300 މިލިއަން އަލިއަހަރު ދުރުގައި ހުރި ތަރިތަކުގެ ވާހަކަ ދެއްކުމަކީ ވަކި ކުޑަ އަޖައިބެއްތަ؟
މޮޔަކާފަ
02 April 2017
ވަރަށް ތަފާތު ދެ ކަމެއް. މާލޭ ހުޅަނގު ހާބަރުގައި ހުރެ ދުރުމި އަޅައިގެން ވިލިގިލީގެ ބީޗުގައި އުޅޭ މީހުން ބަލާލެވުނަސް އެތާ ހުއްޓާ އަތުން ދޫވެގެން ބިންމައްޗަށް ވެއްޓޭ ރޭޒާފުކެއް ހޯދަން އުނދަގޫވެދާނެ. އެއީ ވަކި ކުޑަ އަޖައިބެއްތަ؟
ޑާޑާޑާ ޑާޑާޑާ
02 April 2017
ކަނޑުގަ އޮތް ބޯޓެއް ނުފެނުނު ، އެކަމަކު ދުނިޔޭގެ ބޭރރު ޕްލެނެޓްތަކުން އެހެން ދުނިޔެއެއް ފެނިއްޖޭ ކިޔާފަ ރިޕޯޓްނެރޭނެ.
އަހުމަދު
02 April 2017
ބޯޓަށް ވީގޮތް ތިނެގި ދެމީހުނަށް އިނގޭނެއްނު. ސާބަސް