މޯލްޑިވްސް 2.0 އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން ރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
10 މެއި 2025 - 09:07
ރާއްޖެ އަށް ޑިޖިޓަލް ދާއިރާ އިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި "މޯލްޑިވްސް 2.0" އިފުތިތާހު ކުރުމުގެ ބޭނުމަކީ އިލެކްޓްރޯނިކް ވޯޓިން ނޫން ކަމަށާއި އެ ބަދަލުތަކުގެ ފަހަތުގައި އޮތީ ރާއްޖެ އިން ކޮރަޕްޝަން ނައްތާލުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރާއްޖެ ޑިޖިޓަލް ކުރުމުގެ މައިގަނޑު ބޭނުމަކީ އީ ވޯޓިން ތައާރަފުކޮށް، އިންތިހާބު އޮޅުވާލުން ކަމަށް އިދިކޮޅު އެމްޑީގެ ސަރުކާރުގައި ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހުލޫފް ރޭ ވިދާޅުވުމާ ގުޅިގެންނެވެ.
"އިލެކްޓްރޯނިކް ވޯޓުލާ ގައުމުތަކުން ވެސް، ވޯޓު އޮޅުވާލުމުގެ ތުހުމަތުތަކާ އެކު، މިހާރު އެ ގެންދަނީ އެ ނިޒާމު ބަދަލުކުރަމުންނެވެ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަހުލޫފު ވިދާޅުވި އެވެ.
މަހުލޫފުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ "މޯލްޑިވްސް 2.0" ގެ ބޭނުމަކީ ކޮރަޕްޝަން ނައްތާލުމުގެ އިތުރުން ހަރަދުތައް ކުޑަކުރުމާއި ހިދުމަތްތައް އަވަސްކުރުން ކަމަށެވެ.
"ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމެވެ. އީވޯޓިންއެއް ނޫނެވެ،" މިނިސްޓަރު ވިދާޅުވި އެވެ.
މަހުލޫފުގެ ތުހުމަތުތަކާ ގުޅިގެން އިހުސާން ވިދާޅުވީ، ބައެއް ކަންކަން ހާސިލް ކުރުމަށްޓަކައި ގައުމަށްޓަކައި ސިޔާސީ ދެބަސްވުން އެއްކިބާ ކުރަން ޖެހޭ ކަމަށެވެ.
"މިއީ އެފަދަ ކަމެކެވެ،" ރާއްޖެ ޑިޖިޓަލް ކުރުމަކީ ރަނގަޅު މަގުސަދެއް އޭގެ ފަހަތުގައި އޮތް ކަމެއް ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެ ޑިޖިޓަލް ކުރަނީ އެ ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ އެސްޓޯނިއާގެ ފަންނީ އެހީތެރިކަމާ އެކު ކަމަށް ވާއިރު، އިހުސާން ވިދާޅުވީ، އެ ގައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި އަދި މޯލްޑިވްސް 2.0 އިފުތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވެސް ތަކުރާރުކޮށް ވިދާޅުވީ، އީ ވޯޓިން ފިޔަވައި އެސްޓޯނިއާގައި ޑިޖިޓަލްކޮށް ދޭ ހުރިހާ ހިދުމަތެއް ރާއްޖޭގައި ދޭން ވާނެ ކަން ކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަކީ އެ މަނިކުފާނު ގަސްދު ކުރައްވާ ކަމެއް ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ރާއްޖޭގައި އަށަގަނެފައިވާ ކޮރަޕްޝަންގެ ވަބާއިން ސަލާމަތް ކުރުުން ކަމަށެވެ. ހިދުމަތް ދިނުމުގެ ނިޒާމުގައި ކޮރަޕްޝަން ވަރަށް ބޮޑަށް އެބަ އޮތް ކަމަށާއި ޑިޖިޓަލް ކުރުމަކީ އެކަން ހުއްޓުވޭނެ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ޑިޖިޓަލައިޒް ކުރެވި، ހިއުމަން އިންޓެވެންޝަން ކުޑަކުރެވުނު ވަރަކުން ކޮރަޕްޝަނުގެ ވަބާއިން ސަލާމަތް ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
މަހުލޫފު ރޭ ވިދާޅުވީ، ރައްޔިތުންގެ ހުރިހާ ޒާތީ މައުލޫމާތެއް، ލޯ މަރާފައި ސަރުކާރުގެ އަތްމައްޗަށް ދޫކޮށްލާ ވަރަށް ސަރުކާރަށް އިތުބާރު ކުރެވިދާނެތޯ އެއީ މިއަދު ކޮށްލަން ރަނގަޅު ސުވާލެއް ކަމަށެވެ.
"ރައްޔިތުންގެ ހިޔާލު އަދި ރައްޔިތުންގެ އިތުބާރު ނުހޯދާ މި މަސައްކަތް ކުރިއަށް ގެންދަން ވާނެ ކަމަށް ނުދެކެމެވެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަދަންދީ(ލ)
10 May 2025
ބުނާ ހުރިހާ އެއްޗެއްކަހަލަ ގޮތަކަށް އެއާ އިދިކޮޅަށް ވަނީ! މި ސަރުކާރުގެ އަސާސީ ނުވަތަ ޕްރައިމަރީ ސިފައެއް އެއީ! ދެން ބަލަންތިބޭ މިވެސް އިއްތިފާގަކަށް ވެގެންދާތަން!
ޢަލްޓިކޯ
10 May 2025
ޢިހްސާން ބުނީތީވެސް ތިކަން ގަބޫލު ކުރާނެ މީހެއްނެއް
ދޮހޮއްތު
10 May 2025
އިދިކޮޅުން މިއްދައްކަނީ ރާއްޖެ އޮޑި ދޯނިފަހަރުގަ ފުރަތަމަ އިންޖީނު އެޅީމާ ގޮވި ބަނދިވަރު. މަސްއައިން ބިރުގަންނަނީ އޭ ބިރުން ފިލަނިއްޔޭ . މިކަހަލަ ބޯދާ ތާކުންތާކު ނުޖެހޭ ވިސްނުމުގެ ކޮށި ބައެއް މީ.
ކޮހޮއްތު
10 May 2025
ކާކު މޮޔަހައްދަން ތިއުޅެނީ.
ގާސިމް
10 May 2025
ރާމާމަކުނު ކައިރީ މާމުއި ދޮންކެޔޮލައްވުރެ ފޮނިވާނެޔޭ ބުންޏަސް ގަބޫލެއް ނުކުރާނެ.
ގަބޫލެއް ނުކުރެވޭ، ހުސްގޮނޑި 2.0
10 May 2025
ކަލޭމެން ދެއްކި އެއްވެސް ވާހަކަ ތެދުވެފަ އެބަ އޮތް، ކަލޭމެން ހަގީގަތުގަ ތެދުވެރިޔަސް ކަލޭމެނާ ދިމާއިދިކޮޅަށް ދުނިޔެ ދައްކަނީ އަހަރެމެނަށް ކަންކަން ވާތަން.
ހުސް ވައްކަމާ އޮޅުވާލުމާ ދޮގު
10 May 2025
ޑިޖިޓަލައިޒޭޝަން އޭ ކިޔައިގެން ރައްޔިތުންގެ ޝަޚުސާ ޒާތީ މައުލޫމާތުން ވައްކަން ކޮށް އިންތިހާބު ތައް ޚަރާބު ކުރަން ރެޑީ ވަނީ. ދެން އެ އުޅޭ ނަސީރު ކިޔާ މީހަ ވައްކަން އެކުރަނީ ގައުމިއްޔަތޭ ކިޔައިން ޑީ ފާހުގެ މީހުންނަށް ވަޒީފާ ދީގެން ރައްޔިތުުންގެ ޚަޒާނާއިން.
ވެދުން ސަލާމެވެ.
10 May 2025
އަލީ އިހުސާން، މަނިކުފާނަކީ ދިވެހި ރައްޔިތުންގެ ޝަޚްސުން ވައްކަން ކޮށްގެން، ޕާރޓީއަށް ވަގު ފޯމު ފުރުއްވި ބޭފުޅެކެވެ. އަޅުގަނޑުމެން ތިޔަ 2.0 އަކަށް، މަނިކުފާނު މަގާމުގައި ހުންނެވިހާ ހިނދު ދޭނެ ތަރުހީބެއް، ކުރާނެ އިތުބާރެއް ނެތެވެ. މިއީ ހަމަ ސީދާ ގައުމަށްޓަކައި ނަގާ ސްޓޭންޑެކެވެ. ދިވެހި ދިދައަށް ޓަކައެވެ.
އުސްމާނު
10 May 2025
އަނެއް ދިވެހިރާއްޖެއަށް ޖޯކުޖެހިމީހުން ކޮން 2.0 އެކޭ މި ކިޔަނީ؟
ޢަވާމެންދުރު
10 May 2025
ކާކުހޭ ގަބޫލުކުރަނީ! އެއްވެސް އެއްޗެއް މިއަދާއިހަމައަށް ތެދުވެފައި އެބައޮތްތަ!
ޑރ. ރާމީ ޙަސަން ޕީ.އެން.އެފް
10 May 2025
ހުރިހާ މަރަކާއި ބެހޭ ގޮތުން ވެސް ހެދީ ދޮގު. ހޮޅުދޫ އެންމެނަށް އެނގޭ ދޮގުކަށް ހެދީ އިޙްސާން!