ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
09 ޑިސެމްބަރ 2025 - 23:56
ނިޒާމީ ކޮރަޕްޝަންގެ ސަބަބުން ގާނޫނީ ވެރިކަން ފުނޑުފުނޑުވެ، ދެމެހެއްޓެނިވި ތަރައްގީ އަށް ހުރަސްއެޅޭ ކަމަށާއި މި ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކޮރަޕްޝަނާ ހެދި ގާނޫނުގެ ވެރިކަން ފުނޑުފުނޑުވުމާއި ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ، ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެވޭ ކަމަށެވެ.
ނަމަވެސް، ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދޭނެ ކަމަށާއި ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެ އިން މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ ތެރެއިން، ސަރުކާރުގެ ހިދުމަތްތައް ޒަމާނީކުރުމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމަށް ފަށާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕްރޮޖެކްޓް" އަދި ގާނޫނުލްއުގޫބާތަށް ގެނައި ބަދަލުތަކުގެ ތެރެއިން އެސެޓް ރިކަވަރީގައި އޭސީސީން ކުރާ މުހިއްމު މަސައްކަތްތައް ވެސް، ރައީސް މުއިއްޒުގެ މެސެޖުގައި އަލިއަޅުއްވައިލެއްވި އެވެ.
އޭސީސީގެ ޕްލޭނާ އެއްގޮތަށް، 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނާއި "ހިންމި" ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓް ތައާރަފު ކުރުމާއި ސަރުކާރުގެ އިދާރާތަކަށް ތަމްރީނު ލިބިފައިވާ ހަރުދަނާ ފަންނީ މުވައްޒަފުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހާއްސަ އެންޓި-ކޮރަޕްޝަން އެކަޑަމީއެއް އުފެއްދުން ހިމެނޭކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ކޮރަޕްޝަން ނައްތާލުމުގައި ހަމައެކަނި ސަރުކާރުން އަޅާ ފިޔަވަޅުތަކުން ފުއްދައެއް ނުލެވޭނެ. އެއާ އެކު، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި އަމިއްލަ ފަރާތްތަކުން ބައިވެރިވުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ރައީސް ވިދާޅުވި އެވެ.
އދ. ގެ ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން (ޔޫއެންސީއޭސީ) ގައި 2007 ވަނަ އަހަރު ރާއްޖެ އިން ބައިވެރިވުމަކީ، ކޮރަޕްޝަން ނައްތާލަން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށާއި އެ މުއާހަދާގެ އުސޫލުތައް ދެފުށް ފެންނަ ގޮތެއްގައި ދަމަހައްޓަން ރާއްޖެ އިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުރަހަ
10 December 2025
މި ސަރުކާރުން ކޮރަޕްޟަނަށް ޖާގަ ނުދެއޭ ބުނުމަކީ ފަތިހު އިރު އެރީމަ އިރު ނުފެނެއޭ ބުނުން ކަހަލަ ދޮގެއް. މި ސަރުކާރަށް މިހާރު ތާއީދު ނެތީވެސް މިކަހަލަ ދޮގު ހަދާހަދާ
ދޮޅި ހުސޭނު
10 December 2025
ރޯމާ ދުވާލު ހާމައަށް ބޮޑެތި ވައްކަން ސަރުކާރުގެ ތެރޭގައި ހިނގާއިރު އެއީ ކޮރަޕްޝަން ކަމަކަށް ނުވޭ. ބޮޑެތި ކުންފުނިތައް ދޮވެލާއިރު އެއީ ކޮރަޕްޝަނެއް ނޫން. މިހާރު ދެން ބަސްބަހުގެ މާނަވެސް މުޅިން އޮޅޭ ހިސާބަށް ކަންކަން ހިނގައްޖެ. ޒިއްމާ ކުރުވާ ޒިއްމާ ނަގާ އެކަކުވެސް އެކަމު މިސަރުކާރަކު ނެތް
ހުސްޖާގަ
10 December 2025
ސިސްޓަމްގެ ތެރެއިން ވައްކަން ނުކުރަންވެގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކޮތަޅު ކޮތަޅަކަށް އަޅާފަ ލާރި ބަހަނީ، އެ މީހުން ލައްވާ ފޯމުގަ ސޮޔަ ކުރުވަފަ..
މަހިީހީ
10 December 2025
ހެެހެހެހެހެހެހެހެހެހެހެ... ވެރީ ފަނީ ބްރޯ
ކެޓެގަރީ2.0
10 December 2025
ބޮޑު ސިންގާ ސިވިލްސާވިސްއެއް އޮއްވައި، ގާނޫނު އަސާސީގެ 115 ގެ ދަށުން އަހުރެންނަށް ލިބޭ ބާރުގެ ދަށުންނޭ ކިޔާފައި ކުދިކުދި ތަންތަނަށް ދެތިން ހަތަރު ޕޮލިޓިކަލް ޑިރެކްޓަރުން އެސިސްޓެންޓުން ޑެޕިއުޓީން މިހެން ގޮސް ނަންހުސްކޮށް ލައިގެން، ގާނޫނު އަސާސީގެ 115 އިން ރޯމާ ދުވާލު ވައްކަންކޮށް މިސްޔޫސްކުރީމާ، އެ ފައްތާނީ ކޮން ކެޓެގަރީއަކަށްތޯ.
ޖާގު5
10 December 2025
އެއްކަލަ ފުރުސަތު ނުދޭ، ޖާގަ ނުދޭ ރެޓޮރިކް ފެށުނީ.
ފަޒޫގެފަޒުލް
10 December 2025
ދަރިޔާ ދޫންޏާ ރަންކޮޅާ.. ގާނޫނީ އިމުގެ ތެރެއިން ހުޅުމާލެއިން ބިންތައް ވިއްކީ ވެސް %99 ޑިސްކައުންޓް ދީގެން . . އިހްލާސްތެރި ކަމެއް ހުރިނަމަ އެސްއޯއީ ތަކުން ސިސްޓަމްގެ ތެރެއިން ކުރެވޭ ވައްކަން ކުރަން ހުރި ގާނޫނު ތަކާއި އުސޫލުތައް ބަދަލުކުރާށެވެ.
ގެދޮރޭ
10 December 2025
ހާ ހާ ހާ ހާ ހާ.
ސެމި
10 December 2025
އެހެންވެ ފަޒުްލުވެސް ދައުވާނުކުރީ؟ ކުރާވައްކަމުގެ ހެކިނެތީމައޯ
ހުސްޖާގަ
10 December 2025
ނިޒާމުގެ ތެރެއިން ކުރާ ވައްކަމާއި ކޮރަޕްޝަންގެ ޢަމަލެއް ނޫންތޯ މީ ބޯވައިންނަށް ގާނޫގެ ތެރެއިން ކަރަކައިން ވަޒީފާ ދިނުމާއި ދައުލަތުގެ ޚަޒާނާ ހިތުހުރި ގޮތަކަށް ބޭނުން ކޮށްގެން އުޅެވޭނެ އުސޫލް މީ..