ދުވާފަރުގެ ބަހުގެ ހިދުމަތް ރައީސް މުއިއްޒު މިއަދު އިފުތިތާހު ކޮށްދެއްވަނީ.---ފޮޓޯ: އެމްޓީސީސީ
13 ޑިސެމްބަރ 2025 - 19:23
ރ. ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.
އެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ މަނިކުފާނެވެ.
އެމްޓީސީސީން ބުނީ، ސްކޫލްތައް އޮންނަ ދުވަސްވަރު ކޮންމެ އާދިއްތަ އިން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު ހަޔަކުން މެންދުރުފަހު 3:30 ވަންދެން ބަހުގެ ދަތުރުތައް ބާއްވާނެ ކަމަށެވެ. ސްކޫލް ބަންދު ދުވަސްތަކުގައި ބަހުގެ ހިދުމަތް ދޭނީ އެ ކުންފުނިން ބުނި ގޮތުގައި މެންދުރު ދެއަކުން ހަވީރު ފަހެއް ޖަހަންދެންނެވެ.
"ކަސްޓަމަރުން މާސްޓަކާޑު/ވިސާކާޑު ބޭނުންކުރައްވައިގެންނާއި ކިއުއާރު ޓިކެޓިންގެ ޒަރީއާ އިން ޓިކެޓް ބައްލަވައިގަނެގެން ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ،" އެމްޓީސީސީން ބުންޏެވެ.
ސްކޫލް ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި އެންސްޕާގައި ރަޖިސްޓަރީ ކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އަތުން ބަހުގެ ދަތުރުތަކަށް އަގެއް ނުނަގާނެ އެވެ.
ދުވާފަރުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ބޭނުންކުރާ ބަސް.---ފޮޓޯ: އެމްޓީސީސީ
ދުވާފަރުގައި ބަސް ރޫޓު ހެދިއިރު ސްކޫލްތަކާއި ބީޗު ސަރަހައްދާއި އޮފީސްތަކާއި ސިނާއީ ސަރަހައްދާއި ހޮސްޕިޓަލާއި ފެރީ ޓާމިނަލްތަކަށް އެންމެ ފަސޭހައިން ދެވޭނެ ގޮތަށް އިސްކަން ދިން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީން ބުނި ގޮތުގައި ދުވާފަރު އާރުޓީއެލް ބަހުގެ ޝެޑިއުލާއި ބަސް ރޫޓުތައް އެ ކުންފުނީގެ ވެބްސައިޓާއި އެޕުން ބައިލެވޭނެ އެވެ.
"ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުނ،ް އަޅުގަނޑުމެންގެ މަގުސަދަކީ އެކަށީގެންވާ އަގެއްގައި ލުއިފަސޭހަކަމާ އެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުމެވެ،" އެމްޓީސީސީން ނެރުނު ބަޔާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމްސް
14 December 2025
މާލޭގައިވެސް ބަސް ފެއާގެ އަގުތައް ހުރީ ޓެކްސީ ދަތުރެއްގެ އަގު ހުންނަންޖެހޭ މިންވަރުގަ، އަދި ޓެކްސީ ދަތުރުގެ އަގުތައް ހުރީ ހހ ސީޕްލޭންގަ . . !
ސޯދުު
13 December 2025
ދެން ދުވާފަރާ މާލެއާދެމެދު ކޭބަލްކާރު އަޅާލަންވީ. އޭރުން 100 ވާނެ.
ނަޓަކުރު
13 December 2025
ބޭކާރު ކަންތައް.