މާފުށި ޖަލު. ޖަލުގައި ތިބޭ ގައިދީން ކުރާ ސްކޭމްކޯލްތައް ފަހަކަށް އައިސް ވަނީ އިތުރުވެފައި. ފައިލް ފޮޓޯ/މިހާރު
11 ޑިސެމްބަރ 2025 - 20:32
ގައިދީން ކުރާ ސްކޭމްކޯލްތައް ރިޕޯޓްކުރަން ހޯމް މިނިސްޓްރީން ހާއްސަ އިންތިޒާމެއް ހަމަޖައްސައިފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގައިދީން އެކި ފަރާތްތަކަށް ގުޅައިގެން ގާނޫނާ ހިލާފު އމަަލުތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަަމަށާއި އެފަދަ ކޯލްތައް ރިޕޯޓްކުރާނެ އިންތިޒާމެއް ހަމަޖެއްސީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ.
އިއުލާނުގައިވާ ގޮތުން އެ އިންތިޒާމަކީ ސަރުކާރުގެ އިދާރާތައް ގުޅުވައިދޭ ޑިޖިޓަލް ޕްލެޓްފޯމް "ވަންގަވްޑޮޓް އެމްވީގައިވާ ކަރެކްޝަނަލް ސާވިސްގެ ވެބްސައިޓެވެ.
ރާއްޖޭގައި ކޮންމެ އަހަރަކު ފޯންކޯލްތަކުގެ ޒަރިއްޔާއިން ހިންގާ ސްކޭމްތަކުގައި ޖެހި، އެކި މީހުންގެ އަތުން އެތައް މިލިޔަން ރުފިޔާއެއް ގެއްލެ އެވެ.
އެގޮތަށް ގެއްލޭ ފައިސާ ހޯދަން ކުރާ މަސައްކަތުން ބައެއް ފަހަރު ފައިސާ ރިކަވާ ކުރެވުނު ނަމަވެސް އޭގެ ބޮޑުބައެއް ރިކަވާ ނުވެސް ކުރެވެ އެވެ. އެފަަދަ ކޯލްތަކުގެ މައްސަލަ ރިޕޯޓްކުރަން ފުލުހުން ވެސް ގިނަ އިންތިޒާމުތަކެއް ހަމަަޖައްސާފައި ވެ އެވެ،
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިވެހި79
13 December 2025
ހީވަނީ ޖަލު މީހުން ފޯނު ބޭނުން ކުރުން އެންމެ ރަގަޅޭ ބުނާހެން! ކަމަކު ނުދޭ މި ފިޔަވަޅެއް. މައިކްރޯ ސެލް ޓަވަރެއް ގަނެފަ ގެންގުޅޭ ފޯނުތަކުގެ ތަފްސީލް ހޯދަބަލަ ފުރަތަމަ!
ސަމްސިއްޔާ
13 December 2025
އެމީހުން ގުޅާފަ ބުނޭ މިގުޅަނީ ޖަލުން ގައިދީ އެކޭ!! ފުރަތަމަ ކަމަކަށް އަމިއްލަ ފަރުދުންގެ ނަމުގައި ޚާއްސަކޮށް ބޭރުމީހުންގެ ނަމުގައި 1 ސިމްކާޑަށްވުރެން ގިނަ ސިމް ނުނެގޭތޮތައް ހަދަންވީ. ތިޔަ ސްކޭމް ކޯލްތައް ގިނައިން ކުރަނީ ބޭރުމީހުންގެ ނަމުގައި ނަގާފަ ހުންނަ ސިމްތަކުން. ރަނގަޅަށްބަލާއިރު އެމީހުން މިހާރު ރާއްޖޭގައި ނުވެސް އުޅޭނެ. ދެން އަނެއްކަމަކަށް ސިމްގެ ވެރިން ޒިންމާވާންޖެހޭ. ދެން އޮތީ ބެންކިން ސިސްޓަމް އެވެސް އަނެއްކަންތައް.
ދުރުމި
12 December 2025
ސްކޭމް ކޯލް ކުަަރަނީ ހަމައެކަނި ޖަލުންތަ.؟ ޖަލުން ކޯލް ކުރިޔަސް ފުރަތަމަވީ ކޯލްގައި ހުރެގެން ވަންގަވް އަަށް ވަންނަން މި ކިހާ ފަސޭހަ؟ ތިޔަ ޖަލުގައި ޖޭމަރެއް ބަހައްޓަބަ ޖަލުން ކުރާ ކޯލްތަށް އެއް ފަހަރުން ހުއްޓުވޭނެ
ޖުލައި2021
11 December 2025
ޖަލަށްފޯނު ވެއްދުމުގެ ވިޔަފާރި ކުޅިވަރުދޯ ފުރަތަމަ ހުއްޓުވަންވީ. ކީއްވެ މަދުވެގެން މަހަކު އެއްފަހަރު ގޮޅިތަށް ސާޗްކޮށް ފޯނުތަށް އަތުނުލެވެނީ. އެވަރަށް ބަލާނަމަ ތިތާކަށް ފޯނެއް ތިވަރަކަށް ނުވަންނާނެ. އަދި ކޭމްއިން ފޯން އޮޕްރޭތަރުންނާ ގުޅިގެން ޖަލުތެރޭގަ ސެލްޓަވަރެއްޖަހަގެން މިހާރުވެސް އެބަހުރި އެހެންވީއިރު ޖަލުތެރެއިން އޮރިޖިނޭޓްވާ ކޯލްތަށް މިހާރުވެސް ބަލާ ސިމްކާޑުގެ ވެރިފަރާތްތަކަށް ފިޔަވަޅު އެޅޭނެ
ާންނީ
11 December 2025
އަދި އަވަހެއްނު! އަދި މަޑުކުރޭ 10 އަހަރު ވަންދެން!!
ބާލިދީ
11 December 2025
ފުރަތަމަ ޤައިދީންނަށް ޖަލުތެރޭގައި ކޯލްސެންޓަރު ހިންގެނީ ކިހިނެއްތޯއެއްނު ބަލަންވީ.